Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖަލު އޮފިސަރުން

މި ދައުރުގައި ގާތްގަނޑަކަށް 300 ޖަލު އޮފިސަރުން ރެކްރޫޓްކުރެވިއްޖެ: އިމްރާން

ޖަލުގެ އާބާދީއާ އެކަށޭނަ އޮފިސަރުންގެ އަދަދުގެ 30 އިންސައްތައަށް އަރާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 21 މެއި 2023 | އާދީއްތަ 02:06
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މި ދައުރުގެ ތެރޭގައި ގާތްގަނޑަކަށް 300 ޖަލު އޮފިސަރުން ތަމްރީނުކުރެވިފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެންް ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި އަސާސީ ތަމްރީން ޕްރޮގްރާމްގެ 27 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ވަކި މުވައްސަސާތަކެއް ކަނޑައަޅާފައިވާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ އޭގެ ތެރެއިން މުހިއްމު އެއް މުވައްސަސާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖަލު އޮފިސަރުން އެމީހުން ތަމްރީނު ފުރިހަމަކުރުމަށްފަހުގައި ހަވާލުވަނީ ޤައުމީ ބޮޑު ޒިންމާއަކަށް ކަމުގައި ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 300 އޮފިސަރުން ރެކްރޫޓްކޮށް، ތަމްރީނުދެވިފައިވާކަމަށެވެ. މިއާއެކު ޖަލުގެ އާބާދީއާ އެކަށޭނަ އޮފިސަރުންގެ އަދަދުގެ 30 އިންސައްތައަށް އަރާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖަލުތަކުގެ އުމްރާނީ ހާލަތްތައް އަދިވެސް ރަނގަޅުކުރަންޖެހި ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ވޭތުވެ ދިޔަ ދުވަސްތަކުގައި ގާތްގަނޑަކަށް 230 ޖާގަ އިތުރުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިތުރު 180 ވަރަކަށް ޖާގަ ކުރިއަށްއޮތް ދެތިން މަސް ތެރޭ ތައްޔާރުވާނެ ކަމަށާއި، މި މަސައްކަތް ނިމުމުން ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ރިހެބިލިޓޭޝަނަށް އިސްކަންދޭ މިންވަރާއި އެކަން ކުރުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ފާހަގަކުރެއްވީ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމުގައި ހުރި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ޕްރޮގްރާމްތައް ހިންގުމަށް ތައްޔާރު ކުރެވިފައިވާ ޚާއްސަ ކްލާސްރޫމްތަކާއި އިމާރާތް ނެތުންކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތްކުރައްވަމުންދާކަމެވެ. އަދި ޖަލަށް ގެންނަ މީހުން ބަންދުކޮށްފައި ބެހެއްޓުމުގެ އިތުރުން، ޒިންމާއަކަށް ވާންޖެހޭނީ ލިބުނު ތަމްރީނުގެ ޢަލީގައި އެމީހުންނާއެކު ރަނގަޅަށް މުޢާމަލާތްކޮށް، އެމީހުން އިސްލާހުކޮށް އަނބުރާ ޖަލަށް ނާންނާނޭ ފަދަ ރަނގަޅު އަފުރާދެއްގެ ގޮތުގައި މުޖްތަމަޢަށް ނެރުންކަމުއި މިނިސްޓަރު ވިދާޅުވިއެވެ. 

އަދި އޮފިސަރުން ކޮންމެ ދުވަހަކުވެސް ބިރުވެރި ނުރައްކާތެރި އެތައްކަމަކާ ކުރިމަތިލާންޖެހޭއިރު، އެ ޙާލަތްތަކުގައި ފުރިހަމަކުރި ތަމްރީނާއެކު ކެތްތެރިކަމާއި އޯގާތެރިކަމާއި ސާބިތުކަންމަތީ އަދި އެއްވެސް ކުށްވެރިއަކަށް އަނިޔާވާނެފަދަ އެއްވެސް ކަމެއް ނުކޮށްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން

ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން

21 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު