Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތޫފާން މޯޗާ

ބަންގްލަދޭޝް އަށް ބާރުގަދަ ތޫފާނެއް އަރަން އުޅޭތީ ބައިމިލިއަނެއްހާ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަން ފަށައިފި

ބަންގްލަދޭޝްގައި އޮންނަ ކޮކްސް ބާޒާރަކީ ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑު ރެފުޖީ ކޭމްޕަށް ވާއިރު ތޫފާނުގެ ސަބަބުން އެ ސަރަހައްދަށް ގެއްލުންތައް ލިބޭނެ ކަމަށް ދަނީ ބެލެވެމުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 13 މެއި 2023 | ހޮނިހިރު 17:09
ބަންގްލަދޭޝް އަށް މޫސުން ގޯސްވުން

ބަންގްލަދޭޝް އަށް މޫސުން ގޯސްވުން

ވަރަށް ބާރުގަދަ، ގެއްލުން ބޮޑު ތޫފާނެއްކަމަށްވާ ސައިކްލޯން މޯޗާ ބަންގްލަދޭޝްގެ އިރުދެކުނުގެ ހިސާބުތަކަށް އަރާނެ ކަމަށް ބަލައި، އެ ހިސާބުގައި ދިރިއުޅޭ ބައިމިލިއަނެއްހާ މީހުން އެހެން ހިސާބުތަކަށް ގެންދިޔުމުގެ މަސައްކަތް އެ ޤައުމުގެ ސަރުކާރުން ފަށައިފި އެވެ.

ތޫފާން އަރާނެ ކަމަށް ލަފާކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. މި ތޫފާނުގައި ގަޑިއަކު 170 ކިލޯމީޓަރުގެ ބާރު މިނުގައި ވައިޖެހި، ކަނޑުގެ ބާނި އުފުލި، 12 ވަރަކަށް ފޫޓުގެ އުސް ރާޅުތައް އުފެދޭނެ ކަމަށް ކަމާބޭހޭ އިދާރާތަކުން އަންދާޒާކޮށްފައިވެއެވެ.

ބަންގްލަދޭޝްގައި އޮންނަ ކޮކްސް ބާޒާރަކީ ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑު ރެފުޖީ ކޭމްޕަށްވާއިރު ތޫފާނުގެ ސަބަބުން އެ ސަރަހައްދަށް ގެއްލުންތައް ލިބޭނެ ކަމަށް ދަނީ ބެލެވެމުންނެވެ. ހޮނިހިރު ދުވަހުން ފެށިގެން އެ ހިސާބަށް ވާރޭވެހެން ފަށާފައިވާ ކަމަށާއި އަންނަން އުޅޭ ތޫފާނުގެ އިންޒާރު ދީ މުޅި އެ ހިސާބުގައި ރަތް ދިދަތައް ނަގާފައިވާ ކަމަށް ވެސް ޚަބަރު ލިބެއެވެ.

ތޫފާން މޯޗާ ވެގެން ދާނީ ފާއިތުވި ވިއްސަކަށް އަހަރުތެރޭގައި ވެސް ބަންގްލޭޝްއަށް އަރާ އެންމެ ބާރުގަދަ އަދި ނުރައްކާތެރި ތޫފާނަށް ކަމަށް ވެއެވެ. ތޫފާނުގެ މިސްރާބު ހޮނިހިރު ދުވަހުގެ އިރުއޮއްސުނުއިރު ބަންގްލަދޭޝް އަދި މިޔަންމާގެ އައްސޭރި ފަށާ ދިމާލަށް ހުރި އިރު، ކައިރި ހިސާބުތަކުގެ އެއާޕޯޓުތައް ބަންދުކޮށް މަސްވެރިން އެއްގަމަށް ގެނުވާ، އަދި 1،500 އެއްހާ ވަގުތީ ހިޔާ ގާއިމުކޮށް މީހުން ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އަވަށްޓެރި މިޔަންމާއިން ހިޖުރަކޮށްފައިވާ މިލިއަނެއްހާ ރޮހިންޔާ މުސްލިމުން ކޮކްސް ބާޒާރު ކިޔާ ރެފިއުޖީ ކޭމްޕުގައި، ދަނޑިއާއި އޮނު އަދި ސަތަރިފަދަ އެއްޗެހިން ހަދާފައިވާ ބަލިބަލި ގެތަކުގައި އުޅެމުންދާއިރު، ތޫފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވެމުން ދަނީ އެ ހިސާބުތަކަށެވެ. މި ތޫފާނުގައި ބޯވާރޭއާއެކު ގަދަވައި ޖެހޭނެ ކަމަށް ފޯކާސްޓުކޮށްފައިވާތީ މިކަމަށް ތައްޔާރުވަމުންދާކަމަށް އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ. އަދި އެންމެ އިސްކަމެއް ދޭނީ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކަމަށް ވެސް ބުނެފައިވެއެވެ.

އަވަށްޓެރި މިޔަންމާއަށް ވެސް ހުކުރު ދުވަހުން ފެށިގެން މޫސުން ވަރަށް ގޯސްވެފައިވާއިރު ގިނަ ބަޔަކު ރައްކާތެރި ޝެލްޓަރުތަކަށް ދަތުރު ކުރަމުންދާކަމަށް ޚަބަރު ލިބެއެވެ. މިޔަންމާގެ ގޭސް އަޅާ ތަންތަން ވެސް ހޮނިހިރު ދުވަހު ބަންދުކޮށްފައިވުމުން ކާރުތަކުގައި ދުރަށް ދަތުރުކުރަން ބޭނުންވި މީހުންނަށް ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް

05 ސެޕްޓެމްބަރު 2017
ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭ 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް
16 އޯގަސްޓު 2017

އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި 221 މަރު

16 އޯގަސްޓު 2017
އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި 221 މަރު
04 ޖުލައި 2017

ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ

04 ޖުލައި 2017
ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ
14 ޖޫން 2017

ކިސަޑު ފައިބާ ބަންގްލަދޭޝް ހާސްކޮށްލައިފި

14 ޖޫން 2017
ކިސަޑު ފައިބާ ބަންގްލަދޭޝް ހާސްކޮށްލައިފި
31 މެއި 2017

ކާބުލްގައި ޑިޕްލޮމޭޓުން ތިބޭ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

31 މެއި 2017
 ކާބުލްގައި ޑިޕްލޮމޭޓުން ތިބޭ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި
02 މެއި 2017

ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ

02 މެއި 2017
ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ
27 އެޕްރީލު 2017

ދިމިޝްގް އިންޓަރނޭޝަނަލް އެއާޕޯޓް ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

27 އެޕްރީލު 2017
ދިމިޝްގް އިންޓަރނޭޝަނަލް އެއާޕޯޓް ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި
13 އެޕްރީލު 2017

ބަންގްލަދޭޝްގެ މިސްކިތަކަށް ހަމަލާ ދިން ތިން މީހަކު މަރާލައިފި

13 އެޕްރީލު 2017
ބަންގްލަދޭޝްގެ މިސްކިތަކަށް ހަމަލާ ދިން ތިން މީހަކު މަރާލައިފި
13 ފެބުރުއަރީ 2017

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި
04 ޖެނުއަރީ 2017

ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި

04 ޖެނުއަރީ 2017
ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު