Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރޮބާޓޯ ފިރްމީނޯ

ފިރްމީނޯއަށް އާ ކޮންޓްރެކްޓެއް ހުށަހެޅުމަށް މިދަނީ މަސައްކަތްކުރަމުން: ކްލޮޕް

އުމުރުން 26 އަހަރުގެ ފޯވާޑް ވަނީ މި ސީޒަނުގެ މިހާތަނަށް ވެސް 13 ލަނޑު ލިވަޕޫލްއަށް ޖަހައިދީފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 3 މާރިޗު 2018 | ހޮނިހިރު 10:46
ރޮބާޓޯ ފިރްމީނޯ ލިވަޕޫލްގެ ޖާޒީގައި

ރޮބާޓޯ ފިރްމީނޯ ލިވަޕޫލްގެ ޖާޒީގައި

ލިވަޕޫލްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯއަށް އާ ކޮންޓްރެކްޓެއް ހުށަހެޅުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ޖަރުމަނުގެ ހޮފެންހައިމް ދޫކޮށް 2015 ވަނަ އަހަރު ލިވަޕޫލްއަށް ބަދަލުވި ފަހުން ފިރްމީނޯ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ޕްރިމިއާ ލީގުގައި އަދި އެހެނިހެން މުބާރާތްތަކުގައި ވެސް އޭނާ އަންނަނީ އެ ޓީމަށް ގިނަ ލަނޑުތަކެއް ޖަހައިދެމުންނެވެ. އުމުރުން 26 އަހަރުގެ ފޯވާޑް ވަނީ މި ސީޒަނުގެ މިހާތަނަށް ވެސް 13 ލަނޑު ލިވަޕޫލްއަށް ޖަހައިދީފައެވެ. ފިލިޕޭ ކުޓީނިއޯ ބާސެލޯނާއަށް ބަދަލުވުމާއި ގުޅިގެން ދެވަނަ ފަހަރަށް އެފަދަ ކަމެއް ވިޔަނުދިނުމަށް ކްލޮޕް ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިރްމީނޯއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކްލޮޕް ބުނީ ފާއިތުވެދިޔަ ސީޒަންތަކުގައި ދައްކާފައިވާ ކުޅުމާއި ގުޅިގެން އޭނާއަށް އާ ކޮންޓްރެކްޓެއް ހައްގުވާ ކަމަށާއި އެއީ ލިވަޕޫލްއަށް ވެސް ފައިދާހުރި ގޮތް ކަމަށެވެ. އޭނާ ބުނީ ފިރްމީނޯއަކީ ދަނޑުމަތީގައި ވަރަށް މަސައްކަތްކުރާ ކުޅުންތެރިޔެއް ކަމަށާއި ލިވަޕޫލްއަށް ބަދަލުވުމަށް ފަހު އޭނާގެ ކުޅުމުގެ ވައްޓަފާޅި ވެސް އެއްކޮށް ބަދަލުވެފައިވާ ކަމަށެވެ. ކްލޮޕް ބުނީ ލިވަޕޫލްއަށް ބަދަލުވުމާއެކު މޮޅު ކުޅުންތެރިޔެއްގެ ގޮތުގައި ފިރްމީނޯ ދުނިޔެއަށް ތައާރަފް ވެގެން ގޮސްފި ކަމަށެވެ.

ކްލޮޕް ބުނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ބޭނުންވާ ކަމަށާއި އެގޮތަށް ފިރްމީނޯއަކީ ވެސް އަދި ވެސް ވަރަށް ގިނަ ކަންކަން ރަނގަޅު ކުރުމުގެ ގާބިލުކަން ލިބިފައިވާ ކުޅުންތެރިޔެއް ކަމަށެވެ. ކްލޮޕް ބުނީ ފިރްމީނޯގެ ކިބައިގައި ހުރި ހުނަރު ކުރިއަރުވަން ބޭނުންވާ ކަމަށާއި އެކަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭނާ ބުނީ ކުޓީނިއޯ އެހެން ޓީމަކަށް ބަދަލުވުމާއެކު ފިރްމީނޯގެ މުހިންމުކަން ލިވަޕޫލްއަށް މި ސީޒަނުގައި ވަރަށް ބޮޑުވެގެން ގޮސްފި ކަމަށެވެ.

ފިރްމީނޯއާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ކްލޮޕް ބުނީ އޭނާއަކީ ތަފާތު ދައްކާ ކުޅުންތެރިޔެއް ކަމަށާއި ނަތީޖާ ބަދަލުކުރެވޭ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ ފިރްމީނޯ އުފުލަމުންދާ ޒިންމާތައް ވަރަށް ރަނގަޅަށް އަދާކުރަމުންދާ ކަމަށާއި ލިވަޕޫލްގެ ފޯވާޑް ލައިނުގެ އެންމެ މައި އެއް ތަނބަކީ ފިރްމީނޯ ކަމަށެވެ. ކުޓީނިއޯ ނެތްތަން އެއްވެސް ވަރަކަށް ނުދައްކާ ކަމަށާއި އެތަން ފޫބެއްދުމަށް އެންމެ ބޮޑު ހިތްވަރެއް ދައްކަމުންދާ ކުޅުންތެރިޔަކީ ވެސް ފިރްމީނޯ ކަމަށް ވެސް ކްލޮޕް ބުނެފައިވެއެވެ.

ބްރެޒިލްގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ފިރްމީނޯ ވަނީ ލިވަޕޫލްއަށް ކުޅުނު 128 މެޗުގައި އެ ޓީމަށް 45 ލަނޑު ޖަހައިދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިކާޑީއަށް އައު ކޮންޓްރެކްޓެއް ހުށަހަޅަން އިންޓަރ ތައްޔާރުވެއްޖެ

އިކާޑީއަށް އައު ކޮންޓްރެކްޓެއް ހުށަހަޅަން އިންޓަރ ތައްޔާރުވެއްޖެ

04 ޖުލައި 2018
ގްރީޒްމަން އައު ކޮންޓްރެކްޓެއްގައި ސޮއިކުރިއިރު ލެމާރ ވެސް އެޓްލެޓިކޯއަށް

ގްރީޒްމަން އައު ކޮންޓްރެކްޓެއްގައި ސޮއިކުރިއިރު ލެމާރ ވެސް އެޓްލެޓިކޯއަށް

19 ޖޫން 2018
އުމްޓީޓީ އައު ކޮންޓްރެކްޓެއްގައި ސޮއި ކޮށްފި

އުމްޓީޓީ އައު ކޮންޓްރެކްޓެއްގައި ސޮއި ކޮށްފި

05 ޖޫން 2018
އައު ކޮންޓްރެކްޓެއްގައި ވަރަށް އަވަހަށް ސޮއެ ކުރާނަން: ރޮބާޓޯ

އައު ކޮންޓްރެކްޓެއްގައި ވަރަށް އަވަހަށް ސޮއެ ކުރާނަން: ރޮބާޓޯ

05 ޑިސެމްބަރު 2017
އުމުރު ދުވަހުގެ ކޮންޓްރެކްޓެއްގައި އިނިއެސްޓާ ސޮއިކޮށްފި

އުމުރު ދުވަހުގެ ކޮންޓްރެކްޓެއްގައި އިނިއެސްޓާ ސޮއިކޮށްފި

06 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު