Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީގެ މަސައްކަތްތައް

އިތުރު ޕްރޮޖެކްޓްތައް ނަގަން އެމްޓީސީސީ އާއި މެނޭޖްމެންޓްގެ ކެޕޭސިޓީ އަދިވެސް އެބަ ހުރި - އާޒިމް

16 މެއި 2023 | އަންގާރަ 10:36

މިދިޔަ އަހަރު ނިމުނުއިރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ވަނީ ލިބިފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 މެއި 2023 | އަންގާރަ 10:36
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް | ރާއްޖެއެމްވީ

އިތުރު ޕްރޮޖެކްޓްތައް ނަގަން އެމްޓީސީސީ އާއި މެނޭޖްމަންޓްގެ ކެޕޭސިޓީ އަދިވެސް އެބަ ހުރިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ އެމްޓީސީސީ އަކީ ޗެލެންޖްތަކަށް ތައްޔާރުވެ އެ ކަންކަމާއި ކުރިމަތިލައިގެން މަސައްކަތް ކުރާ ކުންފުންޏެއް ކަަމަށެވެ. މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި 100 އަށް ވުރެ ގިނަ މަޝްރޫޢު އެ ކުންފުނިން ހިންގަމުންދާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކޮށް އެހެން މަސައްކަތްތައް ކުރުމުގެ ގާބިލަންކަން ކުންފުނީގައި ހުރިކަމަަށް ޤަބޫލުކުރައްވާ ކަަމަށެވެ. އެހެންނަމަވެސް 50 މަޝްރޫޢު އަށް ވުރެ ގިނައިން އެ ކުންފުނީގެ ބެލުމުގެ ދަށުން ހިންގިދާނެ ކަމަށް އެ ކުންފުނީގެ މެނޭޖްމަންޓްގައި ކުރިން ތިބި ފަރާތްތަކުން ގަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީގެ ހިންގުމާއި ހަވާލުވެގެން އެންމެ ބޮޑު އިސްކަމެއް ދެއްވި ކަމަކީ ކުންފުންޏަކީ ފައިދާ ވާ ކުންފުންޏަކަށް ހެދުން ކަމަށެވެ. އެގޮތުން އެ ކުންފުންޏަށް ފާއިތުވި ހަތަރު އަހަރު ފައިދާގެ ގޮތުން ބޮޑު އަދަދެއް ލިބުނު ކަމަށާާއި އެއީ އެމްޓީސީސީ އަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމްޓީސީސީން ބުރާސްފަތި ދުވަހު އާއްމު ކުރި އެ ކުންފުނީގެ އަހަރީ ރިޕޯޓު ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ. 2021 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.9 ބިލިއަން ރުފިޔާއެވެ.

ވޭތުވެދިޔަ އަހަރަކީ ކުންފުނީގެ ތާރީޚްގައި އިޖުތިމާޢީ ޒިންމާގެ ދަށުން މުޖުތަމަޢުގެ ލާބައަށް އެންމެ ބޮޑު އެހީތެރިކަން ފޯރުކޮށްދެވުނު އަހަރުކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން ކުންފުނީގެ މަޝްރޫޢުތައް ހިނގަމުންދާ ރަށްތަކުގައި ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ވާނީ ޖުމުލަ 420 ހަރަކާތެއް ހިންގ،ާ މުޖުތަމަޢުގެ ލާބައަށް ޖުމުލަ 43.23 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެެ. މީގެ އިތުރުން މާލެ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ތަރައްޤީކުރެވުނު ކ. ކުޑަގިރިއަށް ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ޚަރަދުކުރެވުނު ޖުމުލަ 13 މިލިއަން ރުފިޔާއަކީވެސް ކުންފުނީގެ ތާރީޚްގައި އިޖުތިމާޢީ ޒިންމާގެ ދަށުން އެއް މަޝްރޫއަކަށް ހޭދަކުރެވުނު އެންމެ ބޮޑު އަދަދުކަމަށް އާޒިމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް