Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝާހިދު ޖަޕާނަށް ވަޑައިގެންނެވުން

ރަސްމީ ދަތުރުފުޅެއްގައި ޝާހިދު ޖަޕާނަށް!

15 މެއި 2023 | ހޯމަ 04:41

މިހާރު ކުރިއަށްދާ މިއުނިކް ލީޑަރސް މީޓިންގައި ބައިވެރިވެވަޑައިގަންވަނާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 15 މެއި 2023 | ހޯމަ 04:41
ޝާހިދު ޖަޕާނަށް ވަޑައިގެންނެވުން

ޝާހިދު ޖަޕާނަށް ވަޑައިގެންނެވުން

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޖަޕާނަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ހޯމަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ ޖަޕާނުގެ ޓޯކްޔޯއަށް ވަޑައިގެންފައެވެ. ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ މި ދަތުރުފުޅުގައި މިމަހުގެ 14ން 16ށް ކުރިއަށްދާ މިއުނިކް ލީޑަރސް މީޓިންގައި ބައިވެރިވެވަޑައިގަންވަނާނެ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޖަޕާނުގެ ފޮރިން މިނިސްޓަރ ހަޔާޝީ ޔޮޝިމާސާއާއި އަދި މިއުނިކް ލީޑަރސް މީޓިންގައި ބައިވެރިވެވަޑައިގަންނަވާ އެހެން މިނިސްޓަރުންނާ ބައްދަލުކުރައްވާނެ ކަަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

މިއުނިކް ލީޑަރސް މީޓިންއަކީ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މީޓިންއެކެވެ. މިއީ 24 ގަޑިއިރަށް "އޮފް ދަ ރެކޯޑު"ގައި ކުރިއަށްދާ ބައްދަލުވުމެކެވެ. މި ބައްދަލުވުން ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދެއެވެ.

މިއީ ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، މިނިސްޓަރުންނާއި، މަޖިލިސް މެމްބަރުންނާއި، ސިވިލް ސޮސައިޓީ ރެޕްރެޒެންޓޭޓިވުންގެ އިތުރުން ކުންފުނިތަކުގެ ސީއީއޯއިންނާއ، ޕްރައިވެޓް ސެކްޓަރއިން މަތީ ފަންތީގެ ރެޕްރެޒެންޓޭޓިވުންނާއި، ނަން މަޝްހޫރު ނޫސްވެރިން ބައިވެރިވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އިންޓަރނޭޝަނަލް ސެކިއުރިޓީ ޕޮލިސީއާއި، ސަރަހައްދީގޮތުން ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

މިހާރު ޓޯކްޔޯގައި ކުރިއަށްދާ މިއުނިކް ލީޑަރސް މީޓިންއަކީ ޖަޕާން ސަރުކާރާ ގުޅިގެން ކުރިއަށްދާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވާއިރު މިނިސްޓަރ ޝާހިދުގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލާއި، ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
21 ފެބުރުއަރީ 2017

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި
16 ފެބުރުއަރީ 2017

ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި

16 ފެބުރުއަރީ 2017
ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް