Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޗާގޯސްއޭ ކިޔައިގެން "ބަޣާވާތަކަށް"!!؟؟

ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރުމުގެ ވާހަކަ ދަނީ ދައްކަމުން

ރާއްޖެ އެމްވީ | 8 މެއި 2023 | ހޯމަ 06:09
ޗާގޯސް އާކިޕެލަގޯގެ މައްސަލަ

ޗާގޯސް އާކިޕެލަގޯގެ މައްސަލަ

"އިންޑިއާ އައުޓް" މިހާރު އައުޓް ވެއްޖެއެވެ. އެއްގޮތަކަށްވެސް އެ "އައުޓް" ވަޔަކު ނުހިފިއެވެ. ވަރަށް ބުނެ ކިޔައިގެންނާ އަދި އެހެނިހެން ގޮތްގޮތުން މީހުންކޮޅެއް ކުރިން މަގުމައްޗަށް ނުކުތެވެ. އެއްގޯސްވަމުން، ވައިވަމުންގޮސް މިހާރު 20 މީހުންވެސް އެކުރާ މުޒާހަރާތަކުގައި ނުކުމެ އުޅޭތީއެއް ނުފެނެއެވެ. އަމުދުން އިސްމީހަކު، ނޫންނަމަ ނަގާ ކިޔާނެ ހަރުމީހަކު ނުފެނެވެ.

ފެއިލްވި އިންޑިޔާ އައުޓަށްފަހު ސަރުކާރު ޕްރެޝަރަށް ވައްޓާލައި ސަރުކާރު ކުޑަކަކުލަށް ތިރިކުރަން ލިބުނު ފުރުސަތެއްކަމަށް ބެލީ ޗާގޯސް މައްސަލައެވެ. ފުރަތަމަ ކިޔަމުން އައީ ޗާގޯސް ވިއްކާލައިފި ކަމަށެވެ. ދިވެހިންގެ ތަނެއް ބޭރު ބަޔަކަށް ހިބައިން ދީފިކަމަށެވެ. އެކަމަކު މޮރިޝަސްގެ އަތްދަށަށް އެތަން ދިޔައިރު ކަހާތަން ހިރުވާވެސް ނުލައި ކުރިން ވެރިކަމުގައި ތިބި މީހުން ދައްކާން ފެށުމުން އެ "ލަވަ" އެއްވެސް މީހުންނަށް ގަޔާވާގޮތެއް ނުވިއެވެ. ކަމަކު ނުދިޔައެވެ. ދެން ކިޔާން ފެށީ ކަނޑުގެ ބޮޑުބައެއް ލިބޭން އޮއްވާ އެކަން ނުކޮށް ބައެއް ގެއްލުނީ ސަރުކާރުން ހެދި ޑީލެއްގެ ސަބަބުން ކަމަށެވެ.

ރާއްޖޭގެ ޤާނޫން އަސާސީއާއި ޤާނޫންތަކާއި ބައިނަލްއަޤްވާމީ ގާނޫންތައް އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާއި ރާއްޖޭގެ ތާރީޚާއި ދިވެހިން ދިރިއުޅެފައިހުރި ގޮތައް ބަލާއިރު ނެގުނު ދިފާއުން ކާމިޔާބު ލިބުނީ ރާއްޖެއަށްކަން މިހާރު ގިނަ ދިވެހިންނަށް ސާފެވެ. އެނޫން ދިފާއެއް ނެގިނަމަ ލިބޭނެ ގެއްލުން ބޮޑުވީސްކަމާއި މިހާރު މިލިބުނު ކާމިޔާބީވެސް ނުލިބޭނޭ ކަމުގެ ހެކިތައް، ރާއްޖޭގެ ޤާނޫނީ ޓީމުގައި ހިމެނުނު ޕްރޮފެސަރވެސް ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ޗާގޯސް މައްސަލައިގާ ދައްކާނެ ބަހަނާއެއް ނެތެވެ.

އެކަމަކުވެސް އިދިކޮޅުގެ ބޭނުމަކީ ރައްޔިތުން ކެއްކުމެވެ. ސަރުކާރާމެދު ރައްޔިތުންގެ ނުރުހުމާއި ރުޅިވެރިކަން އުފެއްދުމެވެ. މިކަމުގައި ފުރަތަމަ އުޅުނީ އިދިކޮޅު ޕީޕީއެމް އެކަންޏެވެ. އެކަމަކު އެވެރިންނަށް އެކަން ނުވެގެން އެހެން ޕާޓީތައް އޭގެތެރެއަށް ވައްދައިފިއެވެ. މުޅިން އެހެން ބޭނުމުގައި ވަންނާންވެސް ވަދެފިއެވެ. ސިޔާސީ ގޮތުން ޕީޕީއެމާއި ރައީސް ޔާމީނާއި ސީދާ އިދިކީލި މީހުންނާއި ޕާޓީތަކެވެ. އެވަރުންވެސް މާބޮޑު ކުރިއެރުމެއް ނުލިބުނެވެ. މިހާރު ބޭނުން ކުރަން ފަށާފައިވަނީ މުޅިން އެހެން ހަތިޔާރެކެވެ. ދީނީ ތޮފިއަޅުއްވައިގެން ސިޔާސީ މަސައްކަތް ކުރައްވާ ބައެއް ބޭފުޅުންނެވެ. އެފަދަ ބައެއް ޖަމްއިއްޔާތަކާއި ވަކިވަކި މީހުން ލައްވާ އިތުރަށް ކައްކުވަން ފަށައިފިއެވެ. މީހަކަށް ފަހު މީހަކު ކޮންމެވެސް އެއްޗެއް ބުނަން ފަށައިފިއެވެ. ޓްވީޓަކުން ނުވަތަ ފޭސްބުކް ސްޓޭޓަސްއެއްގައި ލިޔެލައިގެންނެވެ. ހަމަ އެއްބައެކެވެ. އެފަދަ ބައެއް ޖަމްއިއްޔާތަކުގެ ބަސްމަގު ހުންނަ ގޮތުން ވަރަށް ރޭވިގެން ކަމަކާ ދިމާލަށް މިސްރާބު ޖަހާފައިވާތަން ފެންނާން ފަށައިފިއެވެ. ހުރިހާ ވާހަކައެއްވެސް ގޮސް ނިންމާލާ ޖުމްލައަކީ "ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުން ނުވަތަ އަޒުލު ކުރުމަށް" ކަމަށް ވެއްޖެއެވެ. އެބަސް ވައިގައި ހިއްޕުވޭތާ ލައްކަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މަޝްހޫރު "23 އިއްތިހާދު" ފަދަ ބޮޑު އެއްވުމެއް ރާވަމުންދާ ކަމުގެ އަޑުތަކާއި މަންޒަރުތައް ފެންނަން ފަށައިފިއެވެ. އެފަދަ ބައްދަލުވުންތަކުގެ ފޮޓޯތައްވެސް ދަނީ ހިސާބަކަށް ސޯޝަލް މީޑިޔާގައި ހިއްސާ ކުރަމުންނެވެ. ނުވަތަ ލީކުވަމުންނެވެ.

ކޮންމެއަކަސް މިއީ އަނެއްކާވެސް ތަފާތު ކަމެއްގެ ރަނގަބީލަކަށް ވެދާނެވެ. ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން މަގާމުން ދުރުކުރެވެން އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. އެމަޖިލީހުގައި ތިއްބެވި އިދިކޮޅު ހުރިހާ ބޭފުޅުން އެއްގަލަކަށް އެރިއަސް އެކަން ކުރެވޭވަރާ ގާތްވެސް ނުކުރެވެއެވެ. އެހެންކަމަށް ވާނަމަ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމުގެ ވާހަކަ މިދައްކަނީ ކޮންގޮތަކުން އެކަން ކުރަން ބާވައެވެ. ކޮންމެވެސް ގޮތަކުން ބަޣާވާތެއް ގެންނަން ރާވަނީ ނޫން ބާވައެވެ؟

ޗާގޮސް މައްސަލަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެއް އަހަރުވީ އިރު ވެސް، ކަނޑުގެ މައްސަލައިގެ ރިޕޯޓު ވަޒީރުންގެ މަޖިލީހަށް ހުށަނާޅާ

އެއް އަހަރުވީ އިރު ވެސް، ކަނޑުގެ މައްސަލައިގެ ރިޕޯޓު ވަޒީރުންގެ މަޖިލީހަށް ހުށަނާޅާ

03 މެއި 2025
ޗާގޯސްގެ މައްސަލައާއި މެދު ސަރުކާރުގެ ސްޓްރެޓަޖީ ބަދަލުކުރަނީ

ޗާގޯސްގެ މައްސަލައާއި މެދު ސަރުކާރުގެ ސްޓްރެޓަޖީ ބަދަލުކުރަނީ

31 އޮކްޓޯބަރު 2024
ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

11 އޮކްޓޯބަރު 2024
ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން

ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން

08 އޮކްޓޯބަރު 2024
ފޯޅަވެއްސަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނަމުން ދަނިކޮށް އެތަން މޮރިޝަސްއަށް ދީގެން ނުވާނެ: ރައީސް ނަޝީދު

ފޯޅަވެއްސަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނަމުން ދަނިކޮށް އެތަން މޮރިޝަސްއަށް ދީގެން ނުވާނެ: ރައީސް ނަޝީދު

03 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު