Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްޓީސީސީ

އެމްޓީސީސީގެ މަސައްކަތުން ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ބޭރުވިޔަނުދީ ހިފެހެއްޓިއްޖެ

އެމްޓީސީސީން އެކި މަރުހަލާތަކުގައި 140 ޕްރޮޖެކްޓު ހިންގަމުންދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 15 މެއި 2023 | ހޯމަ 03:29
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މަސައްކަތުން ގާތްގަނޑަކަށް 150 މިލިއަން ޑޮލަރުން ރާއްޖެއިން ބޭރުވިޔަނުދީ ހިފެހެއްޓިފައިވާނެ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. އާޒިމް ވިދާޅުވީ މި ސަރުކާރު ހަވާލުވުމުގެ ކުރިން އެމްޓީސީސީން އެއްފަހަރާ ހިންގަމުން ގޮސްފައިވަނީ ގާތްގަނޑަކަށް 25 ވަރަކަށް ޕްރޮޖެކްޓު ކަމަށެވެ. އޭރު ރާއްޖޭގައި ހިންގި ބާކީ ޕްރޮޖެކްޓުތަކަކީ ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންގޮސްފައިވާ ޕްރޮޖެކްޓުތައް ކަމަށާއި، މީގެ ސަބަބުން ބޭރު ފައިސާ ރާއްޖެއިން ބޭރުވި މިންވަރު އިތުރުވި ކަމަށް އާޒިމް ވިދާޅުވިއެވެ.

އެހެންނަމަވެސް މި ސަރުކާރު ހަވާލުވެ. އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކޮށް ކުރި މަސައްކަތުން މިއަދު އެކުންފުނިން އެކި މަރުހަލާތަކުގައި 140 ޕްރޮޖެކްޓު ހިންގަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން އަންދާޒާތަކަށް ބަލާއިރު ހަމައެކަނި އެމްޓީސީސީގެ މަސައްކަތްތަކުން ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ރާއްޖޭގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ކުންފުނީގެ ކެޕޭސިޓީ އަދިވެސް އިތުރުކުރަންޖެހޭ ކަމަށެވެ.

ފާއިތުވި އަހަރުވެސް އެމްޓީސީސީއަށް ވަނީ ބޮޑު އާމްދަނީއެއް ލިބިފައެވެ. މިގޮތުން 2.47 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މިއީ އެކުންފުނީގެ ތާރީޚުގައިވެސް ލިބުނު އެންމެ ބޮޑު އާމްދަނީ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ. 2021 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.9 ބިލިއަން ރުފިޔާއެވެ.

ރިޕޯޓު ދައްކާ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް އެ ކުންފުންޏަށް ލިބިފައިވަނީ ކޮންޓްރެކްޓިންގ އެންޑް ޑްރެޖިންގެ ދާއިރާއިންނެވެ. އެ ދާއިރާއިން އެކަނިވެސް ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެ ދާއިރާގެ އިތުރުން ޓްރޭޑިންގ އިން 297 މިލިއަން ރުފިޔާ ލިބުނުއިރު ޓްރާންސްޕޯޓުން 110 މިލިއަން ރުފިޔާ އަދި އިތުރު ވިޔަފާރިތަކުން 24 މިލިއަން ރުފިޔާ ވަނީ ލިބިފައެެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ އާމްދަނީ ރެކޯޑު އަދަދަކަށް އަރާފައިވާއިރު މިދިޔަ އަހަރު އެ ކުންފުނީގެ ހިންގުމުގެ ފައިދާ ވެސް ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން، 2021 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 319 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ލިބިފައިވަނީ 324 މިލިއަން ރުފިޔާއެވެ. މިއީ ގާތްގަނޑަކަށް 1.5 އިންސައްތައިގެ ކުރިއެރުމެކެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި

02 މާރިޗު 2017
ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި
14 ފެބުރުއަރީ 2017

ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ. ހަދިޔާކޮށްފި

14 ފެބުރުއަރީ 2017
ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ.  ހަދިޔާކޮށްފި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު