Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީން އާޒިމް ވަކިކުރުން

އެމްޑީޕީން އާޒިމް ވަކިކޮށްފައިވާކަން، އީސީން މަޖިލީހަށް އަންގައިފި

17 މެއި 2023 | ބުދަ 12:29

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ އާޒިމް 1 އަހަރުދުވަހަށް ޕާޓީން ވަކިކުރުމަށް ނިންމާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 މެއި 2023 | ބުދަ 12:29
އަލީ އާޒިމް

އަލީ އާޒިމް

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް, މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ވަކިކުރިކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގައިފިއެވެ.

ހަރުކަށި ފިޔަވަޅުތަކަކާއި ޝަރުތުތަކަކާއެކު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވަނީ އަންގާރަ ދުވަހުއެވެ. އެގޮތަށް ނިންމީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، މޭއި 16 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އާޒިމާމެދު އެފަދަ މައްސަލައެއް ހުށަހެޅި އެއް ސަބަބަކީ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމަށް ސޮއިކުރެއްވުމެވެ. މީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ފާޑުވިދާޅުވެ، ދެކޮޅު ހެދުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ބައިވެރިވެވަޑައިގަތް މައްސަލަވެސް ހުށަހަޅާފައިވެއެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ، އެ ކޮމިޓީން ބެލި ބެލުމުން ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި؛ އޭނާގެ މައްޗަށް ތުހުމަތުކުރާ ދެ މައްސަލާގައިވެސް އާޒިމްގެ ބައިވެރިވެވަޑައިގަތުން އޮތް ކަމަށް ބުނެފައެވެ. އަދި ރިފްއަތަކީ އެ ޕާޓިގެ ސިޔާސަތުތައް ތަންފީޒުކުރެއްވުމަށް މަސައްކަތްކުރައްވާ ބަންޑާރަނައިބު ކަމަށް ވާއިރު، އޭނާގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށް ސޮއިކުރެއްވުމަކީ ޕާޓީގެ ސިޔާސަތުތަކާއި ދެކޮޅުވެވަޑައިގަތުން ކަމަށް ކޮމިޓީން ވަނީ އިއްތިފާގުވެފައެވެ.

އަދި ރައީސް ސާލިހަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަމަށް ވުމާއި، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައީސަކަށް ފާޑުކިޔުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ބައިވެރިވެވަޑައިގަތުމަކީ ޕާޓީގެ މަސްލަހަތަށް ގެއްލުންތަކެއް ވެދާނެ ކަމެއްކަން އެ ކޮމިޓީން ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ އާޒިމް 1 އަހަރުދުވަހަށް ޕާޓީން ވަކިކުރުމަށް ނިންމާފައެވެ. އަދި 1 އަހަރު ދުވަހަށްފަހުވެސް ޕާޓީގެ މެމްބަރަކަށް ވެވަޑައިގެންނެވޭނީ، މެމްބަރަކަށް ވުމަށް އެދޭ ފޯމާއެކު، މުޅިން އަލަށް ވަންނަ 100 މެމްބަރުންގެ ފޯމު ހުށަހެޅުއްވުމުން ކަމަށް ވަނީ ޝަރުތުކޮށްފައެވެ. އަދި އޭނާއަށް 16 މެއި 2023ން ފެށިގެން 5 އަހަރު ވަންދެން ޕާޓީގެ އެތެރޭގެ އެއްވެސް މަގާމަކަށް ކުރިމަތިނުލެއްވުމާއި، ޕާޓީގެ އެއްވެސް ޕްރައިމަރީއެއްގައި ބައިވެރިވެވަޑައިނުގެންނެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

އީރާން އިގްތިސާދީގޮތުން އެކަހެރިކުރުމަށް ޓްރަމްޕްގެ ރޭވުންތަކަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއެޅުމުގެ ފުރުސަތު އޮތް ގޮތް

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް