Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތު އޭޝިއަން ޓީޓީ ޔޫތު ޗެމްޕިއަންޝިޕް

8 މެޑަލް އާއެކު ޒުވާން ޓީޓީ ދެ ޓީމަށް ކާމިޔާބު

18 މެއި 2023 | ބުރާސްފަތި 06:47

ރާއްޖެއަށް ލިބުނީ ދެ ރިހި މެޑައްޔާއި ހަ ލޯ މެޑަލް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 18 މެއި 2023 | ބުރާސްފަތި 06:47
2022 ވަނަ އަހަރުގެ މުބާރާތުގެ ތެރެއިން ދީމާ

2022 ވަނަ އަހަރުގެ މުބާރާތުގެ ތެރެއިން ދީމާ

ބުދަ ދުވަހު އިންޑިއާގައި ނިމުނު ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުން ރާއްޖޭގެ ޒުވާން ދެ ޓީމުން 8 މެޑަލް ހޯދައިފިއެވެ.

މި މުބާރާތުގައި ރާއްޖެއަށް ލިބިފައިވަނީ ދެ ރިހި މެޑައްޔާއި ހަ ލޯ މެޑައްޔެވެ. އޭގެތެރެއިން، ރާއްޖޭގެ ޗެމްޕިއަން ދީމާ ވަނީ ހަތަރު މެޑަލް ހޯދާފައެވެ. ރާއްޖެއިން ވަނީ ޑަބަލްސް އިވެންޓުތަކުން ފަސް މެޑަލްގެ އިތުރުން ޓީމް އިވެންޓުން ދެ މެޑައްޔާއި ސިންގަލްސް އިން އެއް މެޑަލް ހޯދާފައެވެ. ސިންގަލްސް ގެ ހަމައެކަނި މެޑަލް ހޯދީ ދީނާއެވެ. ދީނާއަށް ލިބިފައިވަނީ ލޯ މެޑައްޔެކެވެ.

ރާއްޖެއަށް ރިހި މެޑަލް ހޯދައިދިނީ ޖޫނިއާ މިކްސްޑް ޑަބަލްގެ ބައިން ދީމާ އަދި އަޚްޔާރުގެ ޕެއާ އާއި، ޖޫނިއާ އަންހެން ޑަބަލްސްގެ ދީމާ އަދި މިޝްކާގެ ޕެއާ އިންނެވެ.

ޑަބަލްސްގެ ބައިން ރާއްޖޭގެ ތިން ޕެއާއަކަށް ވަނީ ލޯ މެޑަލް ލިބިފައެވެ. އެއީ ފިރިހެން ޖޫނިއާ ބައިން އަޚްޔާރު އަދި ތާބިންގެ ޕެއާ އާއި، ކެޑޭޓް އަންހެން ބައިން މިޝްކާ އާއި ޒާރާގެ ޕެއާގެ އިތުރުން ކެޑޭޓް ފިރިހެން ބައިން އުމެއިރު އަދި އޯންގެ ޕެއާއެވެ. ޓީމު އިވެންޓުތަކުން ރާއްޖޭގެ ޖޫނިއާ ފިރިހެން އަދި އަންހެން ޓީމުންވަނީ ލޯ މެޑަލް ހޯދާފައެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ބައިވެރިވީ އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ސްރީލަންކާގެ އިތުރުން ބޫޓާންއެވެ. 2022 ވަނަ އަހަރު ރާއްޖޭގައި އޮތް މި މުބާރާތުން ވެސް ރާއްޖޭގެ ޓީމުން ވަނީ ރަނގަޅު ކާމިޔާބެއް ހޯދާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް