Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
މީހުން
ގިއޯގީ ހާޖީ

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

މިހާރު މަސައްކަތް ކުރަނީ އޭނާ ފަދަ ހާޖީންތަކެއް އުފެއްދުމަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 7 މެއި 2023 | އާދީއްތަ 07:05
ގިއޯގީ ހާޖީ: ރޫމޭނިޔާގެ ކުރީގެ ކެޕްޓަން

ގިއޯގީ ހާޖީ: ރޫމޭނިޔާގެ ކުރީގެ ކެޕްޓަން

ފުޓްބޯޅައިގައި ރޫމޭނިޔާގެ އެންމެ ހާއްސަ ކާމިޔާބީ އަކީ 1994 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ކުއާޓާ ފައިނަލަށް ދިއުމެވެ. އެމެރިކާ އާއި ކޮލަމްބިއާ އަދި އާޖެންޓީނާ ބަލިކޮށް ކުއާޓާ ފައިނަލަށްދިޔަ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުމުންދިޔައީ ގިއޯގީ ހާޖީ އެވެ. އޭނާ އަކީ ރޫމޭނިޔޭ ދުށް އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ޓީމުގެ ތަރި އެވެ. 94 އަށް ފަހު، 1998ގެ ފަހުން ރޫމޭނިއާ ވޯލްޑްކަޕަށް ކޮލިފައިނުވެ އެވެ. ދެ ފަހަރެއްގެ މަތީން ޔޫރޯ އަށް ކޮލިފައިވި ނަމަވެސް އެ ދެ ފަހަރު ވެސް ގްރޫޕް ސްޓޭޖުން ފޭލްވީ އެވެ. މިހާރު ކުރިމަތީގައި އޮތީ އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވުމުގެ މަރުހަލާ އެވެ.

ހާޖީގެ މޮޅު ކުޅުމުގެ ސަބަބުން، ރޫމޭނިޔާގައި އޭނާ އަށް އޮތީ އާދަޔާހިލާފު ވަރުގަދަ ލޯތްބެކެވެ. މިލޯބި އުތުރު އަރައި، ރޫމޭނިޔާގެ "ރައީސް ކަމަށް ހާޖީ" މި ޝިއާރު ފުޓްބޯޅަ ދަނޑުތަކުގަ އާއި މުޅި ރޫމޭނިއާގައި ގުގުމާލި އެވެ. ނަމަވެސް 1996ގައި ބޭއްވި ރިއާސީ އިންތިހާބަށް ހާޖީ ކުރިމަލިނުލި އެވެ. މިވަރުންވެސް ބައެއް މީހުން ވޯޓުދިނީ އޭނާ އަށެވެ. ވޯޓު ކަރުހާދުގައި އެމީހުން ބޭނުން ދިމާލެއްގައި ހާޖީގެ ނަން ޖަހާފައި ފޮއްޓަށް ވައްޓާލީ އެވެ. ނަތީޖާ ގުނިއިރު އިންތިހާބުގައި ވާދަކުރި ބައެއް ކެނޑިޑޭޓުންނަށްވުރެ ގިނައިން ހާޖީއަށް ވޯޓު ވެސް ލިބުނެވެ.

29 އަހަރު އެންމެ މަތީ ފަންތީގައި ބޯޅަ ކުޅުމަށްފަހު ހާޖީ ރިޓަޔާކުރީ ތުރުކީގެ ގަލަޓަރަސަރާއީން 2001ގަ އެވެ. އޭނާ ވަނީ ސްޕޭނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ކުޅެ، ގައުމީ ޓީމަށް 124 މެޗުން 35 ގޯލު ޖަހައިދީފަ އެވެ. ރޫމޭނިޔާގެ ބައެއް މީހުންނަށް އެއީ އެމީހުންގެ މަރަޑޯނާ އެވެ. ރަސްގެފާނެވެ. 2004 ވަނަ އަހަރު ދުނިޔޭގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު 125 ކުޅުންތެރިން ނެގިއިރު ވެސް ހާޖީ ހިމެނުނެވެ.

ހާޖީ "ރަސްގެފާނު" ކުޅުން ހުއްޓާލުމަށްފަހު ބަދަލުވީ ކޯޗަކަށެވެ. އެންމެ ފުރަތަމަ ވެސް ގައުމީ ޓީމުގަ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި ދަނޑުމަތީގައި ހާޖީ ހެދީ ބޭނުން އެއްޗެއް ހެދުމުން އޭނާގެ ބެލުމުގެ ދަށުން ގައުމީ ޓީމު ކުރިބޯއްޓާ ހަމައަށް ދަތުރުކުރާނެ ކަމަށް އެތައް ބަޔަކު ޔަގީންކުރި އެވެ. އެހެން ނުވާންވީ ސަބަބެއްވެސްނެތވެ. ހީނުކުރާކުފާ ފަދަ ދަނޑިވަޅުތަކުގައި ނެތި ބާރު ޝޮޓްތަކާއި، ލަފާނުކުރެވޭ ދިމަދިމާލުން ފޮނުވާލި މޮޅު ޕާސްތަކުން އެހެން ކުޅުންތެރިން ލައްވައި ކުޅުވައިދިނުމުގައި ހާޖީ ވަރެއްނެތެވެ. މިހެންވެ އޭނާގެ ފުށުން ޝަހުސިއްޔަތު ފެނިގެންދިޔަކަމަށް ހާޖީ ވެސް ގަބޫލުކުރެ އެވެ. އެކަމަކު ކޯޗެއްގެ ގޮތުގައި އޭނާގެ ފުރަތަމަ ފެނިލުން ވެސްވީ ނާކާމިޔާބެވެ. ސްލޮވީނިއާއަތުން ވޯލްޑްކަޕް ކޮލިފައިންގައި ބަލިވި އިރު އެކަންވީ 86ގެ ފަހުން ރޫމޭނިޔާ އަށް ކުރިމަތިވި އެންމެ ހިތްދަތި އެއް ނަތީޖާއަށެވެ.

ތުރުކީގެ ގަލަޓަސަރާއީ އާއި ބާސަސްޕޯ އަދި ރޫމޭނިއާގެ ސްޓުއާ ބުކަރެސްޓްގައި ވެސް ކޯޗެއްގެ ގޮތުގައި ހާޖީއަށް ޖާދޫ ނުދެއްކުނެވެ. އޭނާ ވިސްނުން ބަދަލުކޮށްލަންޖެހުނީ މި ހިސާބުންނެވެ. ބޭނުންވީ އަމިއްލަ ކޮންޓްރޯލް އޮންނަ ޓީމެއް ހަދާށެވެ. މިހާރު އޭނާ އަކީ ރޫމޭނިޔާގެ ޕްރެމިއާ ލީގުގައި ކުޅޭ ފަރުލް ކޮންސްޓަންޓާގެ ވެރިޔާ އަދި ކޯޗެވެ. އެ ޓީމު މިވަގުތު އޮތީ ތާވަލުގެ އެންމެ ކުރީގަ އެވެ. މި ހިސާބަށް ހާޖީ ދަތުރުކުރީ ކިހިނެތް ހެއްޔެވެ؟

ނާކާމިޔާބީތަކަކަށް ފަހު ހާޖީ އޭނާގެ އުފަން ސަރަހައްދަށް ދިރިއުޅުން ބަދަލުކުރީ 2009ގަ އެވެ. ކަޅުކަނޑުގެ އައްސޭރީގައިވާ ކޮންސްޓަންޓާގައި އޭނާ ފެށީ ފުޓްބޯޅަ އެކަޑަމީއެކެވެ. ނަމަކީ ހާޖީ އެކަޑަމީ އެވެ. ފުޓްބޯޅަ ކުޅެގެން އޭނާ އަށް ލިބުނު ފައިސާގެ ވަރަށް ބޮޑުބައެއް އިންވެސްޓްކުރީ ވެސް މިތަން ތައްޔާރުކުރުމަށެވެ. ގާތްގަނޑަކަށް 10 މިލިއަން ޑޮލަރަށްވުރެ ގިނ ފައިސާ ހޭދައެއްކޮށްގެން ހުޅުވި އެކަޑަމީގެ ބޭނުމަކަށްވީ ހާޖީފަދަ ރޫމޭނިއާ ފަހުރުވެރިކޮށްދޭނެ އެތައް ހާޖީންތަކެއް އުފެއްދުމެވެ.

އެކަޑަމީ އަށް އިންވެސްޓްކުރުމާއެކު އާމްދަނީ ހޯދުމަށް ހާޖީ ވަނީ ކޮންސްޓަންޓާގައި ހޮޓަލެއްވެސް ހުޅުވައިފަ އެވެ. މިހޮޓަލަކީ އޭނާގެ އަންހެނުންނަށްކުރި ހަދިޔާއެކެވެ. ހޮޓަލަށް ނަންކިޔާފައިވަނީ ހާޖީގެ ދެ ދަރިން ކަމަށްވާ އިއާނިސް އާއި ކިރާގެ ނަމުގެ ކުރީ ދެ އަކުރު ބޭނުންކޮށްގެންނެވެ. ނަމަކީ އިއާކީ އެވެ.

ހާޖީ އޭނާގެ އެކަޑަމީ ފެށީ 200އަށްވުރެ ގިނަ ކުދިންނާއި 100 އަށްވުރެ ގިނަ މުވައްޒަފުންނާއެކުގަ އެވެ. ކޮންމެ ދުވަހަކު ވެސް އޭނާގެ ސްޓާފުންނާއެކު ކަސްރަތަށް ކުޅެއުޅޭއިރު ރަންޒަމާނުގެ ޕާސްތަކާއި ފްރީކިކްތައް ޕްރެކްޓިސްކުރެ އެވެ. މިމަންޒަރުތަކުން އެތައް ބަޔަކު ހިތަށް ފިނިކަން ހޯދާއިރު ހާޖީގެ މި ކިއްލާގައި އޭނާ އަކީ ރަސްގެފާނެވެ. ޅަކުދިން ކޮންމެ ދުވަހަކު އޭނާ ހުރަސްކޮށްފައި ދަނޑަށް ނުކުންނަނީ ޝުކުރުވެރިކަމާއެކު އުފާވެރި މޫނަކާއިންގެންނެވެ.

ހާޖީގެ އެކަޑަމީގެ ގްރެޖުއޭޓުންނަށް ވާދަވެރި ފުޓްބޯޅައިގެ ފުރުސަތު ހޯދުމަށް އޭނާ އެޅި ފިޔަވަޅަކީ ރޫމޭނިޔާގެ ތިން ވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ވިއެޓޯރަލް ކޮންސްޓަންޓާގެ ނަމުގައި މުބާރާތްތަކުގައި ވާދަކުރަން ފެށުމެވެ. އެންމެ ދެ އަހަރު ތެރޭގައި ތަށި ހޯދައި ރޫމޭނިޔާގެ އެންމެ މަތީ ލީގަށް ހާޖީގެ ޓީމު ކޮލިފައިވި އެވެ. މިއަށްފަހު 2021 ވަނަ އަހަރު އޭނާގެ އެކަޑަމީ ޓީމު ވަނީ ކޮންސްޓަންޓާގެ އެންމެ ތަރުހީބުބޮޑު އެއް ޓީމު ކަމަށްވާ ފަރުލް ކޮންސްޓަންޓާއާ ގުޅި، އެ ޓީމުގެ ނަމުގައި ވާދަކުރަން ފަށައިފަ އެވެ. 1903 ވަނަ އަހަރު އުފެއްދި މި ކުލަބަކީ ހާޖީގެ ވެސް ފެށުން އައި ކުލަބެވެ. އޭނާގެ ކޯޗުކަމުގައި މިކުލަބު މިވަގުތު އޮތީ ރޫމޭނިޔާ ލީގުގެ އެއްވަނާގަ އެވެ. މިއާއެކު ޓީމުގެ ބައެއް ކުޅުންތެރިންނަށް ޔޫރަޕުގެ ގަދަ ލީގުތަކުން ފުރުސަތު ލިބުމުން، ފަސްނުޖެހި ހާޖީ ވަނީ އެކުޅުންތެރިން ދާން ދޫކޮށްލައިފައެވެ. އިނގިރޭސިވިލާތުގެ ބްރައިޓަން އާއި ސްކޮޓްލޭންޑްގެ ރޭންޖާސް އަދި ނެދަލޭންޑްސްގެ އަޔެކްސް އާއި އިޓަލީގެ ފިއޮރެންޓީނާ އަށް ކުޅުންތެރިން ފޮނުވުމުގެ ބޭނުމަކީ މަތީފަންތީގައި މެޗުތަޖުރިބާ ހޯދުމެވެ. ނަތީޖާއެއްގެ ގޮތުން ރޫމޭނިޔާގެ ގައުމީ ޓީމުގެ ދެބައިކުޅެ އެއްބައި ކުޅުންތެރިންނަކީ މިހާރު ހާޖީގެ އެކަޑަމީން ތަމްރީނުވި ކުޅުންތެރިންނެވެ. ޖޫނިއާ ޓީމުތަކުގައި ވެސް އޭނާ ތަމްރީނުކޮށްދިން ކުޅުންތެރިން ބައިވަރެވެ.

ޔޫރަޕަށް ފޮނުވި ކުޅުންތެރިންގެ ތެރެއިން އެންމެ ވިދުން ގަދަ އެއް ކުޅުންތެރިއަކީ ހާޖީގެ ދަރިފުޅު އިއާނިސް އެވެ. ފިއޮރެންޓީނާ އާއި ގެންކަށް ކުޅުމަށްފަހު 24 އަހަރުގެ ދަރިފުޅު ރޭންޖާސް އަށް ގެންދިޔައީ އެ ޓީމުގެ ކުރީގެ ކޯޗު ސްޓީވަން ޖެރާޑަށް ކަމުގޮސްގެންނެވެ. ހާޖީގެ އުއްމީދަކީ އޭނާގެ ދަރިފުޅު ޕްރެމިއާ ލީގުގައި ކުޅޭތަން ދުށުމެވެ.

އިނގިރޭސިވިލާތުގެ ޓޮޓެމްހަމާއި ނިއުކާސަލްއިން 1990ގެ ތެރޭގައި ހާޖީ ލައްވައި ކުޅުވަން މަސައްކަތް ކުރި އެވެ. އެކަމަކު އެފުރުސަތުދޫކޮށް އޭނާ ދިޔައީ ސްޕޭނުގެ ބާސެލޯނާ އަށެވެ.

އުމުރުން މިހާރު 58 އަހަރު ހާޖީ ވަނީ އޭނާގެ ކެރިއަރުގެ އުކުޅުތަކާއި ދަސްކުރި ކަންކަމާއި ގުޅޭ ފޮތެއް ވެސް ލިޔެފަ އެވެ. މިފޮތުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ފުޓްބޯޅައިގެ އަސާސީ ހުނަރުތައް ޅައުމުރުގައި ދަސްކުރަންޖެހޭ ކަމަށެވެ. މިފޮތް އޭނާގެ އެކަޑަމީގެ ކޮންމެ ކުއްޖަކު ވެސް ކިޔަންޖެހެ އެވެ. އެތަނުގެ އެންމެ މައި މުގައްރަރަކީ ވެސް މިފޮތެވެ.  

ހާޖީ ވަނީ އޭނާގެ އެކަޑަމީހުރި ކޮންސްޓަންޓާ އޭރިއާގައި 20000 މީހުންގެ ސްޓޭޑިއަމެއް ވެސް ބިނާކޮށްދޭން ވައުދުވެފަ އެވެ. އެއީ މިހާރު އެސަހަރުގައި އޮތް ދަނޑުގެ ޖާގައަށްވުރެ ހަތަރުގުނަ ބޮޑުތަނެކެވެ. 2025 ވަނަ އަހަރު ނިންމަން އަމާޒުހިފާފައިވާ މިސްޓޭޑިއަމަށް ރޫމޭނިއާ ސަރުކާރުން 100 މިލިއަން ޔޫރޯ އިންވެސްޓްކުރާނެ އެވެ.

"އަހަރެން މިތަނަށް ދިރިއުޅެން އަލުން އައީ މިއީ އަހަރެން އުފަންވި ހިސާބަށްވުމުން. ފަރުލް އަކީ އަހަރެން (ފުޓްބޯޅައަށް) ނެރެދިން ކުލަބު. އަހަރެން މަސައްކަތް މިކުރަނީ މިތަނުން ޗެމްޕިއަނުންތަކެއް އުފެއްދުމަށް. އަހަރެން ގަބޫލުކުރަން މިތަނުން ރޫމޭނިޔާގެ ފުޓްބޯޅައަށް މޮޅު ކުޅުންތެރިންތަކެއް ނެރެވޭނެކަމަށް. ކަމެއް ކާމިޔާބުކުރާނަމަ އެކަމަށް ގަދަ އަޅައި މަސައްކަތްކުރަންވާނެ. އަދި ފުރިހަމަ ޔަގީންކަން އޮންނަންވާނެ. އެހެންނޫނީ ކާމިޔާބެއްނުވާނެ،" ހާޖީ ބުންޏެވެ.

ކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

25 ޖުލައި 2024
ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

20 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު