Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާޒިމް ޕާޓީން ވަކިކުރުން

ހަރުކަށި ފިޔަވަޅުތަކަކާއި ޝަރުތުތަކަކާއެކު އާޒިމް ޕާޓީން ވަކިކޮށްފި

16 މެއި 2023 | އަންގާރަ 07:15

އާޒިމް 1 އަހަރުދުވަހަށް ޕާޓީން ވަކިކުރުމަށް ވަނީ ނިންމާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 މެއި 2023 | އަންގާރަ 07:15
މެންބަރު އަލީ އާޒިމް

މެންބަރު އަލީ އާޒިމް

ހަރުކަށި ފިޔަވަޅުތަކަކާއި ޝަރުތުތަކަކާއެކު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިފިއެވެ.

އެ މައްސަލަ މައްސަލަ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީ އަށް ހުށަހަޅާފައި ވަނީ 15 މޭއި 2023 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާތީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ އެކަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލުގެ ސަމާލުކަމަށް ގެންނަވާފައެވެ. އަސްލަމް އެކަންކަން ފައްޔާޒްގެ ސަމާލުކަމަށް ގެންނެވީ އޭނާ ފޮނުއްވި ސިޓީއެއްގައެވެ.

އަސްލަމްވަނީ މައްސަލައިގައި އެމްޑީޕީގެ ވެރިކަމެއްގައި، ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން އިސްވެ ހުށަހަޅާ މައްސަލައެއްގައި އެ ޕާޓީގެ މެންބަރުން ބައިވެރިވުމަކީ ޕާޓީގެ މަސްލަހަތަށް ބުރޫއަރާފަދަ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި އެ އަމަލަކީ ޕާލިމަންޓަރީ ގްރޫޕުގެ ހިންގާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ ޚިލާފު އަމަލެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ. އެ ސިޓީފުޅު ފައްޔާޒަށް ފޮނުއްވާފައިވަނީ 14 މޭއި 2023ގައެވެ. މީގެ އިތުރުން ރައީސް ޞާލިހު އަށް ފާޑުކިޔާ ދެކޮޅު ހެދުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ބައިވެރިވި މައްސަލަ ވެސް ހުށަހަޅާފައިވެއެވެ.

އެ މައްސަލަ ބަލާ ގޮތެއް ނިންމާފައި ވަނީ 16 މޭއި 2023ގައެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ބެލި ބެލުމުން ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި އޭނާގެ މައްޗަށް ތުހުމަތުކުރާ ދެ މައްސަލައިގައި ވެސް އާޒިމްގެ ބައިވެރިވުން އޮތް ކަމަށް ބުނެފައިވެއެވެ. އަދި ރިއްފަތު އަކީ އެ ޕާޓިގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މަސައްކަތްކުރައްވާ ބަންޑާރަނައިބު ކަމަށް ވާއިރު އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމަށް ސޮއިކުރުމަކީ ޕާޓީގެ ސިޔާސަތުތަކާއި ދެކޮޅު ކަމަށް ކޮމިޓީން ވަނީ އިއްތިފާގުވެފައެވެ.

އަދި ރައީސް ޞާލިހު އަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަމަށް ވުމާއި އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ރައީސް އަކަށް ފާޑުކިޔުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ބައިވެރިވެވަޑައިގަތުމަކީ ޕާޓީގެ މަސްލަހަތަށް ގެއްލުންތަކެއް ވެދާނެ ކަމެއް ކަމަށް އެ ކޮމިޓީން ފާހަގަކޮށްފައިވެއެވެ. އަދި އެއީ މެމްބަރަކު ޕާޓީން ވަކިކުރަން އެކަށީގެންވާ ސަބަބެއްކަމަށް އަސާސީ ގަވާއިދަށް ބަލާލުމުން އެނގޭ ކަމަށް ބުނެފައިވެއެވެ. ހަމައެންމެ އާޒިމް އަކީ ޕީޖީ ގްރޫޕްގެ މެމްބަރަކަށް ވެފައި ޕާޓީގެ އިސް މަޤާމުތައް ފުރުއްވާ ބޭފުޅުން ކުރައްވާ ޤަވާއިދާއި ޚިލާފު ކަންކަމަކީ ސީިރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ.

އަދި ޕާޓީގެ އަސާސީ ޤަވާއިދާއި މަގްސަދުތަކާއި އުސޫލުތައް ދިފާއުކުރުމުގައި ޕީޖީ ގްރޫޕްގެ މެމްބަރުންގެ ޒިންމާ ބޮޑު ކަމަށާއި، އެ ފަރާތްތަކުން ޕާޓީގެ މެމްބަރުންނަށާއި ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ މިންވަރުވެސް ބޮޑު ކަމަށް ބުނެފައިވެއެވެ. އެކަންކަމަށް ބެލުމަށް ފަހު އާޒިމް 1 އަހަރުދުވަހަށް ޕާޓީން ވަކިކުރުމަށް ވަނީ ނިންމާފައެވެ. އަދި 1 އަހަރު ދުވަހަށް ފަހު ވެސް ޕާޓީގެ މެމްބަރުކަމަށް ވުމަށް އެދޭ ފޯމާއި އެކު މުޅިން އަލަށް ވަންނަ 100 މެމްބަރުންގެ ފޯމާއި އެކުގައި ކަމަށް ވަނީ ޝަރުތުކޮށްފައެވެ. އަދި އޭނާ އަށް 16 މޭއި 2023 އިން ފެށިގެން ޕާޓީގެ އެތެރޭގެ އެއްވެސް މަޤާމަކަށް ކުރިމަތި ނުލެވުމާއި، ޕާޓީގެ އެއްވެސް ޕްރައިމަރީ އެއްގައި ބައިވެރި ނުވެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި

27 ފެބުރުއަރީ 2017
އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
20 ފެބުރުއަރީ 2017

ގަދަ ބާރުން ބަޑިޖައްސާއިގެން ވެރިކަމެއް ނުކުރެވޭނެ: އާޒިމް

20 ފެބުރުއަރީ 2017
ގަދަ ބާރުން ބަޑިޖައްސާއިގެން ވެރިކަމެއް ނުކުރެވޭނެ: އާޒިމް
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް