Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޝިހާބަށްވެސް ސަރުކާރު ގޯސްވާނީ މަގާމުން ވަކިކުރީމަތަ؟

އަމްރުއާއި ޝިފާޒްވެސް ބަސްވިދާޅުވާން ފެއްޓެވީ މަގާމުން ވަކިކުރެއްވިފަހުން

ރާއްޖެ އެމްވީ | 6 މެއި 2023 | ހޮނިހިރު 15:29
ރައީސްގެ އެޑްވައިޒަރަކަށް އައްޔަނުކުރެއްވި ޝިހާބު، ފިކުރެއްގެ ދިރުމާއެކު ގާސިމްގެ އަރިހުގައި

ރައީސްގެ އެޑްވައިޒަރަކަށް އައްޔަނުކުރެއްވި ޝިހާބު، ފިކުރެއްގެ ދިރުމާއެކު ގާސިމްގެ އަރިހުގައި

އެއް އުރައެއްގައި ދެކަނޑިއަކަށް ނޯވެވޭނެއެވެ. ހިތާނުވާ މީހަކާއެކު ދިރިއުޅުމެއް ބާއްޖަވެރިކުރުމަކީވެސް ފަސޭހަ ކަމެއް ނޫނެވެ. ހަމަ އެބީދައިން ބަލާއިރު، ސިޔާސީގޮތުން ޚިޔާލު ތަފާތުވެ މުޅިން ދިމާ އިދިކޮޅު ވިސްނުން ގެންގުޅޭނަމަ އެކުގައި ކުރިއަށްދިއުމަކީ ވާނޭ ކަމެއް ނޫނެވެ.

އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ ނިމިދިޔައީ ވަރަށް ވާދަވެރިކޮށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރެއްވީ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ހެޔޮވަރު ވަރަކަށް އޮތީ ޕާޓީ ދެބައިވެފައެވެ. އޭގެތެރޭގައި އާންމު މެންބަރެއް އިސްތިސްނާއެއް ނުވެއެވެ. ޚާއްސަކޮށް، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވައިގެންވެސް ރައީސް ނަޝީދަށް ތާއީދުކުރައްވައި އެމަނިކުފާނުގެ ކެމްޕެއިންގައި ފާޅުގައި އުޅުއްވިއެވެ. އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމުން، އިދިކޮޅު ޕީޕީއެމުންވެސް ނުގޮވާހައި އެއްޗެހި ސަރުކާރަށް ގޮވައިނެގިއެވެ. އެކަމަކު އެއިން އެއްވެސް މަގާމެއްގައިހުރި ސިޔާސީ މުވައްޒަފަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަކިކުރައްވާފައެއް ނުވެއެވެ.

އިންތިޚާބު ނިމުނީއެވެ. އެތެރޭގެ ބާރުގަނޑު ފައިބައިގެން ދިޔައީއެވެ. އެމްޑީޕީގެ އަސާސީ ގަވާއިދުވެސް އަދި ޑިމޮކްރަސީގެ ރީތި އުސޫލަކީވެސް، ބަލިވީމާ، މޮޅުވާ މީހާގެ ފަހަތަށް އެރުމެވެ. ތަފާތަކީ އެމަންޒަރެއް ނުފެނުމެވެ. އެންމެ އަޑުހަރުކޮށް އެހެން ވިދާޅުވަމުން ގެންދެވި ރައީސް ނަޝީދު އިސްވެ ހުންނަވައި ރައީސް ސޯލިހާ ސީދާ ދެކޮޅަށް ނުކުންނެވީއެވެ. އެމަނިކުފާނާއެކު އަދިވެސް ސަރުކާރުގެ މަގާމުތަކުގައި (ޚާއްސަކޮށް އިސް މަގާމުތަކުގައި) ތިއްބެވި ބޭބޭފުޅުން އަދިވެސް އުޅުއްވައެވެ.

ރައީސް ސޯލިހް މިހާރުވެސް ވެރިކަން ކުރައްވަމުން ގެންދަވާ ކޯލިޝަންގެވެސް އަދި އެމްޑީޕީގެވެސް އެންމެބޮޑު އެއް ކަންބޮޑުވުމަކީ އެއީއެވެ. ދެކޮޅުގައި ފައި އަޅުއްވައިގެން ނޫޅުއްވޭނެކަމެވެ. ޚާއްސަކޮށް އެމްޑީޕީގެ އަސާސީ ގަވާއިދާ ޚިލާފަށް ހަރަކާތްތެރިއެއް ނުވެވޭނެކަމަށެވެ.

ރައީސް ސޯލިހް އަދިވެސް ކެތްކުރައްވަނީއެވެ. ކޯލިޝަން ދެމެހެއްޓުމަށާއި ބޮޑު ހައިޖާނެއް އުފެދުނަނުދިނުމަށެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވާގޮތުންނަމަ "ރިއެކްޓް" ކުރައްވަންޖެހޭ އެންމެ ރަނގަޅު ވަގުތުގައި ރިއެކްޓް ކުރައްވާނެއެވެ. އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެއެވެ.

ރައީސް އެޅުއްވި އެފަދަ އެއް ފިޔަވަޅެއްގެގޮތުގައި ހިމެނުނީ، އެސްޓީއޯގެ އެމްޑީކަމުން ހުސައިން އަމްރު ވަކިކުރެއްވުމެވެ. އަމްރު ވަކިކުރެއްވުމުން އެމަނިކުފާނާމެދު، ރައީސް ނަޝީދަށް ތާއީދުކުރާ މީހުން ނުރުހުނެވެ. ނަމަވެސް ކޯލިޝަނާއި އެމްޑީޕީގެ އުސޫލުތަކަށް ތާއީދުކުރާ މީހުން އެމަނިކުފާނުގެ އެ ނިންމެވުމަށް ތައުރީފްކުރިއެވެ.

ދައްކާން މިއުޅެނީ މި ވާހަކައެއް ނޫނެވެ. އެސްޓީއޯގެ އެމްޑީކަމުން ވަކިކުރައްވަންދެން އަމްރުއަށް ސަރުކާރުގެ މައްސަލައެއް ނުފެނެއެވެ. ކުރައްވަން އުޅުއްވިކަމެއް ސަރުކާރުގެ ސަބަބުން ނުކުރެއްވި އޮތްކަމަކަށް ހާމައެއްވެސް ނުކުރައްވައެވެ. ސަރުކާރު ހަމަ ބަރާބަރެވެ. އެކަމަކު ހަމަ ވަކިކުރެއްވުމާއެކު ހީވީ އެހެންފަދަ ކަމެއްހެންނެވެ. އެސްޓީއޯ ހިންގާން ދަތިވާވަރު އޮތީ ސަރުކާރުގެ ސަބަބުން ވެފައެވެ. ކުރަން އުޅުނު ކިތަންމެ ކަމެއް އޮތީ ސަރުކާރުން އެއްބާރުލުން ނުދީގެން ނުވެއެވެ. އަމްރުފަދަ ބޭފުޅަކު ފާޑުވިދާޅުވެ، ދައްކަވަންނުވާ މިންވަރަށް އަމްރުގެ ބަސްމަގު ދިޔަކަމަށް ބުނެ ބައެއް އާއްމުންވެސް އަމްރުއަށް ފާޑުކިޔެވެ. އެކަމަކު އަމްރުއަކަށް އޭގެ ކުރިން ސަރުކާރު ދޫކޮށްލާކަށް ނުކެރުނެވެ. ގޯސްވެގެން އަމިއްލައަށް އިސްތިއުފާދެއްވާފައި ނުކުމެވަޑައިގެން ސަރުކާރަށް ފާޑުވިދާޅުވާކަށް ކެރިވަޑައެއްނުގެންނެވިއެވެ. ސަރުކާރު ގޯސްވީ އެމަގާމުން ދުރުކުރުމުންނެވެ. ދެކޮޅަށް ބަސްވިދާޅުވާން ފެއްޓެވީވެސް އޭގެފަހުންނެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒްވެސް ކަންކުރެއްވީ ހަމައެގޮތަށެވެ. މަގާމުން ވަކިކުރައްވަންދެން، ފާޅުގައި ބަސްވިދާޅުވެ ނޫޅުއްވައި ހުންނެވީ މަގާމުގައި ހަނެވެ. ސަރުކާރު ގޯސްވެ ބަސްވިދާޅުވާން ފެއްޓެވީ މަގާމުން ވަކިކުރެއްވުމުންނެވެ.

މިހާރު އެންމެ ހިނގާ އެއް ޚަބަރަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރު، މުހައްމަދު ޝިހާބު ހިމެނޭ ގޮތަށް "ފިކުރެއްގެ ދިރުން" ފެކްޝަނުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އަނެއްކާވެސް ބައްދަލުކުރެއްވި ޚަބަރެވެ.

އަދިވެސް ޝިހާބު ހުންނެވީ މަގާމުގައެވެ. ރައީސް ނަޝީދުގެ އެބުނާ ދިރުމާއެކު ގާސިމް އިބްރާހީމްގެ ޓީމާ ސިއްރު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތަސް ފާޅުގައި ސަރުކާރަށް ބަސްވިދާޅުވެއެއް ނޫޅުއްވައެވެ. އަދިވެސް ހުންނެވީ ވަޒީފާގައެވެ. މުސާރަވެސް ބަރާބަރަށް ހިނގައެވެ. ސުވާލަކީ ޝިހާބަށްވެސް ސަރުކާރު ގޯސްވާނީ މަގާމުން ވަކިކުރާ ހިސާބުން ބާއެވެ. ޝިހާބުގެ ޝުއޫރުތައް ބަންޑުން ކުރަން ފައްޓަވާނީ ވަޒީފާއިން ވަކިކުރެއްވީމާބާވައެވެ؟! އެހެންކަމަށް ވާނަމަ، އެއީ ބަލައިގަންނަން ދަތިވާނެ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު