Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ކުޅުންތެރިންގެ އެއްބަސްވުން އައުކުރި ނަމަވެސް ރެއާލުން ބެލިންހަމް ހޯދުމުގެ މަސައްކަތް ކުރާނެ

10 މެއި 2023 | ބުދަ 02:56

އިނގިރޭސި ޤައުމީ ޓީމުގައި ވެސް އަދި ޑޯޓްމަންޑުގައި ވެސް ހުނަރުވެރި ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔާ ހޯދުމަށް 100 މިލިއަން ޔޫރޯ ޚަރަދު ކުރުމަށް ރެއާލުން އޮތީ ތައްޔާރަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 މެއި 2023 | ބުދަ 02:56
ޑޯޓްމަންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ބެލިންހަމް

ޑޯޓްމަންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ބެލިންހަމް

ސްޕެއިންގެ ރެއާލް މެޑްރިޑުން އެ ޓީމުގެ މެދުތެރޭގައި ކުޅޭ މުހިންމު ކުޅުންތެރިންގެ އެއްބަސްވުން އައު ކުރި ނަމަވެސް، ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޒުވާން ކުޅުންތެރިޔާ ޖޫޑް ބެލިންހަމް ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މި ސީޒަނުގެ ނިޔަލަށް ޓޯނީ ކްރޫސް އާއި ލޫކާ މޮޑްރިޗް ރެއާލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނެ އެވެ. އެހެން ނަމަވެސް ރެއާލުން، އެ ޓީމުގެ މެދުތެރޭގައި އިސް ދައުރެއް އަދާ ކުރަމުން އަންނަ މި ދެ ކުޅުންތެރިންގެ އެއްބަސްވުން އައު ކުރާނެ އެވެ. އެގޮތުން ދެ ކުޅުންތެރިން މިހާރު ތިބީ އިތުރު އެއް އަހަރަށް ކުލަބުގައި މަޑު ކުރަން ނިންމައިގެންނެވެ. މީގެ ތެރެއިން ކްރޫސް މިހާރު ވަނީ ރެއާލާއެކު އައު އެއްބަސްވުމުގައި ސޮއިކޮށްފައި ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރެއާލުން އެކަން ހާމަކުރާނެ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އަނެއްކޮޅުން ކުރިއަށް އޮތް ދުވަސްތަކުގައި މޮޑްރިޗު އައު އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް، ރެއާލުން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ގޮތަށް ބެލިންހަމް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް ސްޕެއިންގެ މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. އޭގެ އިތުރުން، ބެލިންހަމް މިހާރު ވަނީ ރެއާލާއެކު އަނގަ ބަހުން އެއްބަސްވުމަކަށް އާދެވިފައި ކަމަށާއި، ދެން އޮތީ ރެއާލާ ޑޯޓްމަންޑާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުން ގޮތެއް ނިންމުން ކަމަށް ވެސް ބުނެފައިވެ އެވެ. ރެއާލުން ޑޯޓްމަންޑާއެކު މަޝްވަރާތައް ކުރަމުން އަންނައިރު، ދެން އޮތީ ބެލިންހަމްގެ އަގަކާ މެދު އެއްބަސްވުމެވެ.

އިނގިރޭސި ޤައުމީ ޓީމުގައި ވެސް އަދި ޑޯޓްމަންޑުގައި ވެސް ހުނަރުވެރި ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔާ ހޯދުމަށް 100 މިލިއަން ޔޫރޯ ޚަރަދު ކުރުމަށް ރެއާލުން އޮތީ ތައްޔާރަށެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުގައި ބެލިންހަމް ދޫކޮށްލުމަށް ޑޯޓްމަންޑުން ކިޔަނީ 150 މިލިއަން ޔޫރޯގެ އަގެކެވެ. އެހެން ނަމަވެސް މަޝްވަރާތަކަށް ފަހު ދެ ކުލަބުން އެއްބަސްވާ ގޮތެއްގެ މަތިން ބެލިންހަމްގެ ސޮއި ލިބޭނެ ކަމުގެ ބޮޑު އިތުބާރެއް ރެއާލަށް އޮތް ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ރެއާލް މެޑްރިޑްޖޫޑް ބެލިންހަމް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް