Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގް

ބާސެލޯނާ ތަށި ހޯދުމުން ސަޕޯޓަރުން ދަނޑަށް އަރައި އުފާފާޅުކުރުން ހުއްޓުވައިފި

15 މެއި 2023 | ހޯމަ 02:52

މިއީ ބާސެލޯނާއިން ލީގު ކާމިޔާބުކުރި 27 ވަނަ ފަހަރު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 15 މެއި 2023 | ހޯމަ 02:52
ބާސެލޯނާގެ ފޯވަޑް ލެވޮންޑޯސްކީ ގޯލް ޖަހާފައި އުފާ ފާޅުކުރަނީ

ބާސެލޯނާގެ ފޯވަޑް ލެވޮންޑޯސްކީ ގޯލް ޖަހާފައި އުފާ ފާޅުކުރަނީ

ވާދަވެރި އެސްޕަނިޔޯލް 4-2އިން ބަލިކޮށް ބާސެލޯނާއިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ލީގުގައި ބާކީހަތަރު މެޗު އޮއްވައި ބާސެލޯނާ އަށް ތަށި ޔަގީންވީ 34 މެޗުން 85 ޕޮއިންޓް ލިބިގެންނެވެ. ދެ ވަނާގައިވާ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބިފައިވަނީ 34 މެޗުން 71 ޕޮއިންޓެވެ މިހެންވެ ބާކީ ހުރީހާ މެޗަކުން ބާސެލޯނާ ބަލިވެ، ރެއާލް މޮޅުވިޔަސް ކުރި ލިބޭނީ ބާސެލޯނާ އަށެވެ. މިއީ ބާސެލޯނާއިން ލީގު ކާމިޔާބުކުރި 27 ވަނަ ފަހަރެވެ. އަދި މިއީ 219 ވަނަ އަހަރުގެ ފަހުން ބާސެލޯނާ ލީގު ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

އެސްޕަނިޔޯލް އާއި ބާސެލޯނާ އަކީ އެއް ސަހަރަކަށް ނިސްބަތްވާ ވަރަށް ވާދަވެރި ދެ ޓީމެވެ. މިހެންވެ މެޗަށް ފަހު އެސްޕަނިޔޯލްގެ ދަނޑުގައި ބާސެލޯނާ ކުޅުންތެރިން އުފާ ފާޅުކުރަން ފެށުމުން އެކަން އެ ޓީމުގެ ސަޕޯޓަރުން ދަނޑަށް އަރައި ހުއްޓުވި އެވެ. ސަޕޯޓަރުން ދަނޑަށް އެރުމާއެކު ސެކިއުރިޓީންގެ އެހީގައި ބާސެލޯނާގެ ކުޅުންތެރިން އަވަހަށް ޗޭންޖިން ރޫމަށް ގެންދިޔަ އެވެ. އަދި ސަޕޯޓަރުން ދަނޑުން ބާލައި ސްޓޭޑިއަމް ހުސްކުރަން ސެކިއުރިޓީން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހުނެވެ.

މި މެޗުގައި ބާސެލޯނާ އަށް ޕޮލެންޑްގެ ކެޕްޓަން ރޮބަޓް ލެވޮންޑޯސްކީ ދެ ގޯލު ޖަހައިދިނެވެ. މިއާއެކު މި ސީޒަނުގައި އޭނާ ޖެހިގޯލުގެ އަދަދު ވަނީ 30 ފަހަނައަޅައި ގޮސްފަ އެވެ. އަނެއް ދެ ގޯލު ޖެހީ އެލެކްސް ބަލްޑޭ އާއި ހޫލްސް ކޫންޑޭ އެވެ.

މިއީ ކުރީގެ ކެޕްޓަން ޒަވީ ހަނާންޑޭޒް ހަވާލުވި ފަހުން ބާސެލޯނާ ލީގު ޗެމްޕިއަންކަންހޯދި ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަނުގެ މެދުތެރެއިން ޓީމާ ހަވާލުވުމަށްފަހު އޭނާ ވަނީ މިސީޒަނުގެ ސްޕެނިޝް ސުޕަކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

މެޗަށް ފަހު ޒަވީ ބުނީ ތަށި ލިބުނީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށާއި ކުޅުންތެރިންނާއި ސަޕޯޓަރުންނާއި މެނޭޖްމަންޓަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

01 މާރިޗު 2017

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
27 ފެބުރުއަރީ 2017

މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި

27 ފެބުރުއަރީ 2017
މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް