Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދުނިޔޭގެ ޞިއްޙަތު ދުވަސް

ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދި ކޮންމެ ކާމިޔާބީއެއްގައި ޑަބްލިޔޫ.އެޗް.އޯގެ ހިއްސާ ވަރަށް ބޮޑު: ރައީސް

ބަލިތަކާއި ވަބާތަކުން ދިވެހިން ރައްކާތެރިކުރުމަށް ދިވެހި ދައުލަތުގެ ފަރާތުން އުފުލި ކޮންމެ ބުރައެއްގައި، އެންމެ ފުރިހަމަ އެއްބާރުލުމެއް ދިނީ ޑަބްލިޔޫ.އެޗް.އޯ.އިން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 11 މެއި 2023 | ބުރާސްފަތި 22:38
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދި ކޮންމެ ކާމިޔާބެއްގައި ޑަބްލިޔޫ.އެޗް.އޯ.ގެ ހިއްސާ ވަރަށް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ޑަބްލިޔޫ.އެޗް.އޯ.އާއި ދިވެހި ރައްޔިތުންނާ ދެމެދު ވަރަށް ދުވަސްވީ ވަރަށް ގާތް ގުޅުމެއް އެބައޮތްކަމަށެވެ. ޑަބްލިޔޫ.އެޗް.އޯ.ގެ އޮފީހެއް ރާއްޖޭގައި ހުޅުވުނީ، ރާއްޖެއަށް މިނިވަންކަން ލިބުނު އަހަރު ނަމަވެސް އޭގެ އެތައް އަހަރެއް ކުރިން، ޑަބްލިޔޫ.އެޗް.އޯ.ގެ އެހީތެރިކަން ދިވެހިރާއްޖެއަށް ލިބެމުން އައިސްފައިވޭ.ވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އ.ދ. މަޖިލީހުގެ އިދާރާތަކުގެ ތެރެއިން ރާއްޖޭގައި ހުޅުވުނު އެންމެ ފުރަތަމަ އިދާރާއަކީވެސް ޑަބްލިޔޫ.އެޗް.އޯކަމަށް ރައީސް ވިދާޅުވިއެވެ.

ޑަބްލިޔޫ.އެޗް.އޯ.ގެ 75 އަހަރުގެ ތާރީޚަށް ބަލާއިރު، ދިވެހިންނަށް ޞިއްޙީ ދުޅަހެޔޮކަން ހޯދައިދީ، ބަލިތަކާއި ވަބާތަކުން ދިވެހިން ސަލާމަތް ކުރުމުގައި، ޑަބްލިޔޫ.އެޗް.އޯ. އަދާކުރު ދައުރު ވަރަށް މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ. ބަލިތަކާއި ވަބާތަކުން ދިވެހިން ރައްކާތެރިކުރުމަށް ދިވެހި ދައުލަތުގެ ފަރާތުން އުފުލި ކޮންމެ ބުރައެއްގައި، އެންމެ ފުރިހަމަ އެއްބާރުލުމެއް ދިނީ ޑަބްލިޔޫ.އެޗް.އޯ.އިން ކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން 2019 ވަނަ އަހަރުގެ ތެރޭގައި މައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީ އާއި ސިފިލިސް ވާސިލުނުވާ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިގެންދިޔައީވެސް ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން 2020 ވަނަ އަހަރު ރުބެއްލާ ބަލި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިގެންދިޔައީވެސް ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު ކަމަށް ރައީސް ވިދާޅުވިއެބެ.

ކޮވިޑް ވެކްސިން ދިނުމަށް މުޅި ރާއްޖޭގައި ހިންގި ޕްރޮގްރާމްގައި ޑަބްލިޔުއެޗްއޯގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ޑަބްލިޔޫ.އެޗް.އޯ.ގެ އޮފީހެއް ހުޅުވިފަހުން މިވީ 58 އަހަރުގެ ތެރޭގައި، ދިވެހި ރައްޔިތުންގެ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ދާއިރާއިން، އެ ޖަމްޢިއްޔާއިން އަދާކޮށްފައިވަނީ ދިވެހި ކޮންމެ ރައްޔިތަކު ޝުކުރުވެރިކަމާއެކު ބަލައިގަންނާނެ ދައުރެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑަބްލިޔޫ.އެޗް.އޯ.ގެ ކަންޓްރީ ކޯޕަރޭޝަން ސްޓްރެޓަޖީއަކީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ. އެ ސިޔާސަތުގެ ދަށުން، ޔުނިވަރސަލް ހެލްތް ކަވަރޭޖް ކަށަވަރުކުރުމާއި، ޞިއްޙަތާ ގުޅުން ހުރި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ޑަބްލިޔޫ.އެޗް.އޯ.ގެ ފަންނީ ލަފާ މިހާރުވެސް ރާއްޖެއަށް ލިބެމުންދާކަމަށެވެ.

އަދި އެ ނޫން ކިތަންމެ ދާއިރާއަކުންވެސް ޑަބްލިޔޫ.އެޗް.އޯ.ގެ އެހީތެރިކަން ވަރަށް ފުޅާ ދާއިރާއެއްގައި މިހާރުވެސް ރާއްޖެއަށް ލިބޭކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު