Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޮސްޕިޓަލު ތަރައްގީކުރުން

ރައީސް ވިދާޅުވި ގޮތަށް 7 ރަށެއްގައި ހޮސްޕިޓަލު އެޅުމަށް މާދަމާ ބަޔަކާއި ހަވާލުކުރަނީ

މިއިން ކޮންމެ ހޮސްޕިޓަލެއްގައި 30 އެނދާއެކު އިތުރު ޚިދުމަތްތައް ލިބެން ހުންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 މެއި 2023 | އާދީއްތަ 09:48
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތް - މިއީވެސް ސަރުކާރުން ތަރައްގީކުރި ތަނެއް

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތް - މިއީވެސް ސަރުކާރުން ތަރައްގީކުރި ތަނެއް

7 އަތޮޅެއްގެ 7 ރަށެއްގައި ކުވައިތު ފަންޑުގެ އެހީގައި އެޅުމަށް ނިންމާފައިވާ 7 ހޮސްޕިޓަލްގެ މަސައްކަތް މާދަމާ ބަޔަކާ ހަވާލުކުރަން ނިންމައިފިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ރައީސް ވިދާޅުވެފައިވަނީ 7 އަތޮޅެއްގެ 7 ރަށެއްގައި ކުވައިތު ފަންޑުގެ އެހީގައި އެޅުމަށް ނިންމާފައިވާ 7 ހޮސްޕިޓަލްގެ ބިޑް މަރުޙަލާ ނިމި، މަސައްކަތްކުރާނެ ބަޔަކު ހޮވި ކުރިއަށް އޮތް ހަފްތާތެރޭގައި އެމަސައްކަތްތައް ކުންފުނިތަކާ ހަވާލުކުރާނެކަމަށެވެ.

Advertisement - newsAdvertisement

ކުވައިތު ފަންޑުގެ އެހީގައި ހޮސްޕިޓަލްތައް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ.ވިލުފުށީގައެވެ. ހެލްތު މިނިސްޓްރީން ބުނީ މި 7 ރަށުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ ހޮސްޕިޓަލްތަކުގެ އެއްބަސްވުންތަކުގައި ހޯމަ ދުވަހު ސޮއިކުރާނެ ކަމަށެވެ.

މިއިން ކޮންމެ ހޮސްޕިޓަލެއްގައި 30 އެނދާއެކު އިތުރު ޚިދުމަތްތައް ލިބެން ހުންނާނެއެވެ. މިއީ ކުވެއިތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން އިމާރާތްކުރާ ހޮސްޕިޓަލުތަކެކެވެ. މި ހަތް ރަށުގައި ހޮސްޕިޓަލް އަޅާނެ ފަރާތެއް ހޯދުމަށް ސަރުކާރުން އިއުލާންކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން މިސަރުކާރުން އަންނަނީ 30 އެނދުގެ ހޮސްޕިޓަލްތަކާއި 50 އެނދުގެ ހޮސްޕިޓަލްތަކުގެ އިތުރުން 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ މަސައްކަތްކުރަމުންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު