Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޕީއެލް ކޮމިއުނިޓީ ފަންޑު

މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓުތަކަށް އެހީވުމަށް އެމްޕީއެލް އިން ކޮމިއުނިޓީ ފަންޑެއް

ކޮންމެ އަހަރަކު 10 ޕްރޮޖެކްޓަކަށް އެހީވާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 12 މެއި 2023 | ހުކުރު 02:52
މާލެ ވިޔަފާރި ބަނދަރު

މާލެ ވިޔަފާރި ބަނދަރު

މުޖުތަމައުއަށް ފައިދާ ހުރި އެކި ޕްރޮޖެކްޓުތައް ހިންގަން މާލީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާއްސަ ފަންޑެއް ތައާރަފުކޮށްފިއެވެ.

އެމްޕީއެލުން މައުލޫމާތު ދޭ ގޮތުގައި މިއީ އަހަރަކު ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ ހަ ލައްކަ ރުފިޔާ ކޮމިއުނިޓީ ފަންޑެކެވެ. މި ފަންޑުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ އޭޕްރީލް މަހު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތުގެ ދަށުން ފަންޑަށް އެދުމުގެ މުއްދަތު މެއި 31, ގެ ނިޔަލަށް ހަމަވާއިރު މިހާތަނަށް ކުރިމަތިލާފައިވާ ދެ ފަރާތަކުން ކަމަށް އެ ކުންފުނިން ބުންޏެވެ.

Advertisement - newsAdvertisement

މި ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާހުރި އެކި ޕްރޮޖެކްޓުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދޭއިރު އދ. ގެ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލް ކުރަން ހުށަހަޅާ މަޝްރޫއުތަކަށް އިސްކަންދޭނެ ކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ. އެގޮތުން މިފަދަ ޕްރޮޖެކްޓުތަކަށް 40 އިންސައްތަ ޕޮއިންޓް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީ ދޭ ފަރާތްތައް ކަނޑައެޅުމަށް ހާއްސަ ކޮމިޓިއީއެއް އެމްޕީއެލުން ވަނީ ކަނޑައަޅައިފައެވެ. އަދި ހުށަހަޅާ ޕްރޮޕޯސަލްތަކަށް ޕޮއިންޓު ދިނުމުގެ އުސޫލެއް ވެސް ވަނީ އާއްމުކޮށްފައެވެ. އެގޮތުން 40 އިންސައްތަ އދ. ގެ ލަނޑުދަނޑިތައް ހާސިލްވާގޮތަށް ހުށަހަޅާ ޕްރޮޖެކްޓުތަކަށް ދޭއިރު އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް 20 އިންސައްތަ، ޕްރޮޖެކްޓް ޕްލޭން އަދި އިމްޕްލިމެންޓް ކުރާ ގޮތަށް 30 އިންސައްތަ އަދި، ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލްއަށް 10 އިންސައްތަ މާކްސް ދޭނެއެވެ.

މި ފަންޑުގެ ދަށުން އަހަރަކު 10 މަޝްރޫއުއަށް އެހީދޭން އެމްޕީއެލުން ވަނީ ނިންމާފައެވެ. އެގޮތުން، ކުދި އަށް ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓަކަށް 50،000 ރުފިޔާ އަދި ބޮޑު ދެ ޕްރޮޖެކޓް ހޮވައި ކޮންމެ ޕްރޮޖެކްޓަކަށް 100،000 ރުފިޔާ ދޭނެއެވެ.

އެމްޕީއެލުން މައުލޫމާތު ދޭ ގޮތުގައި މި ކޮމިއުނިޓީ ފަންޑަށް، ކައުންސިލްތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ސަރުކާރު އަދި އަމިއްލަ ޖަމިއްޔާތަކާއި ކްލަބްތަކާއި ސްކޫލްތަކަށް ކުރިމަތިލެވޭނެއެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު މި ފުރުސަތުގެ ބޭނުންކޮށް، ޕްރޮޕޯސަލްތައް ހުށަހެޅުމަށް އެ ކުންފުނިން އެދެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އެމްޕީއެލުން ވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާ ބަޖެޓުގެ ދަށުން، މުޖުތަމައުގެ ފައިދާއަށް ޖަމިއްޔާތަކުން ކުރާ މަސައްކަތަކަށާއި، ތައުލީމީ ދާއިރާއަށާއި، ކުޅިވަރުގެ ދާއިރާއަށްވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި

ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި

20 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައި ވެސް ފަންޑު ފޮށި ބަހައްޓަނީ

ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައި ވެސް ފަންޑު ފޮށި ބަހައްޓަނީ

18 މާރިޗު 2017
އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ

އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ

07 މާރިޗު 2017
އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!

އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!

01 މާރިޗު 2017
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު