Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޭއަޅަން ބޭނުންވާ ސާމާނު ހަދިޔާކުރުން

112 ހެލްތު ސެންޓަރަކަށް، ލޭއަޅަން ބޭނުންވާ ސާމާނު ހަދިޔާކޮށްފި

ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި؛ ބްލަޑް ބޭންކް ރެފްރިޖަރޭޓަރާއި, ބްލަޑް ކަލެކްޝަން މޮނިޓަރާއި, ޝޭކަރާއި ޕްލެސެންޓާ އެކްސްޓްރެކްޓަރާއި، ވޭން މެޝިން ހިމެނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 މެއި 2023 | ބުދަ 17:38
ލެބޯޓްރީ ގާއިމުކުރެވިފައިވާ 112 ހެލްތު ސެންޓަރަކަށް، ލޭ އަޅަން ބޭނުންވާ ސާމާނު ހަވާލުކުރުން

ލެބޯޓްރީ ގާއިމުކުރެވިފައިވާ 112 ހެލްތު ސެންޓަރަކަށް، ލޭ އަޅަން ބޭނުންވާ ސާމާނު ހަވާލުކުރުން

ރާއްޖޭގެ ސިއްހީ ޚިދުމަތް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި، ލެބޯޓްރީ ގާއިމުކުރެވިފައިވާ 112 ހެލްތު ސެންޓަރަކަށް، ލޭ އަޅަން ބޭނުންވާ ސާމާނު ހެލްތު މިނިސްޓްރީން ހަދިޔާކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން، އަތޮޅުތެރޭގެ ރަށްރަށުގައި ގާއިމުކޮށްފައިވާ 112 ހެލްތު ސެންޓަރަކަށް ލޭ އެޅުމަށް ބޭނުންވާ ސާމާނުގެ ގޮތުގައި ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި؛ ބްލަޑް ބޭންކް ރެފްރިޖަރޭޓަރާއި, ބްލަޑް ކަލެކްޝަން މޮނިޓަރާއި, ޝޭކަރާއި ޕްލެސެންޓާ އެކްސްޓްރެކްޓަރާއި، ވޭން މެޝިން ހިމެނެއެވެ.

އެންމެ ފުރަތަމަ މިތަކެތި ހަވާލުކޮށްފައިވަނީ ކ އަތޮޅުގެ ލެބޯޓްރީ ގާއިމުކޮށްފައިވާ ސިއްހީ މަރުކަޒުތަކަށެވެ. ކުރިޔަށް އޮތް ދެ ހަފުތާތެރޭގައި މިތަކެތި ދެން ހުރި މަރުކަޒުތަކަށް ހަވާލުކުރާނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މިތަކެތި ރަށްރަށަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، އަތޮޅުތެރޭގެ ރަށްރަށުގެ ސިއްހީ ފަރުވާގެ ނިޒާމު ވަރުގަދަކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ.

މިތަކެތި ހަދިޔާކޮށްފައިވަނީ މިހާރުގެ ހާލަތަށް ބަލާއިރު އެކަމަށް އެންމެ އެކަށީގެންވާ ތަންތަން ބެލުމަށްފަހުގައި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. މީގެ ސަބަބުން މިތަކެތި ފޮނުވުނު ރަށްރަށުގެ އިތުރުން، ރަށާ ކައިރި އެހެން ރަށްރަށަށްވެސް މިކަމުގެ ލުއިފަސޭހަ ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިތަކެތި ހޯދާފައިވަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ފަންޑުކޮށްގެން ހެލްތު މިނިސްޓްރީން ކުރިޔަށްގެންދާ އިމަރޖެންސީ ރެސްޕޮންސް ޓު ކޮވިޑް-19 ޕެންޑަމިކް ފޭސް 2 ޕްރޮޖެކްޓްގެ ދަށުންނެވެ. ހަދިޔާކުރެވުނު މިތަކެތީގެ އަގު 19 މިލިއަން ރުފިޔާއަށް އަރައެވެ.

ރަށްރަށަށް ހަދިޔާ ކުރެވުނު މިތަކެއްޗާއެކު، ސަރުކާރުގެ މުހިއްމު އެއް ސިޔާސަތުކަމުގައިވާ ސިއްހީ ފަރުވާ އަތޮޅުތެރޭގައި ފުޅާކޮށް ފަރުވާއަށް މާލެއަށް ބަރޯސާވުން ހުއްޓުވުމަށް ބޮޑު ބާރަކަށްވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ. ސަރުކާރުގެ މިއަމާޒަށް ވާސިލުވުމަށް ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރައްވަމުންނެވެ.

ހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
08 އޮކްޓޯބަރު 2025

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި
20 އޯގަސްޓު 2025

ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ

20 އޯގަސްޓު 2025
ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ
07 އޯގަސްޓު 2025

ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް

07 އޯގަސްޓު 2025
ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް
07 އޯގަސްޓު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ

07 އޯގަސްޓު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ
19 އެޕްރީލު 2025

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
17 އެޕްރީލު 2025

ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލަ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލާނެ: ހެލްތް މިނިސްޓްރީ

17 އެޕްރީލު 2025
ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލަ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލާނެ: ހެލްތް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު