Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަހި ދިރިއުޅުން ކޯޕަރޭޝަން

4000 ހައުސިންގ ޔުނިޓުގެ ފިނިޝިންއަށް އިތުރު ލޯނެއް ނަގަން ނުޖެހޭނެ: އެފްޑީސީ

މިހާރު ނަގާފައިވާ ލޯނުން ހުރިހާ ޔުނިޓުތަކެއްގެ ފިނިޝިންގ މަސައްކަތް ނިންމޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 10 މެއި 2023 | ބުދަ 02:49
އަމާން އުދަރެސް ފްލެޓުތައް

އަމާން އުދަރެސް ފްލެޓުތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސަރުކާރުން ހިންގާ 4000 ހައުސިންގ ޔުނިޓުގެ މަޝްރޫއުގެ ދަށުން ފިނިޝިންގެ މަސައްކަތަށް އިތުރު ލޯނު ނެގުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތަކަށް އެ ކުންފުނިން ރައްދު ދީފިއެވެ.

އެ ކުންފުނިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މި 4000 ހައުސިންގ ޔުނިޓުގެ ދެ މަޝްރޫއުގައި ވެސް ފިނިޝިންގެ މަސައްކަތް ހިމެނޭ ކަމަށެވެ. އެހެންކަމުން މަޝްރޫއުގައި ހިމެނެހޭ ހުރިހާ ޔުނިޓުތަކެއްގެ ފިނިޝިންގ މަސައްކަތް ނިންމޭނެ ކަމަށާއި އެގޮތުން، ފެލްޓުތަކުގެ މަސައްކަތް ނިމޭއިރު ހުންނާނީ ޓައިލްސް ޖަހައި، ދޮރުތައް ހަރުކޮށް، ކުލަ ލައި، ލައިޓުތަކާއި ފަންކާ އާއި ފާޚާ ފިޓިންގްސް ފުރިހަމަކޮށްފައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Advertisement - newsAdvertisement

މި މަޝްރޫއުގެ މަސައްކަތަށް މިހާރު ނަގާފައިވާ ދެ ލޯނުން ހުރިހާ މަސައްކަތެއް ނިމޭނެކަން ފާހަގަކޮށް، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ ފިނިޝިންގެ މަސައްކަތަށް އިތުރު ލޯނެއް ނަގަން ނުޖެހޭނެ ކަމަށެވެ. އަދި އެ ކުންފުނިން އެ މަސައްކަތަށް އިތުރު ލޯނެއް ނަގަން ނުވަތަ ފައިސާ ހަމަޖައްސަން، އެއްވެސް ބޭންކަކަށް ނުދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަޝްރޫއުތަކަކީ އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ މަޝްރޫއުތަކަކަށްވާތީ ރައްޔިތުންނަށް އޮޅުވާލުމަށް ހަގީގަތާ ޚިލާފު މައުލޫމާތު ނުފެތުރުމަށް ވެސް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނި ނަސޭހަތްތެރިވެފައެވެ.

އެފްޑީސީން އަންނަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ މި 4000 ހައުސިންގ ޔުނިޓުގެ ހަވާލުކޮށްފައިވަނީ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެންބީސީސީ ލިމިޓެޑާއެވެ. މި މަޝްރޫއުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުންވެސް 2000 ހައުސިންގ ޔުނިޓް އަންނަނީ ތަރައްގީކުރަމުންނެވެ.

މި ދެ މަޝްރޫއުގެ ދަށުން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ތަރައްގީ ކުރާނެއެވެ. މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓް މޮޑެލްއަށް ރޭވިފައިވާ މި މަޝްރޫއުތަކުގެ ގްރައުންޑް ފްލޯ އަދި ފަސްޓްފްލޯގައި ހިމެނޭނީ މިޔުނިޓުތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްސަ ކުރެވޭ ރީޓެއިލް އައުޓްލެޓްތަކާއި، ޕާކިން ޒޯނެކެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން އެޅި 4000 ފްލެޓް ދޫކުރުމުގައި މުއިއްޒު ސަރުކާރުގެ އޮޅުވާލުމާއި، ޚިޔާނާތާއި ވައުދާ ޚިލާފުވުން

އެމްޑީޕީ ސަރުކާރުން އެޅި 4000 ފްލެޓް ދޫކުރުމުގައި މުއިއްޒު ސަރުކާރުގެ އޮޅުވާލުމާއި، ޚިޔާނާތާއި ވައުދާ ޚިލާފުވުން

16 އޮކްޓޯބަރު 2025
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ރައްޔިތުންނަށް ދީފައިވާ ފުލެޓުތަކުން ބައެއް ވަގަށް ވިއްކަން އުޅޭ މައްސަލަ ބޮޑު ވެއްޖެ!!

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ރައްޔިތުންނަށް ދީފައިވާ ފުލެޓުތަކުން ބައެއް ވަގަށް ވިއްކަން އުޅޭ މައްސަލަ ބޮޑު ވެއްޖެ!!

25 ސެޕްޓެމްބަރު 2025
ފްލެޓާ ގުޅޭގޮތުން އެފްޑީސީން ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީއަށް

ފްލެޓާ ގުޅޭގޮތުން އެފްޑީސީން ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީއަށް

10 ސެޕްޓެމްބަރު 2025
 ހައުސިންގ މިނިސްޓްރީން އަންގައިގެން ސޮއިކުރުން ހުއްޓާލި ކަަމަށް ބުނުމަށްފަހު، އެފްޑީސީ އިން ބުނަނީ ބައެއް އެގްރީމެންޓް ތައް ހޯލްޑް ކުރީ ކަމަށް

ހައުސިންގ މިނިސްޓްރީން އަންގައިގެން ސޮއިކުރުން ހުއްޓާލި ކަަމަށް ބުނުމަށްފަހު، އެފްޑީސީ އިން ބުނަނީ ބައެއް އެގްރީމެންޓް ތައް ހޯލްޑް ކުރީ ކަމަށް

03 އޯގަސްޓު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު