Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކަނޑުދަތުރުކުރުމުގައި ސަމާލުވުން

ގަދަކަނޑަށް ނުކުތުމުގެ ކުރިން ސަމާލުވޭ!

9 މެއި 2023 | އަންގާރަ 02:58

2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23ގެ ނިޔަލަށް ކަނޑުމަތީގެ ހާދިސާތަކުގައި 85 މީހަކު ނިޔާވެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 މެއި 2023 | އަންގާރަ 02:58
ކަނޑުދަތުރުކުރާއިރު މޫސުމަށް ސަމާލުވުން މުހިންމު

ކަނޑުދަތުރުކުރާއިރު މޫސުމަށް ސަމާލުވުން މުހިންމު | ރާއްޖެއެމްވީ

ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ގައުމެކެވެ. އެއް ރަށުން އަނެއް ރަށަށް ދެވޭނީ ކަނޑު ހުރަސްކޮށްގެންނެވެ. ކިތަންމެ ކައިރީގައި އޮތް ރަށަކަށްވެސް ދާންޖެހުނަސް އެކަން ކުރަންޖެހެނީ ކަނޑު ހުރަސްކޮށްގެންނެވެ. ވަރަށް މަދު އަތޮޅެއްގައި ނޫނީ އެއްގަމުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭ ގޮތެއް ނޯވެއެވެ. އެހެންކަމުން ކިތަންމެ މޫސުން ގޯސްވިއަސް ކަނޑު ގަދަވިއަސް ޖެހޭނީ ކޮންމެހެން ބޭނުންވާ ކަމެއް ކުރުމަށް އެކަމެއް ވާން އޮންނަ ތާކަށް ކަނޑު ހުރަސްކޮށްފައިދާށެވެ.

ކަނޑުދަތުރުކުރުމަކީ ދިވެހިންނަށް އާންމު ކަމެކެވެ. އެހެންކަމުން ކަނޑު ދަތުރުކުރާއިރު ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެކަމެކެވެ. މީހެއްގެ ފުރާނަ ދިޔުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ނުހަނު މުހިންމު ކަމެކެވެ. އެހެންކަމުން މޫސުން ގޯސްވާ ދުވަސްވަރަށް ކަމާބެހޭ ފަރާތްތަކުން ކެނޑިނޭޅި ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކުރެއެވެ. ދުއްވާ އުޅަނދުތަކުގައި ފަޅުވެރިންގެ ސަލާމަތަށް ލައިފްޖެކެޓް ހަމައަށް ހުރޭތޯ އާއި މުއާސަލާތުކުރެވޭނެ ވަސީލަތްތައް ހަމަައަށް މަސައްކަތްކުރޭތޯ ބެލުމަށެވެ. މިނޫންވެސް މިފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރޭ އެލާޓްތަކަށް ސަމާލުވުމަށް އިލްތިމާސްކުރެއެވެ. ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އެލާޓް ނެރެފައި އޮއްވާ ދިގުދަތުރަކަށް ކޮންމެހެން ޖެހިގެން ނޫނީ ނޭރުމަކީ މުހިންމު ކަމެކެވެ. އެއީ އެކަމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ކުރިމަތިވެދާނެތީއެވެ. ތަފާސްހިސާބުތަކަށް ބަލާލާއިރު ކަނޑުމަތީގައި ހިނގާ ހިތާމަވެރި ހާދިސާތަކުގައި ފުރާނަ ގޮސްފައި ހުރީ މަދެއްކޮށެއް ނޫނެވެ.

2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23ގެ ނިޔަލަށް, ކަނޑުމަތީގެ ހިނގާފައިވާ ހާދިސާތަކުގައި ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ޖުމްލަ 85 މީހަކު ނިޔާވެފައިވާކަމަށް ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވެއެވެ. 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23ގެ ނިޔަލަށް، މުޅި ރާއްޖޭގައި ކަނޑުމަތީގައި 2028 ހާދިސާ ހިނގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފަވެއެވެ. 2020 ވަނަ އަހަރު 724 ހާދިސާ، 2021 ވަނަ އަހަރު 689 ހާދިސާ އަދި 2022 ވަނަ އަހަރު 615 ހާދިސާ ހިނގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. މި ހާދިސާތަކުގައި ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ޖުމްލަ 85 މީހަކު ނިޔާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ކަނޑުމަތީގައި ހިނގާފައިވާ ހާދިސާތަކުގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންވެސް ހިމެނެއެވެ.

ކަނޑުމަތީގައި ހިނގާ ހާދިސާތަކުގެ ސަބަބުން ވީނުވީއެއް ނޭންގި މީހުން ގެއްލި އެތައް އާއިލާއެއް އުމުރު ދުވަހަށް އެކަމުގެ ހިތާމައިގައި އުޅެންޖެހެއެވެ. އެހެންކަމުން ކަނޑުމައްޗަށް އެރުމުގެ ކުރިން ހުރިހާ ގޮތަކުންވެސް ހުރިހާ ކަމަކަށް ބެލުމަކީ މުހިންމު ކަމެކެވެ.

ފުލުހުން ވަނީ މި ހާދިސާތައް ތަހުގީގުކުރުމުގެ ތެރެއިންވެސް ބަލަންވާވަރަށް ނުބަލައި، ނުވަތަ ނޭނގިނަމަވެސް ފަރުވާކުޑަކޮށްލެވުމުގެ ސަބަބުން ހިނގާފައިވާ ހާދިސާތައް މަދުނޫންކަން ފާހަގަކުރެވޭ ކަމަށް ބުނެފައެވެ. އެގޮތުން ކަނޑުގަދަވެ ވިއްސާރަވުމާ ގުޅިގެން ކަނޑުދަތުުރުފަތުރު ނުކުރުމަށް އިލްތިމާސްކޮށްފައިވަނިކޮށް ފުރި ދަތުރުތަކުގައި ހިނގާފައިވާ ހާދިސާތައް ގިނަކަން ފުލުހުން ފާހަގަކުރެއެވެ. ފުލުހުން ވަނީ ދަތުރަށް ފުރުމުގެ ކުރިން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު''ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފައެވެ.

އެހެންކަމުން ހިކިފަސްތަނެއްގައި ހުރެފައި ގަދަ ކަނޑަށް ނުކުންނަންވާނީ އެނޫން އެއްވެސް ގޮތެއް ނެތިގެންނެވެ. އެގޮތަށްވެސް ކަނޑަށް ނުކުންނަނަމަ ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައި ހުރިތޯ ބަލަންވާނެއެވެ. ހުރިހާ ފަހަރު އުޅަނދު ދުއްވަން ހުންނަ މީހާގެ ތަޖުރިބާއިން ކަންކަމުން ސަލާމަތްވާނެކަމަށް ބަލައިގެން ނުވާނެއެވެ. މިއަހަރުގެ ހުޅަނގު މޫސުމާއި ކުރިމަތިލާފައިވާއިރު މިވީ ދުވަސްކޮޅުގެ ތެރޭގައިވެސް ކަނޑުމަތީގައި ހިތާމަވެރި ހާދިސާތައް ދިމާވެފައި އެބަހުއްޓެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ކަނޑުމައްޗަށް ނުކުންނައިރު މޫސުމަށް ބެލުމަކީ މުހިންމު ކަމެކެވެ.

އެމްއެންޑީއެފް

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

4

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

5

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

އިތުރަށް ކިޔާލަން

11 އޯގަސްޓު 2026

ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

11 އޯގަސްޓު 2026
ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
10 އޯގަސްޓު 2026

ފަރަށް އެރި އުރަފާ ދޯނީގައި ތިބި 6 މީހުން ނޮޅިވަރަންފަރަށް ގެންގޮސްފި

10 އޯގަސްޓު 2026
ފަރަށް އެރި އުރަފާ ދޯނީގައި ތިބި 6 މީހުން ނޮޅިވަރަންފަރަށް ގެންގޮސްފި
10 އޯގަސްޓު 2026

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވޭ!

10 އޯގަސްޓު 2026
"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވޭ!
09 އޯގަސްޓު 2026

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

09 އޯގަސްޓު 2026
އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް
09 އޯގަސްޓު 2026

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

09 އޯގަސްޓު 2026
"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"
09 އޯގަސްޓު 2026

ހުވަދޫ ކަނޑަށް 3 މީހުން ގެއްލުނުތާ 3 ދުވަސް ފަހުން ބޭރުގެ އެހީ ހޯދަން ސަރުކާރުން ނިންމައިފި

09 އޯގަސްޓު 2026
ހުވަދޫ ކަނޑަށް 3 މީހުން ގެއްލުނުތާ 3 ދުވަސް ފަހުން ބޭރުގެ އެހީ ހޯދަން ސަރުކާރުން ނިންމައިފި
08 އޯގަސްޓު 2026

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

08 އޯގަސްޓު 2026
"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"
07 އޯގަސްޓު 2026

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ!

07 އޯގަސްޓު 2026
"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ!
06 އޯގަސްޓު 2026

ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަނީ

06 އޯގަސްޓު 2026
ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަނީ
04 އޯގަސްޓު 2026

ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

04 އޯގަސްޓު 2026
ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް