Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޑްރަގް މައްސަލަތައް

އަހަރުގެ ފުރަތަމަ 3 މަހުވެސް، 16 ކިލޯގެ ޑްރަގް

މާލެ ސަރަހައްދުން ކުޑަކުދިންނާއި ގުޅޭ ޑްރަގްގެ މައްސަލަތައް 10،000ށް ވުރެ ގިނަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 މެއި 2023 | ހޮނިހިރު 08:28
ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް

ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް

ދިވެހި ފުލުހުންގެ ޚިދުމަތުން މިވަނީ އެ މުއައްސަސާގެ މިއަހަރުގެ ފުރަތަމަ ކުއާޓަރ ގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އޭގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގެ ތަފާސްހިސާބުތައްވެސް ހިމެނެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 16 ކިލޯގެ މަސްތުވާތަކެތި މިއަހަރުގެ ފުރަތަމަ ކުއާޓަރ ގައިވެސް އަތުލައިގެންފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ކެެނެބިސް، ކޮކެއިން، ހެރޮއިން އަދި އެހެނިހެން ބާވަތްތަކުގެ މަސްތުވާތަކެތި ހިމެނެއެވެ.

ރާއްޖޭގައި ޑްރަގް ވިޔަފާރި ފުޅާވެ، ކުޑަކުދިންވެސް މިކަމުގައި ބައިވެރިވާ މިންވަރު ވަނީ އިތުރުވެއެވެ.

ކުޑަކުދިން މި ވިޔަފާރީގެ ތެރޭގައި ހިމަނައިގެން އެކި ނެޓްވޯކުތަކުން "ޝެޑިއުލް ބަހައިގެން" ޑްރަގް ވިއްކުމުގެ ވިޔަފާރީގައި ޙަރަކާތްތެރިވާކަން ފުލުހުން ފާހަގަކޮށްފައިވާއިރު، މިފަދަ ކަންކަމުގެ ތެރެއަށް ކުޑަކުދިން ވައްދައި، އެކުދިން އެކްސްޕްލޮއިޓް ކުރާ މީހުންނާމެދު ހަރުކަށި ގޮތެއްގައި ޤާނޫނުތައް ތަންފީޒު ކުރަން ޖެހެއެވެ.

މާލެ ސަރަހައްދުން ކުޑަކުދިންނާއި ގުޅޭ ޑްރަގްގެ މައްސަލަތައް 10،000ށް ވުރެ ގިނައެވެ. އޭގެ ތެރޭގައި ޑްރަގް ބޭނުން ކުރުމާއި، ވިއްކުމާއި، ވިޔަފާރި ކުރުމުގެ އެތައް މައްސަލައެއް ހިމެނެއެވެ.

އަހަރެއްގެ މައްޗަށް 400 އާއި 500 ދެމެދުގެ އަދަދެއްގެ މީހުން އަލަށް މަސްތުވާތަކެތި ބޭނުންކުރާ ކަމަށާއި، ހަމައެކަނި މާލެ ސަރަޙައްދުން ވެސް 1100 އެއްހާ މީހުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ގޮތުގައި ފާހަގަ ކުރެވޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުޙައްމަދު ހަމީދުވެސް ވިދާޅުވެފައިވެއެވެ.

މުޅި ރާއްޖެއަށް ބަލާއިރު، ތަކުރާރުކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު 9000 އާ ގާތްކުރާއިރު، ކޮންމެ އަހަރަކުވެސް މި ލިސްޓަށް ހާހަކާއި ގާތްކުރާ އަދަދަކަށް މީހުން އިތުރުވެގެން ދިއުމަކީ ހަމަ ގައިމުވެސް ކަންބޮޑުވުމެކެވެ. އެއީވެސް ޑްރަގް ވިޔަފާރިން މަންފާ ހޯދާ ފަރާތްތަކެއް މުގުލުގައި ތިބެ ހިންގަމުންދާ މި ކަންކަން ސިއްރު ކޮށްގެން ތިބެވެން ނެތް ސަބަބެކެވެ.

ރާއްޖޭގައި 9000އާ ގާތްކުރާ އަދަދަކަަށް ޑްރަގް ބޭނުންކުރާ މީހުން އުޅޭއިރު އޭގެ ތެރެއިން 10 އިންސައްތަ ވެސް ފަރުވާގެ ނިޒާމުގެ ތެރޭގައި ނެތެވެ. ކޮންމެ އަހަރަކުވެސް ހާހަކަށްވުރެ ގިނަ މީހުން ފަރުވާގައި ކިއޫގައި ތިބެންޖެހޭއިރު، ރާއްޖޭގައި ޑްރަގް ފަރުވާގެ ނިޒާމު އޮތީ މުޅިން ބޮއްސުންލާފައި ކަމަށް ކަމާގުޅުންހުރި އިދާރާތަކުންވެސް ބަޔާންކުރަމުންދެއެވެ.

ޑްރަގްގެ ވަބާގައި ޖެހި، ފަރުވާއަށް ބޭނުންވި ނަމަވެސް މުޖުތަމައަށް ދޫވެފައިތިބި އެތައް ޒުވާނުންނެއް ތިބިއިރު، އޭގެ ސަބަބުން އަނެއްކާވެސް އިތުރުވަނީ އިތުރު ކުށްތަކެވެ. ވައްކަމާއި ފޭރުމާއި، މީހުން ރަހީނުކޮށްގެން ބްލެކްމެއިލް ކުރާ ބޮޑެތި ނެޓްވޯރކުތައް އޮޕަރޭޓް ކުރާ ހިސާބަށް ކަންކަން ދާއިރު، އެކަމަށް މަގުފަހިވުމުގެ ފަހަތުގައި ތިބޭ ފަރާތްތަކަށް ހައްޤު އަދަބެއް ނުދެވެއެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު