Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފިއޮންޓި އެކެޑަމީ

ނެޓްބޯޅައަށް ޚާއްޞަ ފިއޮންޓި އެކެޑަމީ

އެކެޑަމީ ރަޖިސްޓްރީ ކުރީ 2011 ވަނަ އަހަރު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 16 މެއި 2023 | އަންގާރަ 03:06
ފިއޮންޓި އެކެޑަމީ ފެސްޓިވަލްގެ ތެރެއިން

ފިއޮންޓި އެކެޑަމީ ފެސްޓިވަލްގެ ތެރެއިން

ކުޅިވަރުގައި އައިޝަތު ނާޒިމާގެ ނަމަކީ އެއްވަނާގެ ނަމެކެވެ. ވޮލީބޯޅައިން ބޮޑަށް ފާހަގަކުރެވުނަސް ބާސްކެޓްބޯޅައާއި ނެޓްބޯޅައިގައިވެސް އެއީ އެއްވަނާގެ ކުޅުންތެރިއެކެވެ. އެކަމަކު މިއަދު އޭނާ މަސައްކަތް އެކުރަނީ ކުޅުންތެރިއެއްގެ ޖަރޒީ ބާލާ ކޯޗެއްގެ ގޮތުގައެވެ. ވަކިން ޚާއްޞަކޮށް ހުނަރުވެރި ނެޓްބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމުގެ މަސައްކަތުގައެވެ. އެމަސައްކަތުގައި ނާޒިމާގެ "ފިއޮންޓި" އަކީ މަޤްބޫލް ނަމެކެވެ.

2011 ވަނަ އަހަރު އެކެޑަމީ ވުޖޫދަށް ގެނައީ 75 ވަރަކަށް ކުދިންނާއެކުއެވެ. ނާޒިމާގެ އިތުރުން ހުރީ އެންމެ ކޯޗެކެވެ. އެކަމަކު އެކެޑަމީއަށް ބެލެނިވެރިންނާއި, ދަރިވަރުންގެ އިތުބާރު ލިބިފައިވާ ކަމުގެ ހެއްކަކީ މިއަދު 300 އަށްވުރެ ގިނަ ދަރިވަރުން އެ އެކެޑަމީން ތަމްރީނުވަމުން ދިއުމެވެ. ނާޒިމާގެ އިތުރުން ބިދޭސީ ތިން ކޯޗުން ކުޅުންތެރިންނަށް އިރުޝާދު ދިނުމުގައި މަސައްކަތް ކުރުމެވެ. އެކޯޗުންނަކީ ސްރީލަންކާއިން ރަނގަޅު ތަމްރީނުތައް ހޯދާފައިވާ ކޯޗުންނެވެ.

ކުޅިވަރު ކުޅުންތެރިއެއްގެ ގޮތުގައި ކުރިތަޖުރިބާއާއި, ހޯދި ކާމިޔާބީތަކުގެ އަލީގައި ނާޒިމާ ބޭނުންވާ އަބަދުވެސް ކުޅިވަރުގެ ދަނޑުގައި މަސައްކަތްކުރާށެވެ. އެކަމަށް ކުރަން އޮތް އެންމެ މުހިއްމު މަސައްކަތެއްކަމުގައި ދެކުނީ ޒުވާން ކުޅުންތެރިންތަކެއް އުފެއްދުމެވެ. ކުރިމަގަށް ރަނގަޅު ޖީލެއް ބިނާކުރުމެވެ. އެމަސައްކަތް ފަށަން ޖެހެނީ ކުދިންގެ ޅަ އުމުރުގައިކަން ހުރިހާ ކޯޗުންވެސް ޤަބޫލުކުރެއެވެ. އެކަމަކު ސުވާލަކީ ގިނަ ކުޅިވަރުތަކެއްގެ ޗެމްޕިއަނެއް ނެޓްބޯޅައަށް ޚާއްޞަ އެކެޑަމީއެއް ފެށީ ކީއްވެތޯއެވެ.

ނެޓްބޯޅައަށް ޚާއްޞަ ސަމާލުކަމެއް ދިނަސް ފިއޮންޓި އެކެޑަމީން މިހާރު ވަނީ ފުޓްބޯޅައިގެ ތެރެއަށް ވަދެފައެވެ. އެމަސައްކަތް ކުރަނީ ނާޒިމާގެ ފިރިމީހާ އަދި ޕްރޯ ލައިސެންސް ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

މިއަދު ނާޒިމާއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބެލެނިވެރިންނާއި ދަރިވަރުންގެ އިތުބާރު ލިބުމެވެ. ސްކޫލްތަކުންވެސް އެއްބާރުލުން ލިބުމެވެ. ނެޓްބޯޅަ ކޯޓްތައް މަދުވުމުން ހުރި ގޮންޖެހުންތައް ހައްލުކުރުމުގައިވެސް ސްކޫލްތަކުގެ އެއްބާރުލުން ބޮޑެވެ. ކުރިމަގަށް, ޤައުމީ ޓީމަށް ރަނގަޅު ކުޅުންތެރިންތަކެއް އުފެއްދުމުގެ ބޮޑު އަމާޒެއް އޮތަސް މިވަގުތަށް ކުރު މުސްތަޤްބަލްގެ އަމާޒުތަކެއްވެސް އެކެޑަމީގައި އެބައޮތެވެ.

އެކެޑަމީގައި ގިނަ ދުވަސްވީ ކުދިންނަކީ މިއަދު އިންޓަރ ސްކޫލް މުބާރާތްތަކުގައި އެސްކޫލްތަކުގެ ކެޕްޓަނުންނެވެ. އެކެޑަމީން ބިންގާ އަޅާ މިއަދު ކުރިއެރުންތައް ހޯދާފައިވާ އުއްމީދީ ކުޅުންތެރިންނެވެ.

އެކެޑަމީން އެންމެފަހުން ކުރިއަށް ގެންދިޔައީ ނެޓްބޯޅަ ފެސްޓިވަލެވެ. އެކެޑަމީގެ ހުރިހާ ދަރުވަރުންނަށް އެކެޑަމީގެ ސްކޫލްތަކުގެ ދަރިވަރުން ޓީމްތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ފެސްޓިވަލްގައި ހުރިހާ ކުދިންނަށްވެސް ފުރުޞަތު ދިނެވެ. އެކެޑަމީގެ އަމާޒަކީ އަހަރަކު ދެ ފެސްޓިވަލް ބޭއްވުމެވެ. އޭގެއިތުރުން މުބާރާތްތަކެއްވެސް ބޭއްވުމެވެ.

ޔޫތް ޑިވެލޮޕްމަންޓަށް ޚާއްޞަ އެކެޑަމީން އަންނަނީ ބައެއް ރެކްރިއޭޝަން މުބާރާތްތަކުގައިވެސް ވާދަކުރަމުންނެވެ. އޭގެތެރޭގައި ތްރީ އޮން ތްރީ ބާސްކެޓާއި, ބީޗް ވޮލީބޯޅައާއި ނެޓްބޯޅަ ވެސް ހިމެނެއެވެ. އެމުބާރާތްތަކުން ކާމިޔާބީތައްވެސް ހޯދިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުއްޗުގެ ފަރާތުން ރައީސަށް ޚާއްޞަ ޖަރޒީއެއް، "އިބޫ 23"

އުއްޗުގެ ފަރާތުން ރައީސަށް ޚާއްޞަ ޖަރޒީއެއް، "އިބޫ 23"

31 މާރިޗު 2023
އަލިފުށީގެ ހުނަރުވެރިކަމާއި ފަންނުވެރިކަން: ރައީސްއަށް މަރުހަބާ ދެންނެވީ ޚާއްޞަ ޔޮޓެއްގައި

އަލިފުށީގެ ހުނަރުވެރިކަމާއި ފަންނުވެރިކަން: ރައީސްއަށް މަރުހަބާ ދެންނެވީ ޚާއްޞަ ޔޮޓެއްގައި

06 ޖެނުއަރީ 2023
ރަސްދޫ ފުޓުބޯޅަ އަދި ހޭންޑްބޯޅަ އެކެޑަމީ: ކުރިމަގުގައި މޮޅު ކުޅުންތެރިން އުފެދޭނެ ކަމުގެ އުންމީދު ބޮޑު

ރަސްދޫ ފުޓުބޯޅަ އަދި ހޭންޑްބޯޅަ އެކެޑަމީ: ކުރިމަގުގައި މޮޅު ކުޅުންތެރިން އުފެދޭނެ ކަމުގެ އުންމީދު ބޮޑު

03 ޖެނުއަރީ 2023

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު