Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އާރްޓީއެލް

މިދިޔަ އަހަރު ކުންފުނީގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ އާރްޓީއެލްގެ ޚިދުމަތް ދޭން ފެށުން: އާޒިމް

ކުންފުނީގެ އާމްދަނީ 1.3 ބިލިއަނުން 2.5 ބިލިއަނަށް އިތުރު ކުރެވިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 މެއި 2023 | ހުކުރު 08:15
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

ނިމިދިޔަ 2022 ވަނަ އަހަރު އެމްޓީސީސީގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ އާރްޓީއެލް ފެރީގެ ނިޒާމު ތައާރަފު ކުރެވިގެން ދިއުންކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ އަހަރީ ރިޕޯޓުގައި ވަނީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްގެ ޚާއްސަ އިންޓަރވިއުއެއް ހިމަނާފައެވެ. އެގޮތުން ނިމިދިޔަ އަހަރު އެ ކުންފުނީގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ އާރްޓީއެލް ފެރީގެ ނިޒާމު ތައާރަފު ކުރެވިގެން ދިއުންކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ، އާރްޓީއެލްގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓް ނިޒާމު އިތުރަށް ހަރުދަނާވެފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އިޤްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ޤައުމަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، 2018 ވަނަ އަހަރާ އަޅާބަލާއިރު، ކުންފުނީގެ އާމްދަނީ 1.3 ބިލިއަނުން 2.5 ބިލިއަނަށް އިތުރު ކުރެވިފައިވާ ކަމަށެވެ. މިއީ 92 އިންސައްތައިގެ ކުރިއެރުމެއްކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

އާޒިމް ވަނީ ފެރީގެ ޚިދުމަތް ރަނގަޅުކޮށް މުޅި ރާއްޖެ އެއް ވިއުގައަކުން ގުޅާލުމަކީ ރައީސް އިބްރާޙީމް މުހައްމަދު ޞާލިހުގެ ވަރަށް މުހިންމު ވައުދުފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ މަސައްކަތް ކުރަން ބޭނުން ވަނީ ހަރުދަނާ އުސޫލުތަކަކާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ފެރީގެ ޚިދުމަތް ޤާއިމުކުރަން ޖެހެނީ ކުރަން ޖެހޭ ދިރާސާތައް ކޮށް ޓެސްޓު ދަތުރުތަކުގެ މަރުހަލާގައި ފާހަގަކުރެވޭ ކަންކަން ވެސް ރަނގަޅުކޮށްގެން ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މީގެ ކުރިން އެއް ރަށުން އަނެއް ރަށަށް ދިއުމަށް 4،000 ރުފިިޔާ ހޭދަކުރިނަމަވެސް މިއަދު މިފަދަ ދަތުރުތަކަށް ރައްޔިތުންގެ ޖީބުން ދާނީ 100އެއްހާ ރުފިޔާ ކަމަށާއި އެއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތާއެކު ރާއްޖޭގެ ދަތުރުފަތުގެ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެކަން އާޒިމް ފާހަގަކުރެެއްވިއެވެ. އާޒިމް ވިދާޅުވީ އާރްޓީއެލް ފެރީ ނިޒާމުގެ ތެރެެއިން އެއް ރަށް އަނެއް ރަށާ ގުޅުވާލާއިރު، މާ ބޮޑު ޚަރަދަކާއި ނުލާ ކުޑަ ޚަރަދެއް ކޮށްގެން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ މަގު މިހާރު މިވަނީ ފަހިވެފައި ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު