Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

އީގަލްސް އިން ޓީސީ މެޗު ފަސޭހައެއް ނުކުރާނެ: މުއާވިޔަތު

އީގަލްސް ތާވަލުގެ ތިން ވަނައިގަ އޮތް އިރު، ޓީސީ އޮތީ ހަތަރު ވަނައިގައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 17 މެއި 2023 | ބުދަ 21:56
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އީގަލްސްގެ އެސިސްޓެންޓް ކޯޗު މުއާވިޔަތު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އީގަލްސްގެ އެސިސްޓެންޓް ކޯޗު މުއާވިޔަތު

އީގަލްސް އިން އެއްވެސް މެޗެއް ފަސޭހަ ނުކުރާނެކަމަށާއި ޚާއްސަކޮށް ޓީސީ މެޗު ފަސޭހަ ނުވާނެކަމަށް އެ ޓީމުގެ އެސިސްޓެންޓް ކޯޗު، މުއާވިޔަތު އިލްހާމް ބުނެފިއެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މުއާވިޔަތު ބުނީ އީގަލްސް އިން އަބަދުވެސް ނުކުންނާނީ ކޮންމެ މެޗަކުންވެސް ތިން ޕޮއިންޓް ހޯދަން ކަމަށާއި، އެ އަޒުމަށް ބަދަލެއް ނާންނާނެކަމަށެވެ.

މުއާވިޔަތު ފާހަގަކުރިގޮތުގައި ޓީސީ މެޗަށް ނުކުންނައިރު އެންމެ ބޮޑު ދަތިކަމަކީ، ގާތްގާތު މެޗުތައް ކުޅެން ޖެހުމުން އަނިޔާއިން ރަނގަޅުވުމަށް އެންމެ އެކަށީގެންވާ ވަރަށް ވަގުތު ނުލިބުމެވެ. އޭނާ އިތުރަށް ބުނީ މިހާތަނަށް ކުޅުނު މެޗުތަކުގައި އެންމެ ބޮޑަށް ދިމާވީ ލަނޑު ނުޖެހުމުގެ މައްސަލަކަމަށާއި އެކަންތަށް ޓީސީ މެޗުގައި ރަނގަޅުކުރުމަށް މަސައްކަތް ކުރާކަމަށެވެ.

އީގަލްސްގެ ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) އަށް ތައުރީފުކުރަމުން މުއާވިޔަތު ބުނީ، ރިޒޭ އަކީ މުޅި އީގަލްސް އޭ ބުނުމަކުން ދޮގަކަށް ނުވާނެކަމަށާއި، ހުރިހާ ލަނޑެއްގައި ވެސް ރިޒޭގެ އެހީތެރިކަން ލިބިފައިވާކަމަށެވެ. ރިޒޭ އަކީ އެންމެ މުހިއްމު ކުޅުންތެރިޔާއަށް ވީނަމަވެސް، އޭނާ އަށް ރެސްޓު ދިނުމުގައި އިތުރު ގޮތްތައް އެބަހުރިކަމަށް މުއާވިޔަތު ބުންޏެވެ.

މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ޓީސީގެ އެސިސްޓެންޓް ކޯޗު އަހުސަން ރަޝީދު (ޗޭ) ބުނީ، ޓީސީ އޮތީ ވެވެން އޮތް އެންމެ ރަނގަޅަކަށް ތައްޔާރުވެފަކަމަށެވެ. ފަސް ކުޅުންތެރިންނަށް އަނިޔާވެފައިވީނަމަވެސް، ޓީމުގެ ސްކޮޑް ރަނގަޅުވުމުން އެހާބޮޑަށް ދަތި ނުވާކަމަށް ޗޭ ބުންޏެވެ. ޗޭ އިތުރަށް ބުނީ އީގަލްސް އަކީ ރަނގަޅު ޓީމަކަށް ވިނަމަވެސް، މާޒިޔާ މެޗަށްވުރެ އުނދަގޫ މެޗަކަށް ނުވާނެކަމަށެވެ. އަދި ޓީސީ އިން ނުކުންނާނީ ގިނަ ލަނޑުތަކެއް ޖަހަންކަމަށް އޭނާ ބުންޏެވެ.

ލީގުގައި މިހާތަނަށް ދެ މެޗު ކުޅެ، އީގަލްސް އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައެވެ. ޓީސީ އޮތީ އީގަލްސްގެ ފަހަތުން ތިން ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. ޓީސީ އާއި އީގަލްސް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު ހަވީރު 16:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު