Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

ރަނގަޅު ކުރަން ޖެހޭ ކަންކަން ގިނަ ނަމަވެސް އެކަށީގެންވާ ވަގުތެއް ނުލިބޭ: ނިޒާމްބެ

ޓީމުގައި އޮތީ ރަނގަޅު ސްކޮޑެއް، ނަމަވެސް ސްކޮޑުގައި ވެސް ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންކަން ހުރި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 މެއި 2023 | ހޯމަ 03:33
ޕްރެޒިޑެންޓްސް ކަޕްގައި ބުރުން މާޒިޔާ ބަލި ކުރި މެޗަށްފަހު ނިޒާމްބެ ނޫސްވެރިންނާ ވާހަކަ ދައްކަނީ

ޕްރެޒިޑެންޓްސް ކަޕްގައި ބުރުން މާޒިޔާ ބަލި ކުރި މެޗަށްފަހު ނިޒާމްބެ ނޫސްވެރިންނާ ވާހަކަ ދައްކަނީ

ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތަށްފަހު ބުރު ސްޕޯޓްސް ކުލަބުން ވަރަށް ޕޮސިޓިވް ކަންކަން ފެނުނު ކަމަށާއި، ހަމައެގޮތަށް ރަނގަޅު ކުރަން ޖެހޭ އެތައް ކަމެއް ހުރި ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ނިޒާމްބެ މިހެން ބުނީ ދިވެހި ޕްރިމިއާ ލީގުގައި ބުރުގެ ފުރަތަމަ މެޗަށް ނުކުތުމުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. ނިޒާމްބެ ބުނީ، ޕްރެޒިޑެންޓްސް ކަޕަށްފަހު، ދިވެހި ލީގާ ދެތެރޭގައި ކަންކަން ރަނގަޅު ކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އެންމެ ބޮޑު މަސައްކަތެއް ކުރަން ޖެހެނީ ކުޅުންތެރިންގެ ފިޒިކަލް ޙާލަތު ރަނގަޅު ކުރުމަށް ކަމަށެވެ. އެކަމުގެ އިތުރުން ބޭނުންވާ ގޭމް ފިލޯސަފީ އަށް ކުޅުންތެރިން ބައްޓަން ކުރުމަކީ ވެސް ކުރަން އޮތް މަސައްކަތެއް ކަމަށާއި، އެކަމަށް ވެސް ވަގުތު ނެތް ކަމަށެވެ. އިތުރަށް ނިޒާމްބެ ބުނީ ޓީމަށް އެންމެ ފުރިހަމަ އަށް ތައްޔާރުވެލެވޭނީ ލީގުގެ ފުރަތަމަ ތިން މެޗަށްފަހު ލިބޭ ބްރޭކަށްފަހު ކަމަށެވެ. އެ ބްރޭކުގައި ރަނގަޅު ޕްރީ ސީޒަނެއް ޖެެއްސޭނެ ކަމަށާއި، އެއާއެކު ބްރޭކަށްފަހު ވަރަށް ބޮޑުތަނުން ޓީމު ރަނގަޅު ކުރެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

ބުރު ޓީމުގައި އޮތް ސްކޮޑާ ގުޅޭ ގޮތުން ނިޒާމްބެ ބުނީ، ޓީމުގައި އޮތީ ރަނގަޅު ސްކޮޑެއް ކަމަށާއި އެހެން ނަމަވެސް ސްކޮޑުގައި ވެސް ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންކަން ހުރި ކަމަށެވެ. އެގޮތުން ކުޅުންތެރިން އިތުރު ކުރުމަށް ވިސްނުމާއި، ބައެއް މަގާމުތަކަށް ކުޅުންތެރިން މުހިންމު ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން އެކަންކަމަށް ބުރުން ވަރަށް ބޮޑަށް ސަމާލުކަން ދޭނެކަން ފާހަގަކޮށް ނިޒާމްބެ ބުނީ، ކުރު މުބާރާތާއި ދިގު ލީގަކާ އެންމެ ބޮޑަށް ތަފާތުވެގެން އަންނަ އެއް ކަމަކީ ބްރޭކް ލިބެނީ ނުބައި ދަނޑިވަޅެއްގައި ކަމަށްވުމެވެ. އެ ބްރޭކުގައި ކުޅުންތެރިން މެނޭޖުކުރުމާއި، ޓީމުގެ ފަރިތަކުރުންތައް މެނޭޖު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ. ނިޒާމްބެ ދެކޭ ގޮތުގައި އެ ބްރޭކުގައި ރަނގަޅަށް މެނޭޖު ކުރެވޭ ޓީމަކަށް ދެން ލީގު ފަށާއިރު ރަނގަޅަށް ފަށައިގަނެވޭނެ އެވެ.

މީގެ އިތުރުން ނިޒާމްބެ ބުނީ ދެ ޓީމު ފިޔަވައި ދެން ހުރި ޓީމުތައް ސީޒަނަށް ނުކުތީ ރަނގަޅު ޕްރީ ސީޒަނަކާ ނުލަ އެވެ. އެހެންކަމުން އެ ބްރޭކްގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ރަނގަޅު ޕްރީ ސީޒަނަކަށްފަހު، އެންމެ އެކަށީގެންވާ ގޮތުގައި ޓީމު ބައްޓަންކޮށްގެން ނުކުންނަން އެ ލިބެނީ އެންމެ ރަނގަޅު ވަގުތު ކަމަށް ވެސް ނިޒާމްބެ ފާހަގަ ކުރި އެވެ. އެހެންކަމުން ޓީމުގެ ފަރިތަކުރުންތައް މެދު ކަނޑާލުމަށް ބުރުން އެއްވެސް ވަރަކަށް ނުވިސްނާނެ ކަމަށާއި، ވިސްނުން ހުރީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސް ރަނގަޅު ޕްރީ ސީޒަނަކާއެކު ބްރޭކްގެ ބޭނުން ހިފަން ކަމަށް ނިޒާމްބެ ބުންޏެވެ.

ލީގުގެ ފުރަތަމަ މެޗުގައި ބުރުން ނުކުންނަ ޖެހެނީ ކުލަބު އީގަލްސްއާ ދެކޮޅަށެވެ. އެންމެ ފަހުން ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލްގައި ވެސް ބުރުން ވާދަކުރީ އީގަލްސްއާ އެވެ. އެ މެޗުން ބުރު ވަނީ ބަލިވެފަ އެވެ. އެކަމަށް އިޝާރާތްކޮށް ނިޒާމްބެ ބުނީ، އީގަލްސްއާ ދެކޮޅަށް ކުޅުނީ ނޮކްއައުޓް މެޗެއް ކަމަށާއި، އެ މެޗު ދިޔައީ ރަނގަޅަށް ކަމަށެވެ. އޭނާ ބުނީ ކުރިއަށް އޮތީ ލީގު މެޗެއް ކަމަށާއި، އެހެންކަމުން ބުރުން ނުކުންނާނީ އެކަންކަމަށް ވިސްނައިގެން ކަމަށެވެ. އީގަލްސް ޓީމާ ގުޅޭ ގޮތުން ނިޒާމްބެ ބުނީ، އެ ޓީމަކީ ޓެކްނިކަލީ ރަނގަޅު ކުޅުންތެރިން ތިބި ޓީމެއް ކަމަށާއި، އެ ޓީމަކީ ތަޖުރިބާ ބޮޑު ޓީމަކަށްވުމުން އެކަމަށް ބުރުން ސަމާލުކަން ދޭނެ ކަމަށެވެ.

ބުރުން އީގަލްސްއާ ދެކޮޅަށް ނުކުންނާނީ ހޯމަ ދުވަހުގެ ރޭ 21:00 ގައެވެ.

ދިވެހި ޕްރިމިއާ ލީގު 2023ބުރު ސްޕޯޓްސް ކްލަބްމުޙައްމަދު ނިޒާމް (ނިޒާމްބެ)

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި

ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި

02 ނޮވެމްބަރު 2025
އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ

އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު