Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއާއި ސައޫދީން އެއްބަސްވުމެއްގައި ސޮއިކުރުން

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ސައޫދީއާއެކު 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު ސައޫދީގައި ކުރިއަށްދާ އެ ބޭންކުގެ އަހަރީ ބައްދަލުވުމުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 މެއި 2023 | ހޯމަ 18:18
ސައޫދީއާ ރާއްޖެއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސައޫދީއާ ރާއްޖެއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖެއިން ސައޫދީ އަރަބިއްޔާއާއެކު 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މިއެއްބަސްވުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް "އެސްއެމްއީ އިމްޕެކްޓް ފަންޑު" ހެދުމަށް ސައޫދީގެ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއެކު ހެދި އެއްބަސްވުމެއް ކަމަށެވެ. ރާއްޖޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޗެއަރމަން އަދި ރައީސް ޑރ. މުހައްމަދު އަލްޖަސީރުއެވެ.

Advertisement - newsAdvertisement

އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު ސައޫދީގައި ކުރިއަށްދާ އެ ބޭންކުގެ އަހަރީ ބައްދަލުވުމުގައެވެ. ދިވެހި ސަރުކާރުގެ ވަފުދެއް އެ ބައްދަލުވުމުގައި ވަނީ ބައިވެރިވެފައެވެ.

މިއެއްބަސްވުމުގެ ދަށުން، ރާއްޖޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަންޑު ފޯރުކޮށްދޭނީ އެންވަޔަރަންމަންޓަލް، ސޯޝަލް އެންޑް ގަވަރނަންސްގެ އުސޫލާ އެއްގޮތަށްކަން ކަށަވަރުކުރާނެއެވެ. މީގެއިތުރުން އިސްލާމީ ޝަރީއަތާ އެއްގޮތަށް ދެވޭ ފަންޑުކަންވެސް ކަށަވަރުވެގެންދާނެއެވެ.

އެކި ދާއިރާތަކުގެ ވިޔަފާރި ކުރިއެރުވުމަށް މި ފަންޑުން އެހީތެރިވެދޭއިރު، އޭގެތެރޭގައި ހިމެނެނީ ހަލާލު ގެސްޓް ހައުސް ރަށްރަށުގައި ތަރައްގީކުރުމާއި، އޮފީސް ސްޕޭސްގެ ގޮތުގައި ތަންތަން ތަރައްގީކުރުމާއި، ލައިޓް އުފައްދާ ފެކްޓްރީތަކާއި، ސްޓޯރޭޖް ވެއަރހައުސް ތަރައްގީކުރުމެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު