Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ބޭނުންނުވާ ލިސްޓަށް ފިރްމީނޯ، ކެއިތާ، މިލްނާ އަދި ޗެމްބަލައިން

17 މެއި 2023 | ބުދަ 22:04

މި ހަތަރު ކުޅުންތެރިންނަކީ ވެސް ބެންޗުން އަރާ ކުޅުންތެރިން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 17 މެއި 2023 | ބުދަ 22:04
(ކ-ވ) ޗެމްބަލައިން، ކެއިތާ، ފިރްމީނޯ އަދި މިލްނާ

(ކ-ވ) ޗެމްބަލައިން، ކެއިތާ، ފިރްމީނޯ އަދި މިލްނާ

މި ސީޒަނަށް ފަހު ހަތަރު ކުޅުންތެރިއަކު ދޫކޮށްލަން ލިވަޕޫލުން ނިންމައިފި އެވެ.

މި ހަތަރު ކުޅުންތެރިންނަކީ ފޯވަޑް ރޮބާޓޯ ފިރްމީނޯ އާއި މިޑްފީލްޑަރުން ކަމަށްވާ ވައިސް ކެޕްޓަން ޖޭމްސް މިލްނާއާއި އޮލްސްލައިޑް ޗެމްބްލައިން އާއި ނަބީ ކެއިތާ އެވެ. މި ހަތަރު ކުޅުންތެރިންގެ ކޮންޓްރެކްޓް އައުނުކުރަން ލިވަޕޫލުން ނިންމީ އަންނަ ސީޒަނަށް ޓީމަށް ބޮޑު ބަދަލެއް ގެނައުމަށް ކޯޗު ޔާގެން ކްލޮޕް ބޭނުންވުމުންނެވެ. މި ކުޅުންތެރިން ތެރޭގައި ފުރަތަމަ 11އިން މިދިޔަ ދެ ސީޒަނުގައި ގަވާއިދުން ޖާގަ ލިބުނު ކުޅުންތެރިއަކު ނެތެވެ. ލިވަޕޫލުން މިކުޅުންތެރިން ދޫކޮށްލާ އަނެއް ސަބަބަކީ އެކަށީގެންވާ ކުޅުމެއް ނުދެއްކޭއިރު އުމުރުން ދޮށިވަމުން ދިއުމެވެ. ލިވަޕޫލުން މިވަގުތު އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ކަމަކީ ސްކޮޑް ޒުވާން ކުރުމެވެ.

މިލްނާ އާއި ފިރްމޯނީ އަކީ 2015 ވަނަ އަހަރު ލިވަޕޫލަށް ގެނައި ދެ ކުޅުންތެރިންނެވެ. 30 އަހަރަށް ފަހު ލިވަޕޫލް އިނގިރޭސި ލީގު ކާމިޔާބުކުރިއިރު މި ދެ ކުޅުންތެރިން މުހިންމު ރޯލެއް ކުޅުނެވެ. ޗެމްބަލައިން އާއި ކެއިތާ އަށް މިދިޔަ ދެ އަހަރު އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ.

މި ސީޒަނުގައި ލިވަޕޫލްގެ ނަތީޖާތައް ގޯސްވުމުން އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅުމުގެ އަމިއްލަ ބާރެއް ނެތެވެ. މިއާއެކު ޓީމު ވަރަށް ބޮޑަށް ބަދަލު ކުރުމަށް އެ ކުލަބުން ވަނީ އައު ކުޅުންތެރިން ހޯދުމަށް މަސައްކަތް ފަށައިފަ އެވެ. މި ގޮތުން ބްރައިޓަން އަށް ކުޅެމުން އަންނަ އާޖެންޓީނާގް މިޑްފީލްޑަރު އެލެކްސިސް މެކްލިސްޓާ ގަތުމަށް ލިވަޕޫލް ވަނީ ބިޑްކޮށްފަ އެވެ. އޭނާގެ އިތުރުން ޑިފެންޑަރަކާއި ކީޕަރެއް އަދި މިޑްފީލްޑަރަކާއި ފޯވަޑަކު ހޯދުމަށް ލިވަޕޫލުން ބޮޑު ހޭދައެއް ކުރާނެ ކަމަށް ބީބީސީން ބުނެ އެވެ. ލިވަޕޫލްގައި ބްރެޒިލްގެ ގައުމީ ކީޕަރު އަލިސަން ބެކާ ހުއްޓަސް އޭނާ ވަނީ މިދިޔަ ދެ ސީޒަނުގައި ގޯސްތަކެއް ހަދައިފަ އެވެ. މިހެންވެ އަންނަ ސީޒަނުގައި އޭނާ އަށް ފުރަތަމަ 11 އަށް އަރަން ޗެލެންޖް ކުރާވަރުގެ ކީޕަރެއް ހޯދަން ލިވަޕޫލް ބޭނުންވެ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

24 އޯގަސްޓު 2022

އެންތަނީ ގޯޑަން ދޫކޮށްލަން ބޭނުންނުވާކަމަށް ލަމްޕާޑު ބުނެފި

24 އޯގަސްޓު 2022
އެންތަނީ ގޯޑަން ދޫކޮށްލަން ބޭނުންނުވާކަމަށް ލަމްޕާޑު ބުނެފި
01 އޯގަސްޓު 2022

ލިވަޕޫލް ދޫކޮށްލާކަށް ފިރްމީނޯ ބޭނުމެއް ނުވޭ

01 އޯގަސްޓު 2022
ލިވަޕޫލް ދޫކޮށްލާކަށް ފިރްމީނޯ ބޭނުމެއް ނުވޭ
27 ޖުލައި 2022

ރޮނާލްޑޯ ގެންނަން ބޭނުންނުވާކަން އެތުލެޓިކޯއިން ހާމަކޮށްފި

27 ޖުލައި 2022
ރޮނާލްޑޯ ގެންނަން ބޭނުންނުވާކަން އެތުލެޓިކޯއިން ހާމަކޮށްފި
21 ޖޫން 2022

ޓީމުގައި ހުންނަން ބޭނުންނުވާ ކުޅުންތެރިން ބޭނުމެއް ނޫން: ގާޑިއޯލާ

21 ޖޫން 2022
ޓީމުގައި ހުންނަން ބޭނުންނުވާ ކުޅުންތެރިން ބޭނުމެއް ނޫން: ގާޑިއޯލާ
06 ޖޫން 2022

މުސާރަ ކުޑަކޮށް، ލިވަޕޫލުގައި މަޑުކުރަން މިލްނާ އެއްބަސްވެއްޖެ

06 ޖޫން 2022
މުސާރަ ކުޑަކޮށް، ލިވަޕޫލުގައި މަޑުކުރަން މިލްނާ އެއްބަސްވެއްޖެ
30 އެޕްރީލު 2018

ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން ފިރްމީނޯ އާކޮށްފި

30 އެޕްރީލު 2018
ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން ފިރްމީނޯ އާކޮށްފި
05 މާރިޗު 2018

އަޝްފާގަކީ ތައާރަފެއް ބޭނުންނުވާ މޮޅު ކުޅުންތެރިޔެއް: އޮސްކާ

05 މާރިޗު 2018
އަޝްފާގަކީ ތައާރަފެއް ބޭނުންނުވާ މޮޅު ކުޅުންތެރިޔެއް: އޮސްކާ
03 މާރިޗު 2018

ފިރްމީނޯއަށް އާ ކޮންޓްރެކްޓެއް ހުށަހެޅުމަށް މިދަނީ މަސައްކަތްކުރަމުން: ކްލޮޕް

03 މާރިޗު 2018
ފިރްމީނޯއަށް އާ ކޮންޓްރެކްޓެއް ހުށަހެޅުމަށް މިދަނީ މަސައްކަތްކުރަމުން: ކްލޮޕް
16 ނޮވެމްބަރު 2017

ޔުނައިޓެޑްގެ ކޯޗުކަމުގައި ދެމިހުންނަން ބޭނުންނުވާ ކަމުގެ އިޝާރާތެއް މޮރީނިއޯ ދީފި

16 ނޮވެމްބަރު 2017
ޔުނައިޓެޑްގެ ކޯޗުކަމުގައި ދެމިހުންނަން ބޭނުންނުވާ ކަމުގެ އިޝާރާތެއް މޮރީނިއޯ ދީފި
30 އޯގަސްޓު 2017

ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު މެކްގްރެގޯ އެންމެ މުއްސަދި އެތްލީޓުންގެ ލިސްޓަށް

30 އޯގަސްޓު 2017
ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު މެކްގްރެގޯ އެންމެ މުއްސަދި އެތްލީޓުންގެ ލިސްޓަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް