Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮޑިޓް ރިޕޯޓު

ބްރޯޑްކޮމްއަށް ލިބެންޖެހޭ 24 މިލިއަން ރުފިޔާ އަދިވެސް ނުލިބޭ

2021 ވަނަ އަހަރުގެ ނިޔަލަށް 24 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 8 މެއި 2023 | ހޯމަ 14:26
ބްރޯޑްކޮމްގެ މެމްބަރުން

ބްރޯޑްކޮމްގެ މެމްބަރުން

2021 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބެންޖެހޭ ފައިސާ އަދިވެސް ލިބިފައިނުވާކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

ބްރޯޑްކޮމްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި އެ އަހަރުގެ ނިޔަލަށް ބްރޯޑްކޮމްއަށް ލިބެންޖެހޭ ފައިސާގެ އަދަދު ވަނީ 24،733،997 (ސައްވީސް މިލިއަން ހަތްސަތޭކަ ތިރީސް ތިންހާސް ނުވަސަތޭކަ ހަތެއް) ރުފިޔާއަށް އަރާފައެވެ.

އޮޑިޓް އޮފީހުން ބުނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހުރިހާ ބްރޯޑްކާސްޓަރުންނަށް ނޯޓިސް ފޮނުވާފައިވާކަމަށް ބްރޯޑްކޮމްއިން ބުނެފައިވާކަމަށެވެ. އަދި ކޮވިޑް-19ގެ ހާލަތާ ގުޅިގެން ފައިސާ ދެއްކުމުގައި ލުއިގޮތެއް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓްރީ އޮފް ފިނޭންސާއެކު މަޝްވަރާތަކެއް ކުރެވުމާ ގުޅިގެން ނޯޓިސް ފޮނުވުމުގެ މަސައްކަތް މަޑުޖައްސާލެވުނު ކަމަށާއި، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ނޯޓިސް ފޮނުވުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް ކޮމިޝަނުން މައުލޫމާތުދީފައިވާކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ.

އޮޑިޓް އޮފީހުން ބުނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 5.21 ވަނަ މާއްދާގެ (ހ) ގައި ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށްފައިވާކަމަށެވެ. އެގޮތުން ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ހޯދުމަށް މަސައްކަތްކުރުމަށާއި، ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވާއިރުވެސް ފައިސާ ނުލިބިއްޖެނަމަ 7 ދުވަހުގެ ތެރޭގައިފައިސާ ދެއްކުމަށް ހަނދާންކޮށްދީ، ފައިސާ ދައްކަންޖެހޭ ފަރާތަށް ލިޔުން ފޮނުވައި، އެ މުއްދަތު ފާއިތުވާއިރުވެސް ފައިސާ ނުދައްކައިފިނަމަ ފައިސާ ދެއްކުމަށް އިތުރު 7 ދުވަސް ދިނުމަށްފަހު، އެ މުއްދަތުގައި ފައިސާ ދެއްކުމަށް ލިޔުމަކުން އެންގުމަށްފަހު ދެންވެސް ފައިސާ ނުދައްކައިފިނަމަ ޝަރީއަތް މެދުވެރިކޮށް ފައިސާ ހޯދުމަށް މަސައްކަތް ކުރުމަށް އޮންނަ ކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ.

ބްރޯޑްކާސްޓިން ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގައި ބްރޯޑްކާސްޓުކުރާ ފަރާތުން ކޮމިޝަނަށް ދައްކަންޖެހޭ އަހަރީ ފީ ކޮންމެ އަހަރެއްގެ މާރޗު މަހުގެ ނިޔަލަށް ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އޮޑިޓް އޮފީހުން ބުނީ މި މުއްދަތު ހަމަވާއިރު އަހަރީ ފީ ނުދައްކައިފިނަމަ ޖޫރިމަނާކުރެވޭނެ ކަމަށް އެ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާކަމަށެވެ. އެ ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ޖަދުވަލު 3 ގެ ދަށުން ދައްކަންޖެހޭ ޖުރިމަނާއެއް ދީފައިވާ މުއްދަތުގެ ތެރޭގައި ދައްކާފައިނުވާނަމަ އެ ޖޫރިމަނާ ހޯދުމަށް ކޯޓަށް ހުށަހެޅޭނެ ކަމަށެވެ.

އޮޑިޓް އޮފީހުން އިތުރަށް ބުނީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތުން ރީބްރޯޑްކާސްޓުކުރާ ފަރާތަކުން ދައްކަންޖެހޭ އަހަރީ ފީ، ކޮންމެ އަހަރެއްގެ މާރވް މަހުގެ ނިޔަލަށް ދައްކަންޖެހޭނެ ކަމަށެވެ. އަދި އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއިރު އަހަރީ ފީ ދައްކާފައިނުވާނަމަ އެ ގަވާއިދުގެ ޖަދުވަލު 2 ގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާކަމަށް އޮޑިޓް އޮފީހުން ވަނީ ބުނެފައެވެ.

އޮޑިޓް އޮފީހުން ވަނީ މި މައްސަލަ އިސްލާހުކުރަންވީގޮތުގެ ލަފާ ބްރޯޑްކޮމްއަށް ދީފައެވެ. މިގޮތުން ކޮމިޝަނަށް ލިބެންޖެހި ގިނަދުވަސްވެފައިވާ ފައިސާ ހޯދުމުގެ ގޮތުން އެކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް އެ ފައިސާ ލިބުން އަވަސްކުރެވޭނެ ގޮތްތަކެއް ހޯދުމަށާއި، ކޮމިޝަނަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ވަނީ ލަފާދީފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީސްމޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި

20 ނޮވެމްބަރު 2025
2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި
27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
14 އޮކްޓޯބަރު 2025

މިހާތަނަށް އޮޑިޓް އޮފީހަށް ދޭ އެންމެ ބޮޑު ބަޖެޓް އަންނަ އަހަރު

14 އޮކްޓޯބަރު 2025
މިހާތަނަށް އޮޑިޓް އޮފީހަށް ދޭ އެންމެ ބޮޑު ބަޖެޓް އަންނަ އަހަރު
15 ސެޕްޓެމްބަރު 2025

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި
02 ސެޕްޓެމްބަރު 2025

މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފި

02 ސެޕްޓެމްބަރު 2025
މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފި
19 އޯގަސްޓު 2025

"ކާލާ ބައިސާ" ޕްރޮގްރާމްގައި ސުހައިލްގެ އަބުރަށް ހުތުރުވާގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި

19 އޯގަސްޓު 2025
"ކާލާ ބައިސާ" ޕްރޮގްރާމްގައި ސުހައިލްގެ އަބުރަށް ހުތުރުވާގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި
18 އޯގަސްޓު 2025

ގާނޫނުގެ ވެރިކަން ދަމަހައްޓަން ލާޒިމު ކޮށް، ވަކިވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތައް މީޑިއާ ރެގިއުލޭޓް ކުރާ ބިލު އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފި

18 އޯގަސްޓު 2025
ގާނޫނުގެ ވެރިކަން ދަމަހައްޓަން ލާޒިމު ކޮށް، ވަކިވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތައް މީޑިއާ ރެގިއުލޭޓް ކުރާ ބިލު އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފި
17 ޖުލައި 2025

2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް

17 ޖުލައި 2025
2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް
24 ޖޫން 2025

ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީ އެއްވުމުގައި ދެއްކި ވާހަކަތަކެއް އަނެއްކާވެސް ބޮރޯޑްކޮމް އިން ބަލަނީ

24 ޖޫން 2025
ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީ އެއްވުމުގައި ދެއްކި ވާހަކަތަކެއް އަނެއްކާވެސް ބޮރޯޑްކޮމް އިން ބަލަނީ
05 ޖޫން 2025

ބްރޯޑްކޮމްގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

05 ޖޫން 2025
ބްރޯޑްކޮމްގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު