Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޑިޔާގެ ފުޓްބޯޅަ

އިންޑިއަން ސުޕަ ލީގު ފުރިހަމަކުރުމަށް، ޕާޓްނަރަކަށް އިނިއެސްޓާ

ފުރަތަމަ ބެޗުގައި 40 ކޯޗުން އަދި ފަހު ބެޗުގައި އިތުރު 30 ކޯޗުން ތަމްރީނުކުރާނެ

ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2023 | ބުރާސްފަތި 07:57
އިނިއެސްޓާ އެކެޑަމީގެ ކޯޗުންނާއި އިންޑިޔާގެ ފުޓްބޯޅައިގެ އިސް ބައެއް ފަރާތްތައް

އިނިއެސްޓާ އެކެޑަމީގެ ކޯޗުންނާއި އިންޑިޔާގެ ފުޓްބޯޅައިގެ އިސް ބައެއް ފަރާތްތައް

އިންޑިޔާގެ ފުޓްބޯޅަ ކުރިއެރުމަށް ސްޕޭނުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަންދްރޭސް އިނިއެސްޓާގެ އެހީތެރިކަން ދޭން ފަށައިފި އެވެ.

ބާސެލޯނާގެ ކުރީގެ ކެޕްޓަން އިނިއެސްޓާ ސްކައުޓިން ގްރޫޕުގެ ކޯޗުން ވަނީ އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އެދުމުގެ މަތިން އެ ގައުމުގައި ހަރަކާތްތެރިވާން ފަށައިފަ އެވެ.

ހަތަރު ކޯޗަކު ވެގެން ކުރާ މައިގަނޑު މަސައްކަތަކީ އިންޑިޔާގެ ކޯޗުން ތަމްރީނުކުރުމެވެ. މި ގޮތުން ފުރަތަމަ ބެޗުގައި 40 ކޯޗުން އަދި ފަހު ބެޗުގައި އިތުރު 30 ކޯޗުން ތަމްރީނުކުރާނެ އެވެ. މި ހުރިހާ ކޯޗުން ވެގެން ގާތްގަނޑަކަށް 2500 ކުދިން ސްކައުޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އިންޑިއަން ސުޕަލީގުން ބުނެ އެވެ.

އިންޑިއަން ސުޕަ ލީގުގެ ސީއީއޯ މެތިއު ޖޯސެފް ވިދާޅުވީ ސުޕަ ލީގު ފުރިހަމަ ކުރުމަށް ގްރާސްރޫޓް ތަމްރީނު ކުރަން އިނިއެސްޓާގެ އެހީތެރިކަން ހޯދަން ނިންމެވީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނަވާފައި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ޕްރޮގްރާމްތަކުން ފާހަގަވާ ކުދިން ގައުމުން ބޭރަށް އިތުރު ތަމްރީނަށް ފޮނުވާނެ ކަމަށާއި އޭގެ ތެރޭގައި އިނިއެސްޓާ އެކެޑަމީ ވެސް ހިމެނޭ ކަމަށެވެ.

އިންޑިއާ ފުޓްބޯޅަ ޓީމު

އިތުރަށް ކިޔާލަން

26 މެއި 2023

ސާފް ޗެމްޕިއަންޝިޕަށް އިންޑިޔާއިން ވަރުގަދަ ސްކޮޑެއް

26 މެއި 2023
ސާފް ޗެމްޕިއަންޝިޕަށް އިންޑިޔާއިން ވަރުގަދަ ސްކޮޑެއް
25 މެއި 2023

ސާފް ޗެމްޕިއަންޝިޕުގައި ބިދޭސީ ގައުމުތައް ބައިވެރިކުރުމަކީ ރަނގަޅު ބަދަލެއް: ބުޓިޔާ

25 މެއި 2023
ސާފް ޗެމްޕިއަންޝިޕުގައި ބިދޭސީ ގައުމުތައް ބައިވެރިކުރުމަކީ ރަނގަޅު ބަދަލެއް: ބުޓިޔާ
21 މެއި 2023

ސާފް ޗެމްޕިއަންޝިޕަށް އިންޑިޔާއިން ވަރުގަދަ ސްކޮޑެއް

21 މެއި 2023
ސާފް ޗެމްޕިއަންޝިޕަށް އިންޑިޔާއިން ވަރުގަދަ ސްކޮޑެއް
20 މެއި 2023

ސީނިއަރ ޓީމު ސާފް ޗެމްޕިއަންޝިޕަށް ފޮނުވާނެކަމަށް އުއްމީދުކުރަން: އިންޑިޔާ

20 މެއި 2023
ސީނިއަރ ޓީމު ސާފް ޗެމްޕިއަންޝިޕަށް ފޮނުވާނެކަމަށް އުއްމީދުކުރަން: އިންޑިޔާ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު