Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސްކޫލް ހަލާކުކޮށްލުން

"ތައްޔާރުވެގެން އައި އިރު، ސްކޫލު ލޮލަށް ފެންނަން ވެސް ނެތް"

ސުންނާފަތި ކޮށްލީ، ހުޅަނގު އައްސޭރީގައި ފަލަސްޠީނުން ހިންގަމުން ދިޔަ ސްކޫލެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 8 މެއި 2023 | ހޯމަ 11:52
އިސްރާއިލުން ސުންނާފަތިކޮށްލި ސްކޫލުގެ ގާތަކުގެ މަތީގައި ސްކޫލް ދަރިވަރުން

އިސްރާއިލުން ސުންނާފަތިކޮށްލި ސްކޫލުގެ ގާތަކުގެ މަތީގައި ސްކޫލް ދަރިވަރުން

ޔަހޫދީ އިޒްރޭލުން ފަލަސްޠީނަށް ދެމުންދާ ގެއްލުންތަކުގެ ވާހަކައަކީ ދައްކާ ނިމޭނެ ވާހަކަތަކެއް ނޫނެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ ގެއްލުންތަކަކީ ވަކި ޖިންސެއް، ވަކި ޢުމުރެއް ބެލުމެއް ނެތި، ދެމުންދާ ގެއްލުންތަކެކެވެ. ކޮންމެ ދުވަހަކީވެސް އިޒްރޭލުގެ ފުރައްސާރައާއި އަނިޔާއާ ކުރިމަތިލާން މަޖުބޫރުވާ ދުވަހަކަށް އޮންނަނީ ވެފައެވެ. މެއި 7 ވަނަ ދުވަހަކީވެސް ހަމަ އެފަދަ ދުވަހެކެވެ. އިޒްރޭލުން މި ފަހަރު ސުންނާފަތި ކޮށްލީ، ހުޅަނގު އައްސޭރީގައި ފަލަސްޠީނުން ހިންގަމުން ދިޔަ ސްކޫލެކެވެ.

އިޒްރޭލުގެ ލާއިންސާނީ އަސްކަރިއްޔާގެ ގޮތްޕެއް ކަމަށް ވާ ކޯގާޓުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވާ ގޮތުގައި، އެ އިމާރާތަކީ ބައިތުލަޙުމްއާ 2 ކިލޯމީޓަރު ދުރުގައި ހުރި، ޣައިރު ޤާނޫނީ އިމާރާތެކެވެ. އެއީ އެ ތަނަށް ޒިޔާރަތް ކުރާ މީހުންނާއި ކިޔަވާ ކުދިންނަށްވެސް ހުރި ނުރައްކަލެއް ކަމަށް ބުނެ ކޯގާޓުން ވަނީ ދިފާޢަށް ކުޅެފައެވެ. އެހެން ކަމުން އެ އިމާރާތް ބިމާ ހަމަ ކުރުމަށް އިޒްރޭލުގެ ކޯޓުން ޢަމުރުކުރީ ކަމަށް ކޯގާޓުން ބުނެއެވެ.

ވިލާތުގެ އިއްތިހާދު (އީޔޫ) އިން ފަލަސްޠީނަށް ކަނޑައަޅާފައި ވާ ވަފުދުން ބޭނުން ކުރާ ރަސްމީ ޓްވިޓަރ އެކައުންޓްގައި، މި ހަމަލާއާ ގުޅިގެން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މިއީ އިންތިހާއަށް ސިހުން ގެނުވަނި ޢަމަލެއް ކަމަށެވެ. މި ހަމަލާގެ އަސަރު، ފަލަސްޠީނުގެ 60 އެއްހާ ދަރިވަރުންނަށް ކުރާނެކަންވެސް އީޔޫއިން ވަނީ ފާހަގަ ކޮށްފައެވެ.

އިމާރާތް ސުންނާފަތި ކޮށްފައި ވަނީ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފަށް ކަމަށާ، މި ޢަމަލުގެ ސަބަބުން، ފަލަސްޠީނު ރައްޔިތުންގެ ދިރިއުޅުން އިތުރަށް ދަތިވެ، މިހާރުވެސް ނުތަނަވަސް ވެފައި ވާ މަސްރަހު، އިތުރަށް ގޯސްވެގެން ދާނެ ކަމަށްވެސް އީޔޫއިންވަނީ ބުނެފައެވެ.

ދިފާޢަށް ކުޅެމުން ކޯގާޓުން ބުނީ އިމާރާތުގެ މައްސަލާގައި މަޝްވަރާ ކުރުމަށް އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް މަސައްކަތް ކުރުމުންވެސް، އެއްބާރުލުން ދިނުމަށް އިމާރާތުގެ ވެރި ފަރާތުން އިންކާރު ކޮށްފައިވާ ކަމަށެވެ.

ސްކޫލްގައި ކިޔަވަމުން ދިޔަ ދަރިވަރުންނާއި މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި އިމާރާތް ބިމާ ހަމަކޮށްލާފައި ވަނީ އެތަނުގައި އިރެއްގައި ސްކޫލެއް ހިނގި ކަމުގެ ނިޝާންވެސް ފެންނަން ނެތް މިންވަރަށެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި، ސުންނާފަތި ކުރި އިމާރާތުގެ ތެރެއިން ނެގި ބައެއް ސަމާނުތައްވެސް، އިޒްރޭލުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ގެންގޮސްފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ވައްޓާލި ސްކޫލާ މާ ދުރު ނޫން ހިސާބެއްގައި އާބާދުވެފައިވާ ޔަހޫދީން ތަމްސީލު ކުރާ ގަޝް އެޓްޒަޔޯން ރީޖަނަލް ކައުންސިލުން ވަނީ، އަސްކަރިއްޔާގެ އަމަލަށް މަރުޙަބާ ކިޔާފައެވެ.

ފަލަސްޠީނުގެ މައި ސަރުކާރުގެ ތަޢުލީމާ ބެހޭ ވުޒާރާއިން ސިފަ ކުރި ގޮތުގައި މި ހަމަލާއަކީ "ނުލަފާ ޖަރީމާ"އެކެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންނަށް ލިބިފައި އޮތް އުނގެނުމުގެ ފުރުޞަތުން މަހުރޫމުވެ، ދުނިޔޭގެ އެހެން ހިސާބުތަކުގެ ކުދިންނަށް ލިބިދީފައި އޮންނަ ގޮތަށް، ސަލާމަތްތެރި، ހަމަޖެހޭ ވެއްޓެއްގައި ކިޔެވުމުގެ ފުރުޞަތުންވެސް އެކުދިން މަހްރޫމު ކުރެވޭކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އިޒްރޭލުގެ މަސްދަރަކާ ހަވާލާދީ ރޮއިޓާޒްއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އިމާރާތުގެ މައްސަލާގައި އިޒްރޭލުން "ވާހަކަދައްކާތާ" 6 އެއްކަ އަހަރު ވަނީ ވެފައެވެ. ސުންނާފަތި ކުރި ސްކޫލްގައި ކިޔަވަމުން ދިޔަ ދަރިވަރުން ދެން ބަދަލު ވާނީ އެ ސަރަޙައްދުގައި ހުރި އެހެން ސްކޫލަކަށް ކަމަށްވެސް އިޒްރޭލުން ބުނެއެވެ.

ފަލަސްތީނުއިޒްރޭލްއިސްރާއީލް އަސްކަރިއްޔާސްކޫލު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު