Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނިއުޕޯޓް މައްސަލަ

ސްޓްރާޑާއަށް ބަދަލުގެ ގޮތުގައި 14 މިލިއަން ރުފިޔާ ދިނުމަށް އެ ކުންފުނިން އެދިއްޖެ

އޭސީސީގެ ސިޓީއަކީ މި މައްސަލައިގެ ޚުސޫމާތުގެ ނަތީޖާއަށްވެސް އަސަރެއްކުރުވާނެ ސިޓީއެއް ނޫންކަމަށް އޭޖީ އޮފީހުގެ ވަކީލު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 މެއި 2023 | ހޯމަ 07:46
ނިއުޕޯޓް މައްސަލައިގެ ޝަރީއަތް

ނިއުޕޯޓް މައްސަލައިގެ ޝަރީއަތް

ބްރިޖް ވިއު ޕްލެޓްފޯރމް ސަރަހައްދުގައި ސްޓްރާޑާ ކުންފުނިން ހުޅުވާފައިވާ ނިއުޕޯރޓް ވިއު ހުސްކުރުމަށް ސަރުކާރުން އެންގިއިރު، ސްޓްރާޑާއަށް ބަދަލުގައި ދޭން އޭރު އެއްބަސްވި 14 މިލިއަން ދިނުމަށް އެ ކުންފުނިން އެދިއްޖެއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 17 ނޮވެމްބަރު 2022 ގައެވެ. އޭގެ ފަހުން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާއިރު، ހޯމަ ދުވަހުގެ އަޑުއެހުމަކީ އެ ސިޓީއާ ގުޅިގެން ބޭއްވި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

ދައުލަތަށް އެތަން ނެގުމުގެ މަޝްވަރާތައް ކުރިއަށް ދިޔައިރު ދެ ފަރާތުން މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، ބަދަލުގެ ގޮތުގައި ސްޓްރާޑާއަށް 14 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެސް ވެފައި އޮތްކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އޭރު އޭސީސީއަށް ހުށައެެޅުނު މައްސަލައަކާ ގުޅިގެން އެ ފައިސާ ދިނުމުގެ ކަންކަން އޮތީ މަޑުޖައްސާލާފައެވެ.

މިނިސްޓްރީން ފަހުން ވަނީ ސްޓްރާޑާއަށް ސިޓީއެއްވެސް ފޮނުވާފައެވެ. އެގޮތުން ސިޓީގައި މިިނިސްޓްރީން ބުނެފައިވަނީ އެ ކުންފުންޏަށް ދޭން ނިންމާފައިވާ 14 މިލިއަން ރުފިޔާއަކީ ބަދަލުގައި ދޭން ޖެހޭ ފައިސާކަމަށް ނުފެންނަކަމަށް އޭސީސީންވެސް އަންގާފައިވާ ކަމަށެވެ.

އޭގެ އިތުރުން، 2018 ވަނަ އަހަރުގެ ޑިސެމްބަރާއި، ޖެހިގެން އައި ޖެނުއަރީ އަދި ފެބްރުއަރީ މަހުގެ ކުލި ދައްކާފައިނުވާކަމަށާއި، އެ ކުއްޔަށް ޖެހޭ 1.1 މިލިއަން ރުފިޔާ ދެއްކުމަށް އަންގައިވެސް މިނިސްްޓްރީން ވަނީ ކުންފުންޏަށް ސިޓީއެއް ފޮނުވާފައެވެ.

ސްޓްރާޑާއިން ބުނާ ގޮތުގައި ކުލީގެ ގޮތުގައި ދައްކަން ޖެހޭ 1.1 މިލިއަން ރުފިޔާ ނުދެއްކި ލަސްވެގެން ދިޔައީ ކުންފުންޏަށް ލިބެންޖެހޭ 14 މިލިއަން ރުފިޔާގެ ބަދަލު ލިބުން ލަސްވެގެން ދިއުމުގެ ސަބަބުންނެވެ.

އެހެންނަމަވެސް އޭސީސީއަށް ހުށައެޅިފައިވާ މައްސަލަ ނިމިގެންދިޔައިރު، ސްޓްރާޑާގެ މައްޗަށް ކޮރަޕްޝަންގެ ކުށުގެ ދައުވާ ކުރެވޭވަރަށް އެކަށީގެންވާ ހެކި ލިބިފައިނުވާ ކަމަށާއި، އޭސީސީން އެކަން ކުންފުންޏަށްވެސް އެންގިކަމަށް ކުންފުނިން ބުނެއެވެ. ވުމާއެކު، ބަދަލުގައި ދޭން އޭރު އެއްބަސްވި 14 މިލިއަން ދިނުމަށް ދައުލަތަށް މިހާރު ހުރަހެއް އޮވެގެން ނުވާނެކަމަށް ކުންފުނީގެ ވަކީލު ވިދާޅުވިއެވެ.

އޭސީސީން އެ މައްސަލަ ނިންމީ ކަމާ ގުޅުންހުރި ފަރާތްތައް ހާޒިރުކޮށް ތަހުގީގުވެސް ކޮށްފައިކަމަށް ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވަމުން އޭޖީ އޮފީހުގެ ވަކީލު ވިދާޅުވީ، ފައިސާ ދޭން ނުޖެހޭކަމަށް ދައުލަތުން ނިންމި ނިންމުމަކީ އޭސީސީގެ ސިޓީއާއި ގުޅިގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ. ސްޓްރާޑާއަށް އިތުރު ބަދަލެއް ދޭން ޖެހޭކަމަށް ޤާބޫލު ނުކުރެވެކަމަށާއި، އޭސީީސީގެ އެ ތަހުގީގު ނިމިގެންދާ ގޮތަކުން މި މައްސަލައަށް އަސަރު ނުކުރާނެކަމަށް އޭރުވެސް ވިދާޅުވެފައިވާނެކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

އޭސީސީގެ ސިޓީއަކީ މި މައްސަލައިގެ ޚުސޫމާތުގެ ނަތީޖާއަށްވެސް އަސަރެއްކުރުވާނެ ސިޓީއެއް ނޫންކަމަށް އޭޖީ އޮފީހުގެ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، ބަދަލުގެ ގޮތުގައި 14 މިލިއަން ރުފިޔާ ދޭން ޖެހޭ ގޮތެއް ކުންފުނިން ބުނެދޭން ޖެހޭނެކަމަށްވެސް އޭޖީ އޮފީހުގެ ވަކީލު ވިދާޅުވިއެވެ.

ފަނޑިޔާރުން ވަނީ މި މައްސަލައާ ގުޅިގެން ބައެއް ކަންކަން ސާފުކޮށްދިނުމަށް ދައުލަތުގެ ކިބައިން އެދިފައެވެ. އަދި މި މައްސަލައިގައި އިތުރު އަޑުއެހުމެއް ބާއްވަން ޖެހޭނަމަ ބާއްވަވާނެކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމްއެވެ.

ނިއުޕޯރޓް ހިންގަމުންދާ ބިން ހުސްކުރުމުގެ މައްސަލައިގައި އެތަން ހުސްކުރުމަށް ސިވިލް ކޯޓުން 26 ސެޕްޓެމްބަރު 2019ގައި އިއްވާފައިވާ ހުކުމާ އެއްގޮތަށް ތަން ހިންގަމުންދާ ސްޓްރާޑާ ކުންފުނިން އަމަލުކޮށްފައިނުވާ ކަމަށް ބުނެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކޯޓަށް މައްސަލައެއްވެސް ހުށައެޅިއެވެ.

ނިއުޕޯރޓް ވިއުގެ މައްސަލާގައި 1.1 މިލިއަން ރުފިޔާ ހަވާލު ކުރަން ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅުމުން, ހައިކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހި, ނުދައްކާ ވާ ފައިސާ އާއި މިޡްލީ ބަދަލާއެކު ޖުމްލަ އެއް މިލިއަން އެއް ލައްކަ ސާޅީސް ނުވަ ހާސް ދުއިސައްތަ ހަތްދިހަ އެއް ރުފިޔާ އަކީ ޕްލޭނިންގ މިނިސްޓްރީއަށް ސްޓްރާޑާ ކުންފުނިން ދައްކަން ޖެހި, ނުދައްކާ ވާ ފައިސާ ކަމަށެވެ.

އަދި ބިން ހަވާލުކުރާ ދުވަހާ ހަމައަށް މިޡްލީ ބަދެއްގެ ގޮތުގައި, އިތުރަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާގެ ފައިސާ 11 އޮކްޓޯބަރު  2021 ން ފެށިގެން 30 ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކާ ޚަލާޞް ކުރަންޖެހޭނެ ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ނިއުޕޯރޓް ހިންގާ ސްޓާރާޑާ ޕްރައިވެޓް ލިިމިޓެޑަށް ޕްލެޓްފޯމް ސަރަހައްދު ދޫކުރީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމެއް ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނީ ޕްލެޓްފޯމާއި ރެސްޓޯރަންޓާއި ކުޑަކުދިން ކުޅޭނެ ސަރަހަދެއްގެ އިތުރުން ޕާކިން ޒޯން ހަދާގޮތަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު