Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލައުރެއުސް އެވޯޑް

ދެ ވަނަ ފަހަރަށް މެސީ ލައުރެއުސް އެވޯޑު ކާމިޔާބުކޮށްފި

މީގެ ކުރިން 2020 ވަނަ އަހަރު ވެސް މެސީ ވަނީ މި އެވޯޑު ކާމިޔާބުކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 މެއި 2023 | ބުދަ 02:51
ލައުރެއުސް އެވޯޑާއެކު މެސީ

ލައުރެއުސް އެވޯޑާއެކު މެސީ

ލައުރެއުސް ސްޕޯޓްސް އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ކުޅިވަރު ޝަޚުސިއްޔަތަކަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޮވިއްޖެ އެވެ.

މިއީ ދުނިޔޭގެ ކުޅިވަރުގެ މައިދާނުގައި ވާދަކުރަމުން އަންނަ ޓީމުތަކާއި، ވަކި ވަކި ކުޅުންތެެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ. އަންހެން އަދި ފިރިހެން އެތުލީޓުންނަށް ދޭ މި އެވޯޑު ދޭން ހަމަޖެއްސީ 1999 ވަނަ އަހަރު އެވެ. މިއީ ލައުރެއުސް ސްޕޯޓްސް ފޯ ގުޑް ފައުންޑޭޝަންގެ ފަރާތުން ދެމުން އަންނަ އެވޯޑެކެވެ.

މިއީ މެސީ މި އެވޯޑު ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2020 ވަނަ އަހަރު ވެސް މެސީ ވަނީ މި އެވޯޑު ކާމިޔާބުކޮށްފަ އެވެ. ހޯމަ ދުވަހުގެ ރޭ މެސީ އަށް ލައުރެއުސް އެވޯޑު ލިބުމާއެކު، އޭނާ ވެގެން ދިޔައީ ދެ ވަނަ ފަހަރަށް އެ އެވޯޑު ހާސިލް ކުރި ހަމައެކަނި ކުޅިވަރު ޝަޚުސިއްޔަތަށެވެ. މެސީއާއެކު މި އެވޯޑަށް ވާދަކުރީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ، ނެދަލެންޑްސްގެ މޮޓޯ ރޭސިން އެތުލީޓު މެކްސް ވާސްޓެޕަން، ސްވިޑެންގެ މޮންޑޯ ޑުޕްލަންޓިސް، ސްޕެއިންގެ ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް އަަދި އެމެރިކާގެ ބާސްކެޓު ކުޅުންތެރިޔާ ސްޓެފެން ކަރީ އެވެ. މެސީ ވަނީ މިދިޔަ އަހަރު ޤަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް މުބާރާތާއި ފައިނަލިސިމާ، މިދިޔަ ސީޒަންގެ ފްރާންސް ލީގު އަދި ޓްރޮފީ ޑީ ޗެމްޕިއަންސް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވެސް ހޮވުނީ މެސީ އެވެ.

މީ ހަފްލާގައި ވަނީ އެހެން އެވޯޑުތައް ވެސް ހަވާލުކޮށްފަ އެވެ. އެގޮތުން އަހަރުގެ އެންމެ މޮޅު ޓީމަކަށް ހޮވުނީ މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި އާޖެންޓީނާ އެވެ. އެންމެ މޮޅު އަންހެން ކުޅިވަރު ޝަޚްސިއްޔަތަކަށް ހޮވުނީ ޝެލީ އޭން ފްރޭސާ ޕްރައިސް އެވެ. ވޯލްޑް ބްރޭކްތްރޫ އޮފް ދަ އިޔާ އަށް ކާލޮސް އަލްކަރޭޒް ހޮވުނުއިރު، ވޯލްޑް ކަޕްބެކް އޮފް ދަ އިޔާ އަށް ހޮވުނީ ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން އެވެ. ޚާއްސަ އެހީއަށް ބޭނުންވާ އެތުލީޓުންގެ ތެރެއިން އެންމެ މޮޅު ޝަޚްސިއްޔަތަކަށް ހޮވުނީ ކެތަރިން ޑެބްރޫނާ އެވެ.

ލައުރިއަސް ވޯލްޑް ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޓްވާ ފަރާތްތައް ދުނިޔޭގެ މީޑިއާތަކުން ހޮވާއިރު، ވަނަތައް ކަނޑައަޅާނީ ލައުރިއަސް ވޯލްޑް ސްޕޯޓްސް އެކަޑަމީގެ 71 މެންބަރުންނެވެ.

ލައުރެއުސް ސްޕޯޓްސް އެވޯޑްސްލިއޮނެލް މެސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު