Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިމްރާން ޚާން

އިމްރާން ޚާންގެ ގެކޮޅުގައި 40ށްވުރެ ގިނަ ޓެރެރިސްޓުން ފިލައި ތިބިކަމުގެ މަޢުލޫމާތު ލިބިފައިވޭ: ޕުންޖާބު ޕުރޮވިންސުގެ އިންފޮމޭޝަން މިނިސްޓަރު

ގެ ބަަލައި ފާސްކުރުމަށް 400ށްވުރެ ގިނަ ފުލުހުން ފޮނުވުމަށް ނިންމާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 މެއި 2023 | އާދީއްތަ 02:15
ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ގެކޮޅުގައި 40ށްވުރެ ގިނަ ޓެރެރިސްޓުން ފިލައި ތިބިކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ޕުންޖާބު ޕުރޮވިންސުގެ އިންފޮމޭޝަން މިނިސްޓަރު އާމިރް މީރް ވިދާޅުވެއްޖެއެވެ.

އާމިރް މީރް ވިދާޅުވީ އިމްރާން ޚާންގެ ގެކޮޅު ބަަލައި ފާސްކުރުމަށް 400ށްވުރެ ގިނަ ފުލުހުން ފޮނުވުމަށް ނިންމާފައިވާ ކަމަށާއި އިސްކޮށް ހުންނަވާނީ އެ ސިޓީގެ ޕޮލިސް ކޮމިޝަނަރު ކަމުގައެވެ.

އިމްރާން ޚާންގެ ގެކޮޅުގައި ފިލައިގެން އުޅޭ މީހުން ފުލުހުންނާ ހަވާލު ކުރުމަށް ޕުންޖާބް ސަރުކާރުން ވަނީ އޭނާއަށް އަންގާފައެވެ. ނަމަވެސް ގެކޮޅުގައި އެއްވެސް ބަޔަކު ފަލައިގެން ނޫޅޭ ކަމުގައި ޚާން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އޭނާގެ ގެކޮޅު ބަލައިފާސްކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން އެކަނި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

މިދިޔަ އަހަރު މަގާމުން ވަކިކުރެވުނުފަހުން އިމްރާން ޚާންގެ މައްޗަށް ވަނީ ކޮރަޕްޝަންގެ އެތައް ދައުވާއެއް އުފުލާފައެވެ. އަދި އެންމެފަހުން މޭ 1 ވަނަ ދުވަހު ޕާކިސްތާނުގެ އެންޓި ކޮރަޕްޝަން ބިއުރޯއިން ވަނީ އިމްރާން ޚާން ހައްޔަރުކުރުމުގެ އަމުރެއް ވެސް ނެރެފައެވެ.

އިމްރާން ޚާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަަމަ އޭނާއަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭނެއެވެ.

އުމުރުފުޅުން 70 އަހަރުގެ އިމްރާން ޚާން މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ އެޕްރީލްމަހު މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އެދުވަހުން ފެށިގެންވެސް އޭނާ ގެންދަވަނީ އަވަސް އިންތިޚާބަކަށް ގޮވާލައްވައި ކެމްޕެއިން ކުރައްވަމުންނެވެ.

މިހާރު އޮތް ގޮތުން ޕާކިސްތާނުގެ އިންތިޚާބު ބާއްވާނީ އަންނަ އޮކްޓޯބަރު މަހުއެވެ.   

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންޕާކިސްތާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު