Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިފްކޯގެ ކެޕޭސިޓީ އިތުރުކުރުން

ކޫއްޑޫގައި 120 ޓަނުގެ ބްރައިން ފްރީޒް ކުރެވޭ ސިސްޓަމެއް ގާއިމްކުރަނީ

ފުރަތަމަ ފޭސްގައި 50 ރީފަރ ކޮންޓެއިނަރުގެ ޔާޑެއް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 މެއި 2023 | ހުކުރު 14:21
ގަނޑުކުރި މަސް ބޭރުކުރުމުގެ މަސައްކަތް ކުރަނީ

ގަނޑުކުރި މަސް ބޭރުކުރުމުގެ މަސައްކަތް ކުރަނީ

ކޫއްޑޫއަށް މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ދަންފަޅިއަކަށް 120 ޓަނުގެ ބްރައިން ފްރީޒްކުރެވޭ ސިސްޓަމެއް ޤާއިމްކުރަން ނިންމާފައިވާ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

މިފްކޯގެ ޖަރީރާ 103 ބޯޓު އޮޕަރޭޝަނަށް ގެނައުމަށް ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްމާއިލް ވިދާޅުވީ މިފްކޯއާއި އެސްޓީއޯ އާއި ގުޅިގެން ކޫއްޑޫއަށް މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ދަންފަޅިއަކަށް 120 ޓަނުގެ ބްރައިން ފްރީޒްކުރެވޭ ސިސްޓަމެއް ޤާއިމްކުރުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އިތުރު މާކެޓުތަކަށް މަސް ފޮނުވުމަށް ފަސޭކުރުމަށް ފުރަތަމަ ފޭސްގައި 50 ރީފަރ ކޮންޓެއިނަރުގެ ޔާޑެއް ޤާއިމްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ދެކުނުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށާއި، ކޫއްޑޫގައި މިހާރުހުރި 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ޖާގައިގެ އިތުރުން، އިތުރު 4000 ޓަނުގެ ކޯލްޑް ސްޓޯރެއް ޤާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި ކޫއްޑޫ ބަނދަރު ބޮޑުކޮށް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި މަސައްކަތާއެކު އަންނާނެ ބަދަލުތައް ވެސް އޭނާ ފަހަގަކުރެއްވިއެވެ.

މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ އިރު، ރާއްޖެއަށް ގެނެވޭ ތިން ބޯޓުތަކުގެ ތެރެއިން އެއް ބޯޓަކީ ގދ. އަތޮޅުގައި ހަރަކާތްތެރިވާނެ ބޯޓެކެވެ. އެހެންކަމުން ފަރެސްމާތޮޑާ ހިސާބުގައި މަސްވެރިކަން ކުރުމަށް ހަރަކާތްތެރިވާ މަސްވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެއެވެ. ފަރެސްމާތޮޑާ ކައިރީގައި ބާއްވާފައިވަނީ ޖަޒީރާ 103 އެވެ. މިފްކޯއިން ގެނައި މި ބޯޓަކީ 120 މެޓްރިކްޓަނުގެ މަސް ގަނެ ފިނިކުރެވޭނެ ބޯޓެކެވެ. އަދި މި ބޯޓުގައި ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭނެ ކަމަަށް މިފްކޯއިން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2018

މާ ސާފު މާލެ ޕްރޮގްރާމުގެ ތެރެއިން 70 ޓަނުގެ ކުނި ވަނީ އެއް ކުރެވިފައި: އެންވަޔަރަމެންޓް މިނިސްޓްރީ

21 އެޕްރީލު 2018
މާ ސާފު މާލެ ޕްރޮގްރާމުގެ ތެރެއިން 70 ޓަނުގެ ކުނި ވަނީ އެއް ކުރެވިފައި: އެންވަޔަރަމެންޓް މިނިސްޓްރީ
19 އެޕްރީލު 2018

ކޫއްޑޫއިން ބަރުކުރި 3،000 ޓަނުގެ މަހާއެކު ކެރިއާ ބޯޓު ބެންކޮކަށް

19 އެޕްރީލު 2018
ކޫއްޑޫއިން ބަރުކުރި 3،000 ޓަނުގެ މަހާއެކު ކެރިއާ ބޯޓު ބެންކޮކަށް
11 އެޕްރީލު 2018

ކޫއްޑޫއަށް ބަނދަރުކުރި ކެރިއާ ބޯޓު ބަރާވެ، 2500 ޓަނުގެ ބޭރުގެ ބޯޓެއް ގެންނަނީ

11 އެޕްރީލު 2018
ކޫއްޑޫއަށް ބަނދަރުކުރި ކެރިއާ ބޯޓު ބަރާވެ، 2500 ޓަނުގެ ބޭރުގެ ބޯޓެއް ގެންނަނީ
01 ފެބުރުއަރީ 2018

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި 10 ކުންފުންޏަކާއި މޮހޯ އާއި އޭނާގެ ބައްޕަގެ އެކައުންޓް ފްރީޒްކޮށްފި

01 ފެބުރުއަރީ 2018
އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި 10 ކުންފުންޏަކާއި މޮހޯ އާއި އޭނާގެ ބައްޕަގެ އެކައުންޓް ފްރީޒްކޮށްފި
13 ޖެނުއަރީ 2018

400 ޓަނުގެ މަހާއެކު ސިފައިން އަތުލި ބޭރުގެ ދެ ބޯޓު މިއަދު މާލެ ގެންނާނެ

13 ޖެނުއަރީ 2018
400 ޓަނުގެ މަހާއެކު ސިފައިން އަތުލި ބޭރުގެ ދެ ބޯޓު މިއަދު މާލެ ގެންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު