Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިލްނާ ލިވަޕޫލުގައި މަޑުކުރަން ނިންމުން

މުސާރަ ކުޑަކޮށް، ލިވަޕޫލުގައި މަޑުކުރަން މިލްނާ އެއްބަސްވެއްޖެ

6 ޖޫން 2022 | ހޯމަ 03:32

އަންނަ އަހަރުގެ ޖޫންއާ ހަމައަށް ލިވަޕޫލުގައި މަޑުކުރަނީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖޫން 2022 | ހޯމަ 03:32
މިލްނާ ލިވަޕޫލްގެ ކޯޗު ކްލޮޕްއާއެކު

މިލްނާ ލިވަޕޫލްގެ ކޯޗު ކްލޮޕްއާއެކު

މުސާރަ ކުޑަކޮށް ލިވަޕޫލުގައި މަޑުކުރަން އެ ޓީމަށް ކުޅެމުން އަންނަ ޖޭމްސް މިލްނާ އެއްބަސްވެއްޖެއެވެ.

ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި މިލްނާ ވަނީ އޭނާގެ މުސާރަ ކުޑަކުރަން އެއްބަސްވެފައެވެ. އަދި ލިވަޕޫލުގައި އިތުރު އެއް އަހަރު މަޑުކުރަން ނިންމާފައެވެ. އެހެންކަމުން 2023 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އޭނާ ލިވަޕޫލުގައި މަޑުކުރާނެއެވެ. މިލްނާ ލިވަޕޫލުގައި މަޑުކުރަން އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބޭނުންވާ ކަމަށް ވެސް ރޮމާނޯ ވަނީ ބުނެފައެވެ.

ލިވަޕޫލާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން މިދިފަ ފެބުރުއަރީ މަހުގެ ތެރޭގައި ލިވަޕޫލުން ވަނީ އޭނާއަށް އިތުރު އެއް އަހަރުގެ އެއްބަސްވުމެއް ހުށަހަޅާފައެވެ. އަދި އެ އެއްބަސްވުމުގައި ވަނީ މުސާރަ ކުޑަކުރުމަށް ވެސް ހިމަނާފައެވެ.

އުމުރުން 36 އަހަރުގެ މިލްނާ ލިވަޕޫލަށް ބަދަލުވީ 2015 ވަނަ އަހަރުއެވެ. ލިވަޕޫލަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ މެންޗެސްޓަރ ސިޓީ، އެސްޓަން ވިލާ، ނިއުކާސަލް ޔުނައިޓެޑް އަދި ލީޑްސް ޔުނައިޓެޑަށް ވެސް ކުޅެފައެވެ. މިލްނާ ވަނީ މިހާތަނަށް ލިވަޕޫލަށް 289 މެޗު ކުޅެދީ 26 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ލިވަޕޫލާއެކު ހަ ތައްޓެއް ހޯދާފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގު، އެފްއޭ ކަޕް، އީއެފްއެލް ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ.

މިލްނާ ވަނީ 2009 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ދެމެދު އިންގްލޭންޑުގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. އޭނާ ވަނީ ގައުމީ ޓީމަށް 61 މެޗު ކުޅެދީ، އެއް ލަނޑު ޖަހާފައެވެ.

ޖޭމްސް މިލްނާލިވަޕޫލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
04 ނޮވެމްބަރު 2025

ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް

04 ނޮވެމްބަރު 2025
ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް
30 އޮކްޓޯބަރު 2025

ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި

30 އޮކްޓޯބަރު 2025
ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި
21 އޮކްޓޯބަރު 2025

ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް

21 އޮކްޓޯބަރު 2025
ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް