Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސިއްހީ ހިދުމަތް ފުޅާކުރުން

ތަފާތުކުރުމެއް ނެތި ސިއްހީ ޚިދުމަތް އެންމެނަށް!

ރާއްޖޭގެ 5 ސަރަޙައްދެއްގައި ސައިކޭޓްރިކް ޚިދުމަތް މިހާރު ވަނީ ޤާއިމުކުރެވިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 މެއި 2023 | ހުކުރު 17:25
ސިއްހީ ހިދުމަތްތެރިންގެ މުސާތައް މެއި 1 ވަނަ ދުވަހުން ފެށިގެން ވަނީ ބޮޑުކޮށްފަ

ސިއްހީ ހިދުމަތްތެރިންގެ މުސާތައް މެއި 1 ވަނަ ދުވަހުން ފެށިގެން ވަނީ ބޮޑުކޮށްފަ

މީގެ ހައެއްކަ އަހަރު ކުރިޔަށް ޖެހިލާނަމަ އެއިރު ކަންކަން އޮތްގޮތާއި މިއަދު އޮތް ގޮތް ތަފާތެވެ. ހާލަތުވެސް ތަފާތެވެ. އެއިރު ޖެހެނީ ބޮލަށް ތަދުވިޔަސް މާލެއަށް އަންނާށެވެ. ވިހަން ޖެހުނަސް އެ ހާލަތެވެ. އަތްމަތި ދަތިނަމަ ނާދެވެއެވެ. އެހާލުގައި އެތައް ބަޔަކު މަރުވެސްވާން ދިމާވެފައި އެބަ ހުއްޓެވެ. ނަމަވެސް އެކަން ބަދަލުކޮށް މި ސަރުކާރުން ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތަށް އިންގިލާބީ ބަދަލެއް ވަނީ ގެނެސްފައެވެ.

ވަކި ފަރުދެއް ވަކި ރަށެއް ތަފާތުނުކޮށް، އެންމެންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ، އެ މީހަކު ދިރިއުޅޭ ސަރަޙައްދަކުން ފަސޭހަކަމާއެކު ޞިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒެވެ.

އަޅުގަނޑުމެންނަކީ ވަކިވަކި ރަށްތަކެއްގައި ދިރިއުޅޭ ޖަޒީރާވަންތަ ބައެކެވެ. އެއް ރަށުން އަނެއް ރަށަށް އަބަދުވެސް ދަތުރުކުރަންޖެހެއެވެ. އެހެންކަމުން، ދަތުރުފަތުރަށް ހުރަސްއެޅި، ކޯވިޑްގެ ތެރޭގައި ކުރިމަތިވި ފަދަ ފުރަބަންދެއްގައި ތިބެންޖެހިއްޖެ ޙާލަތެއްގައިވެސް، ޞިއްޙީ ޚިދުމަތް ފަސޭހައިން ލިބޭނީ، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ޞިއްޙީ ޚިދުމަތްތައް ފުޅާކުރެވިގެންދިޔައެވެ.

އެކަމަށްޓަކައި ސަރުކާރުން އެކުލަވައިލި ނޭޝަނަލް ސްޕެޝަލް ޕްލޭނާ އެއްގޮތަށް، 5 ދާއިރާއެއްގައި 5 ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަ ގެންދެވެއެވެ. އޭގެ ތެރެއިން ބައެއް ހޮސްޕިޓަލުތަކުގައި ކުރިން ނެތް ވަސީލަތްތައް ޤާއިމުކޮށް ޚިދުމަތްތައް ދޭން މިހާރު ވަނީ ފެށިފައެވެ. އޭގެ ތެރޭގައި ސީ.ޓީ. ސްކޭން، އެމް.އާރް.އައި، މެމޮގްރަފީ އަދި ލެބޯރެޓަރީގެ ޚިދުމަތްތަކާއި އަދި ދަތުގެ ފަރުވާގެ ޚިދުމަތްތައްވެސް މިހާރު ދެވެމުން އެބަދެއެވެ.

އޭގެ އިތުރުން އެކި އަތޮޅުތަކުގައި، އެކި ރަށްރަށުގައި، އަޅުގަނޑުމެން އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެެ. އެގޮތުން 7 އަތޮޅެއްގެ 7 ރަށެއްގައި ކުވައިތު ފަންޑުގެ އެހީގައި އެޅުމަށް ނިންމާފައި އޮތް 7 ހޮސްޕިޓަލްގެ ބިޑިން މަރުޙަލާ ނިމި، މަސައްކަތްކުރާނެ ބަޔަކު ހޮވި، ދެން އޮތީ އެ މަސައްކަތް ކުންފުނިތަކާ ހަވާލުކުރުމުގެ މަގުމަތީއެވެ. އެއީ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ.ވިލުފުށީގެ ހޮސްޕިޓަލްތަކެވެ. މިއިން ކޮންމެ ހޮސްޕިޓަލެއްގައި 30 އެނދާއެކު އިތުރު ޚިދުމަތްތައް ލިބެން ހުންނާނެއެވެ.

ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީއާ އެކު، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ޑިޖިޓަލް އެކްސްރޭ ޤާއިމުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން މިހާރު ކުރަމުން އެބަދެއެވެ.

ޞިއްޙީ ދުޅަހެޔޮކަމާ އެއްވަރަށް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ވަރަށް މުހިންމު އެހެން ދާއިރާއެއްވެސް އަދި އެބަ އޮތެވެ. އެއީ އެތައް އަހަރެން ވަންދެން އިހުމާލުކޮށްލެވިފައި އޮތް، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއެވެ. މިވަގުތު ރާއްޖޭގައި އެންމެ ބޮޑަށް ފުޅާވެ އިތުރުވަމުން އަންނަ ޞިއްޙީ މައްސަލައަކީ މިއީއެވެ.

އެކަމަށް ވިސްނައި، 2019 ވަނަ އަހަރު ސަރުކާރުން ވަނީ، ނަފްސާނީ ފަރުވާ ދޭ މަރުކަޒެއް، އައި.ޖީއެމް.އެޗްގައި ޤާއިމުކޮށްފައެވެ. އަދި ސެންޓްރަލް އެންޑް ރީޖަނަލް މެންޓަލް ހެލްތު ސަރވިސަސް ޑިވެލޮޕްމަންޓް ޕްލޭނުގެ ދަށުން، ރާއްޖޭގެ 5 ސަރަޙައްދެއްގައި ސައިކޭޓްރިކް ޚިދުމަތް މިހާރު ވަނީ ޤާއިމުކުރެވިފައެވެ. މިހާރުވެސް މި ދާއިރާއަށް ޚާއްޞަ އިސްކަމެއްދީގެން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ސަރުކާރުން ގަބޫލުކުރެއެވެ.

ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ތާރީޚުން މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު، ގިނަ ބަޔަކު މަރުވަމުން ދިޔައީ، ގައިން ގަޔަށް އަރާ ބަލިތަކުގައެވެ. ނަމަވެސް މިއަދު އެ މަންޒަރު މުޅިން ބަދަލުވެއްޖެއެވެ. މިހާރު ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގައެވެ. މިއީ، ދިރާސާކޮށް އެކަމުގެ ޙަޤީޤަތް ހޯދައި ބަލަންޖެހިފައިވާ ކަމެކެވެ.

އެކަން ދެނެގަތުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތާއި ޑަބްލިޔޫ.އެޗް.އޯ. ގުޅިގެން ފ. އަތޮޅުގައި މިހާރު ވަނީ ވަރަށް މުހިންމު މަޝްރޫޢެއް ފަށާފައެވެ. ފ. ނިލަންދޫގައި މިހާރު ތަރައްޤީ ކުރަމުން އަންނަ ޕްރައިމަރީ ހެލްތު ކެއަރ ޑެމޮންސްޓްރޭޝަން ސައިޓަކީ، ގައިންގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް މުހިންމު މަސައްކަތްތަކެއް ކުރަން އަމާޒު ހިފާފައިވާ ތަނެކެވެ.

ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަށް އަދިވެސް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެންނަންޖެހެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތް މިހާރަށް ވުރެ އިތުރުކުރުކޮށް ފުޅާކުރުމެވެ. އަދި ޞިއްޙީ ދާއިރާއަށް ވަންނަ މީހުން އެ ވަޒީފާތަކުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އިތުރު ކަންކަން ދެނެގަނެ، އެކަންކަމަށް މަސައްކަތް ކުރުމެވެ.

މިގޮތުން ދާދިފަހުން ސަރުކާރުން ވަނީ ހެލްތު ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފަ އެވެ. އެ ބަދަލުގެ ސަބަބުން، ޞިއްޙީ ޚިދުމަތުގެ ދާއިރާތަކުން ތަޢުލީމު ޙާޞިލުކޮށްގެން ތިބި މަސައްކަތްތެރިންނަށް ވަޒީފާގެ ކުރިއެރުން ހޯދުމަށް މަގު ފަހިވެގެންދާނެއެވެ. އަދި ޞިއްޙީ ދާއިރާއަކީ ކުރިއަށް ދިއުމަށް އެކަށީގެންވާ ފަންނެއްކަމުގެ ޔަޤީންކަން ލިބި، ޞިއްޙީ ޚިދުމަތްތެރިން އެ ވަޒީފާތަކުގައި ތިބުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ހައްތާވެސް އެތައް ކަމެކެވެ. މިހެން ގޮސް ލިސްޓް ހުހެއް ނުވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕޯލާ ބެއާގެ ނަސްލު ނެތިގެންދަނީ، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވަން ޖެހޭ

ޕޯލާ ބެއާގެ ނަސްލު ނެތިގެންދަނީ، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވަން ޖެހޭ

11 ޑިސެމްބަރު 2017
40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

09 ނޮވެމްބަރު 2017
ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!

ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!

04 ނޮވެމްބަރު 2017
ނިސްބަތްވާނެ ގައުމެއްނެތި ރޮހިންޖާ މުސްލިމުން ބިކަވެފައި

ނިސްބަތްވާނެ ގައުމެއްނެތި ރޮހިންޖާ މުސްލިމުން ބިކަވެފައި

07 ސެޕްޓެމްބަރު 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު