Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނި މެނޭޖްކުރުން

ޒޯން 3ގައި ހިމެނޭ 3 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު އެޅުމަށް ހަވާލުކޮށްފި

17 މެއި 2023 | ބުދަ 22:00

މި ޕްރޮޖެކްޓްގެ މަސައްކަތުގެ ދަށުން ޖުމްލަ 8 ޕްކޭޖަކަށް ބަހާލައިގެން 15 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމްކުރުމަށް ވަނީ ނިންމާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 މެއި 2023 | ބުދަ 22:00
3 ރަށެއްގައި ކުނި މެނޭޖްކުރާ ސެންޓަރު އެޅުމަށް ހަވާލުކޮށްފައިވަނީ ސެންޓަރަލް ލައިން ޕްރައިވެޓް ލިމިޓެޑާއި

3 ރަށެއްގައި ކުނި މެނޭޖްކުރާ ސެންޓަރު އެޅުމަށް ހަވާލުކޮށްފައިވަނީ ސެންޓަރަލް ލައިން ޕްރައިވެޓް ލިމިޓެޑާއި

ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓު ޕްރޮޖެކްޓްގެ ދަށުން ޒޯން 3ގައި ހިމެނޭ 3 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު އެޅުމަށް ކޮންޓްރެކްޓަރަކާއި ހަވާލުކޮށްފިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ކުނި ކޮށި އެޅުމަށް ހަމަޖެހިފައިވަނީ ކ. ތުލުސްދޫ، ކ. ހުރާ އަދި ކ. ހިންމަފުށީގައެވެ. މި ޕްރޮޖެކްޓްގެ އަގަކީ 11.13 މިލިއަން ދިވެހި ރުފިޔާއެވެ. މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ޒޯން 3 ގެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް ހިންގަމުންދާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މޭޖްމަންޓް ޕްރޮޖެކްޓުގެ ބައެކެވެ. މި މަސައްކަތް ނިންމަން ދީފައިވަނީ 180 ދުވަސް (6 މަސްދުވަސް) އެވެ.

Advertisement - newsAdvertisement

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ރާއްޖޭގެ ތިމާވެށީގެ ޙާލަތު ރަނގަޅުކޮށް، ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ދިވެހި ސަރުކާރުން ދަނީ ވަރަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ. ކުނި މެނޭޖްކުރުމުގެ ގައުމީ ސިޔާސަތާއި އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން އަންނަނީ "ގްރޭޓާރ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ޒޯން 3 ގެ ރަށްތަކަށް އަމާޒުކޮށްގެން ހިންގަމުންނެވެ.

މި ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީ އާއި އެހެނިހެން މާލީ އިދާރާތަކުގެ މާލީ އެހީތެރިކަން ފޯރުކޮށްދީ، ފުރަމާލެ ސަރަހައްދަށް ހާއްސަ ސަމާލުކަމެއް ދީގެން، މުޅި ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ އަމާޒުގައި ހިންގަމުންދާ ޕްރޮޖެކްޓެކެވެ. މިގޮތުން މާލޭ ސަރަހައްދުގެ އިތުރުން ކ، އއ. އދ. އަދި ވ. އަތޮޅުގެ ރަށްތަކުގެ ކުނި މެނޭޖްކުރުމުގެ ނިޒާމް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތުގެ ދަށުން ޖުމްލަ 8 ޕެކޭޖަކަށް ބަހާލައިގެން 15 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ލޮޓް 1ގެ ގޮތުގައި ކަނޑައަޅާފައިވާ ޕެކޭޖްގައި ހިމެނެނީ ކ. ތުލުސްދޫ، ކ. ހުރާ އަދި ކ. ހިންމަފުށި، މި ތިން ރަށެވެ. މި ޕެކޭޖްގެ ދަށުން ކުނި މެނޭޖްކުރާ މަރުކަޒު ގާއިމްކުރާ 3 ރަށުގެ ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 11.13 މިލިއަން ރުފިޔާއެވެ.

މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖްގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާއެވެ. އަދި ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ އާސިމެވެ.

އަލަށް އިމާރާތްކުރާ ހުރިހާ އައިޑަބްލިއުއެމްސީތަކަކީ އޭޑީބީގެ ސޭފްގާޑްސް މިންގަނޑުތަކަށް ފެތޭގޮތަށް، ކާރިސީ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިވާނެ ގޮތަށް ބެލުމަށްފަހު ފަރުމާކުރެވިފައިވާ ޒަމާނީ ކުނި މެނޭޖްކުރާ ސެންޓަރުތަކެކެވެ. މި ސެންޓަރުތަކުގެ ސަބަބުން ރައްކާތެރި ގޮތުގައި ރަށު ފެންވަރުގައި ކުނި ވަކިކޮށް، ރަށްރަށުގައި ކުނި މެނޭޖްކުރުމަށް މަގުފަހިވެ، އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން ކޮންމެ އައިޑަބްލިއުއެމްސީއެއް ފަރުމާ ކުރެވިފައި ވަނީ ގާޑް ޕޯސްޓަކާއި އޮފީސް އިމާރާތެއް ހިމެނޭ ގޮތަށަށެވެ. މީގެ ސަބަބުން، މިސެންޓަރުތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ހިފުމަށް ރަށު ކައުންސިލްތަކަށް އެހީތެރިވެގެންދާނެއެވެ. މި ކޮންޓްރެކްޓްގެ ޢަމަލީ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސެންޓަރުގެ މަސައްކަތްތައް ކުރިޔަށްދާއިރު، ރަށުގައި ފެންވަރުގައި ކުނި މެނޭޖްކުރުމަށް މުޖްތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް އެކި ކަހަލަ ޕްރޮޤްރާމްތައް ހިނގުމަށް މިޕްރޮޖެކްޓްގެ ފަރާތުން ވަނީ ރޭވިފައެވެ.

ކުނި މެނޭޖްކުރަ މަރުކަޒު ގާއިމްކުރުމަށް ހަމަޖެހިފައިވާ 8 ޕެކޭޖްގެ ތެރެއިން ބާކީ 7 ޕެކޭޖްގައި ހިމެނޭ 12 ރަށުގައި މުޅިން އައު އައިޑަބްލިއުއެމްސީ ރީ-ބިޑިންގއަށް މިހާރު ވަނީ ހުޅުވާލާފެއެވެ. މިޕްރޮޖެކްޓްގެ އަމާޒަކީ 2023 ވަނަ އަހަރުގެ ތެރޭގައި ބާކީ ހުރި ރަށްތަކުގައި މަރުކަޒުތައް ގާއިމްކުރުމަށް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށް، މިރަށްރަށުގެ ޢަމަލީ މަސައްކަތް ވީއެންމެ އަވަހަކަށް ފެއްޓުމެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

22 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް

22 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް