Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕާޓިކަލްސް ކުންފުނީގެ ތުހުމަތު

ނަހަމަގޮތުގައި މުވައްޒަފުން ފައިސާ ނަގާކަމަށް ބުނެ ޕާޓިކަލްސް ކުންފުނިން ދައްކަނީ ދޮގު ވާހަކަތަކެއް - އެމްޑަބްލިއުއެސްސީ

ޕާޓިކަލްސް ކުންފުނިން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 މެއި 2023 | އާދީއްތަ 06:56
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު

ނަހަމަގޮތުގައި މުވައްޒަފުން ފައިސާ ނަގާކަމަށް ބުނެ ޕާޓިކަލްސް ކުންފުނިން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީ އާއި ބެހޭގޮތުން ޕާޓިކަލްސް އިންކޮށްފައިވާ ޓްވީޓާއި ގުޅޭގޮތުން އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެމްޑަބްލިއުއެސްސީ އިން ކޮންޓްރެކްޓް އުސޫލުން ޕާޓިކަލްސް ނަމަކަށް ކިޔާ ކުންފުންޏަކާއި ހަވާލުކޮށްގެން ތައްޔާރުކޮށްފައިވާ ޓްރާންސްޕޯޓް މެނޭޖްމަންޓް އެޕްލިކޭޝަންގެ މަސައްކަތަށް ފައިސާ ނުދީ ހިފަހައްޓައި، އެ ކުންފުނީގެ މުވައްޒަފުން ނަހަމަ ގޮތުގައި ކޮންޓްރެކްޓަރ އަތުން ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައި ވާކަމަށް ބުނެ، ޕާޓިކަލްސް ކުންފުނިން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އަދި މިކަމާއި ގުޅޭގޮތުން މީސްމީޑިއާފައި އަދި ހަބަރު ފަތުރާ ބައެއް ވަސީލަތްތައް މެދުވެރިކޮށް ދައުރުވަމުންދާ ހަބަރަކީ ވެސް ހަގީގަތާއި ހިލާފު ހަބަރެއް ކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި މައްސަލައާއި ގުޅިގެން އެ ކުންފުނީގެ މުވައްޒަފުން އަދާކޮށްފައިވާ ދައުރާއި، ކޮންޓްރެކްޓަރާއި އެ ކުންފުންޏާއި ދެމެދު ކަން ހިނގައިދިޔަގޮތް ބަލާފައިވާ ކަމަށެވެ. އެގޮތުން ކުންފުނިން ޕާޓިކަލްސްއަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށް ކުންފުނީގެ އެއްވެސް މުވައްޒަފަކު މަސައްކަތް ކޮށްފައިވާ ނުވާ ކަމަށާއި، އަދި ކުންފުނީގެ އެއްވެސް މުވައްޒަފަކު ނަހަމަގޮތުގައި ކޮންޓްރެކްޓަރ އަތުން ފައިސާ ހޯދުމަށް އެއްވެސް މުއާމަލާތެއް ހިނގާފައި ނުވާކަމަށް ބުނެފައިވެއެވެ.

އަދި ކުންފުންޏާއި ޕާޓިކަލްސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބިލަށް ފައިސާ ދެއްކުމަށް ބަޔާންކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ކުންފުނިން އަމަލުކުރަމުންދާ އިރު، ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތަށް ކޮންޓްރެކްޓަރަށް ފައިސާ ނުދެއްކި ލަސްވެފައި ނުވާކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.

އެމްޑަބްލިއުއެސްސީން ވަނީ މިފަދަ ހަގީގަތާއި ހިލާފު ހަބަރުތައް މިޑިއާގައި ފެތުރުމަކި އެ ކުންފުންޏާ މެދު އާންމުންގެ ތެރޭގައި އޮންނަ އިތުބާރު ގެއްލި، ޝައްކާއި ވަހުމް އުފައްދައި އެ ކުންފުނީގެ ނަން ކިލަނބު ވެގެންދާނެކަމަށް ބުނެފައެވެ. އަދި އެފަދަ ވާހަކަތައް ނުފެތުރުމަށް އެމްޑަބްލިއުއެސްސީން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްޑަބްލިޔުއެސްސީ

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2025

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

06 އޮކްޓޯބަރު 2025
އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ
18 ޖުލައި 2025

" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

18 ޖުލައި 2025
" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."
08 ޖުލައި 2025

މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

08 ޖުލައި 2025
މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި
04 މެއި 2024

ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

04 މެއި 2024
ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ
08 ޑިސެމްބަރު 2023

މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ

08 ޑިސެމްބަރު 2023
މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު