Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ވިޔަފާރިތަކަށް އެހީވުން

އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކަށް އެހީދޭ ޕްރޮގްރާމެއް ފަށައިފި

އަމިއްލަ ވިޔަފާރިކުރާ 500 ފަރާތަށް ފުރުސަތު ދޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 9 މެއި 2023 | އަންގާރަ 06:44
ބާޒާރުމަތި

ބާޒާރުމަތި

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ޕްރޮގްރާމެއް އިކޮނޮމިކް މިނިސްޓްރީން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ފަށާފައިވަނީ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

Advertisement - businessAdvertisement

މިގޮތުން މި ޕްރޮގްރާމުގެ ދަށުން އަމިއްލަ ވިޔަފާރިކުރާ 500 ފަރާތަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން 40 އިންސައްތަ އަންހެނުންނަށް ޚާއްސަކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މި ޕްރޮގްރާމުގެ ދަށުން 60،000 ރުފިޔާއާ ހަމައަށް ފައިސާގެ އެހީ ދިނުމަށް ވަނީ ނިންމާފައެވެ. މައިގަނޑު 2 ކަމަކަށް އެހީދިނުމަށް ނިންމާފައިވާއިރު އެއީ ހަރުމުދާ ގަތުމަށާއި، ވިޔަފާރިއަށް ބޭނުންވާ ސްޓޮކް ގަތުުމަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މައިގަނޑު 7 ދާއިރާއަކަށް އެހީ ފޯރުކޮށްދޭން ނިންމާފައިވާކަމަށެވެ. އެއީ:

އިކޮނޮމިކް މިނިސްޓްރީން ވަނީ މި ޕްރޮގްރާމުގެ ދަށުން އެހީދިނުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ހާމަކޮށްފައެވެ. މިގޮތުން އުމުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ފަރާތަކަށް ވުމާއި، އަމިއްލަ ނަމުގައި ދިވެހި ރުފިޔާ އެކައުންޓެއް އޮތުމާއި، ފާއިތުވެދިޔަ 4 ހަފްތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާކުރާ ފަރާތަކަށް ނުވުން، ނުވަތަ ވަޒީފާއެއް އަދާކުރާނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުންދާ ފަރާތަކަށް ވެގެން ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި ސެޕްޓެމްބަރު 2022 އާ ހަމައަށް ފާއިތުވި 1 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުންދާ ފަރާތެއް ކަމުގައި ވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން 31 މެއި 2023 ގެ ކުރިން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅަން ޖެހެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްޖޮބް ސެންޓަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ޖޮބް ސެންޓަރުގެ ނަން "ނޭޝަނަލް ކެރިއަރސް ސަރވިސް" ގެ ނަމަށް ބަދަލުކޮށްފި، ނަން ފިޔަވައި އައު އެއްވެސް ކަމެއް ނެތް

ޖޮބް ސެންޓަރުގެ ނަން "ނޭޝަނަލް ކެރިއަރސް ސަރވިސް" ގެ ނަމަށް ބަދަލުކޮށްފި، ނަން ފިޔަވައި އައު އެއްވެސް ކަމެއް ނެތް

24 ޖުލައި 2024
ކޮވިޑާއެކު ވަޒީފާއަށް އަސަރުކުރި މީހުންނަށް ޓޫރިޒަމް ދާއިރާއިން ތަމްރީނު ދޭނެ ބަޔަކު ހޯދަނީ

ކޮވިޑާއެކު ވަޒީފާއަށް އަސަރުކުރި މީހުންނަށް ޓޫރިޒަމް ދާއިރާއިން ތަމްރީނު ދޭނެ ބަޔަކު ހޯދަނީ

26 މެއި 2023
އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

23 މެއި 2023
އަތޮޅުތެރެ ތަރައްގީކުރުމުގެ ސިޔާސަތެއް ކުރީ ސަރުކާރުތަކުން ނުގެންގުޅޭ: އިއާދު

އަތޮޅުތެރެ ތަރައްގީކުރުމުގެ ސިޔާސަތެއް ކުރީ ސަރުކާރުތަކުން ނުގެންގުޅޭ: އިއާދު

21 މެއި 2023
ހަނިމާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ، އޮޕަރޭޝަންސް ކުރިއަށްދާނެ

ހަނިމާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ، އޮޕަރޭޝަންސް ކުރިއަށްދާނެ

05 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު