Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

"ބާޒުތައް" ޕީޕީއެމް ތެރެއަށް ވަދެގަންނަ ތަޅުދަނޑިއަކަށް "ޗާގޯސް"

ޗާގޯސް މައްސަލައިގެ ނިވައިފަތްގަނޑުގައި ތިބެގެން، ނަގަނީ ސިޔާސީ ފައިދާއެއް

ރާއްޖެ އެމްވީ | 6 މެއި 2023 | ހޮނިހިރު 11:23
"ބުންވަރު"ގެ ނަމުގައި އިދިކޮޅުގެ ހިނގާލުމެއް

"ބުންވަރު"ގެ ނަމުގައި އިދިކޮޅުގެ ހިނގާލުމެއް

ރައީސް ޔާމީން ވިދާޅުވީ ވަރަށް ހޭލައި ތިބެން ޖެހޭނެ ކަމަށެވެ. "މިނިކާ ބާޒުތަކެއް" ޕީޕީއެމް ތެރެއަށް ވަދެގަންނާނެ ކަމަށެވެ.

ޔާމީން އެ އިޝާރާތްކުރެއްވި ކަމަށް ބެލެވެނީ ރިޔާސީ އިންތިޚާބުގެ ޓިކެޓްގެ ބޭނުމަށް، ދުރުގައި ތިބި އެތައް ބަޔަކު ޕީޕީއެމްތެރެއަށް ވަދެގަންނާނެކަމެވެ. އަދި އޭގެތެރޭގައި، ޔާމީނަށް ނާކާމިޔާބުވެވަޑައިގެންނެވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެކި ގޮތްގޮތުން ލަނޑުދިން މީހުން އޭގައި ހިމެނޭނެކަމަށެވެ. އެކަމަކު ޕާޓީ އޮންނާން ޖެހޭނީ ވަރަށް ބޮޑަށް އެކަމަށް ހޭވެރިވެ ރައްކާތެރިވެގެން ކަމަށެވެ.

ޔާމީން އެ ވިދާޅުވިގޮތަށް އެމަނިކުފާނު ދިގު ހުކުމެއްގައި ބަންދުވުމާއެކު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައިން ގެއްލުނު ބައެއް ބައެއް މޫނުތައް ފެންނާންފެށިއެވެ. ޕާޓީތެރެއިން ބައެއް މާތައް ފޮޅެން ފެށިއެވެ. އެކަމަކު އެފަހަރު ސުޕްރީމް ކޯޓާ ހަމައިން މިނިވަން ވުމުން އަނެއްކާވެސް އެބައެއްގެ ކުލަ ފަނޑުވިއެވެ.

މިފަހަރު މިއޮތީ އެހެން ގޮތަކަށް އެވިދާޅުވާ "ބާޒުތައް" ވަންނަން އުޅޭކަމުގެ ކޮޅުމަތި ފެންނާން ފަށާފައެވެ.

މާ "ވައިގާ ހިފާ" ގޮތަކަށް ޕީޕީއެމަކަށް އިންޑިއާ އައުޓެއް ނުޖެއްސުނެވެ. ކުރުކޮށް ބުނާނަމަ، އެކަން ދިޔައީ ތޮޅިއަށެވެ. އަނެއްކާވެސް އެނޫން ވާހަކައެއް ދައްކައިގެން ސަރުކާރު ޕްރެޝަރަށް ވައްޓާލުމަކީ އިދިކޮޅު ޕީޕީއެމުން ނުހަނު ބޭނުންވާ ކަމެކެވެ. އެވިސްނުމުގައި ތިއްބައި ޗާގޯސް މައްސަލަ މިވަގުތައް ފެންމަތިވުން ޕީޕީއެމަށްވީ ރަނގަޅު ފުރުސަތަކަށެވެ. ރަނގަޅަށް ކައްކުވާލެވިއްޖެނަމަ މިއީ ރަނުގެ ޗާންސެކޭ ޕީޕީއެމަށް ހީވިއެވެ. އަދި މިކަމުގައި ފޯރި ގަދަކުރުމަށް، ސަރުކާރާ ފޭގައި ތިބި އެންމެންގެ މަދަދު ލިބޭނޭކަމަށް ބަލައި އެ މަދަދު ހޯދުމަށް އަވަސްވެގަތެވެ.

އެކަމަކު ފެންނަ ފެނުމަށް ކަމުގެ މިސްރާބު މިވަނީ މުޅިން ބަދަލުވެފައެވެ. ޕީޕީއެމްގެ އަމާޒަކީ ސަރުކާރު ޕްރެޝަރަށް ވައްޓައިލުންކަމަށް ވީނަމަވެސް، ޗާގޯސް މައްސަލާގައި ޕީޕީއެމްތެރެއަށް ވަދެގަތް ފަރާތްތަކުގެ ލަނޑުދަނޑިއަކީ އެއެއް ނޫނެވެ. ބޭއްވި ޕްރެސް ކޮންފަރެންސުންވެސް ވަރަށް ރަނގަޅަށް އެމަންޒަރު ހާމަވެއެވެ. ލީޑް ކުރެއްވި މުނައްވަރަކީ 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ބޭފުޅެކެވެ. ޕީޕީއެމްގެ ތާއީދަކީ މުނައްވަރަށް މުހިއްމު އެއްޗެކެވެ. ޕްރެސްގައި އާޒިމާއަށްވެސް ފާޑުވިދާޅުވަމުން މުނައްވަރު އޭނާގެ ވަރުގަދަކަން ދައްކަވަމުން ގެންދެވިއިރު، އަސްލު ޕީޕީއެމް މީހުން ތިބީ "ކޯނަރ" ކުރެވިފައެވެ. އެ ޕްރެސްއިން ލައްކަ ފައިދާ ނެންގެވުމަށް މުނައްވަރު މަސައްކަތްކުރެއްވިއިރު، ރައީސް ޔާމީން ޖަލުގައި އޮންނަވަންޖެހުމާއި ރިޔާސީ ޓިކެޓަށް ޕާޓީ ތެރެއިން ކުރާ ހަނގުރާމައިން މުނައްވަރަށް ނެންގެވެން އޮތް އެޑްވާންޓޭޖް ބޮޑުކަމަށް ގަބޫލުކުރެއްވޭހެން ހީވެއެވެ.

މުނައްވަރާ އެއްހަމައެއްގައި ފައިހަމަކުރެއްވޭތޯ ބެއްލެވީ އާޒިމާ ޝަކޫރެވެ. ހުރިހާ ސަރުކާރުތަކެއްގައި ކަހަލަ ގޮތަކަށް އާޒިމާގެ ދައުރު ހުރިގޮތް ނޭނގޭ މީހަކު ވޮށް އަލިވާ ހިސާބުގައި އުޅޭނެހެންނެއް ހިއެއްނުވެއެވެ. މޮޅުކަން ދައްކަވައިގެން މަތީ ފަޑިއަށް އެރުއްވީކީ ތިޔަހެނެއް ނޫނެވެ. ރައީސް ޔާމީން މަގުން ކައްސާލުމުގެ އެއް އެއް އާރުކާޓީގެ ގޮތުގައި ބައެއް މީހުން އާޒިމާ ސިފަކުރަނީ އެދުވަސްވަރު ދެއްވި ގާނޫނީ ލަފާތަކުގެ ސަބަބުންނެވެ. ދުވަސްތަކެއް ވަންދެން ނުފެނި ހުންނަވާފައި މިފަހަރުވެސް ޕީޕީއެމްތެރެއިން ހިންދެމިލެއްވުމަކީ އާޒިމާގެ ހުވަފެންފުޅަކަށް ވެދާނެއެވެ.

ގާސިމް ފޮނުއްވައިގެން އަލީ ހުސައިންވެސް އެކުރައްވަނީ ކުޑަ މަސައްކަތެއް ނޫނެވެ. ޔާމީނަށް ކުރިމަތިނުލެއްވިއްޖެނަމަ ޕީޕީއެމްގެ ވޯޓުތައް ގާސިމަށް ލިބިވަޑައިގަތުމަކީ ދެކެވައިގަންނަވާ ބޮޑު ހުވަފެނެކެވެ. އެހެންކަމުން އަލީ ހުސައިން ލައްވައި ގާސިމްވެސް އެކޮށްޓަވަނީ ވަރުގަދަ މަގެކެވެ.

އެމްއެންޕީގެ އުޝާމްވެސް އެ ކުޅުއްވަނީ ވަރުގަދަ ސިޔާސީ ގޭމެކެވެ. ނާޒިމްގެ ކެމްޕޭނުގެ ބައެކެވެ. ޕީޕީއެމާ ގުޅިގެން ކުރިއަށްދެވިއްޖެނަމަ އާޚިރުގައި ނާޒިމަށް ޕީޕީއެމްތެރެއަށް ވަދެވަޑައިގަތުމަށް ދޮރެއް ހޯއްދެވުނުކަމަށް ވެދާނެއެވެ.

ޕީޕީއެމުން މިހާރު އެބައްދަލުކުރީ އުމަރު ނަސީރާއެވެ. "ހުދު ވަލުގެ" ގޮތުގައި މަޝަހޫރުވެ، ޔާމީނާ ފެއަށް ޖެހިވަޑައިގެން ހުންނަވައި، އަނެއްކާވެސް ވަގުތުގެ ބޭނުން ހިއްޕަވަނީއެވެ. މުޅިން އެހެން ނަމެއްގައި ނުކުންނަވައި ޕީޕީއެމްގެ ފޯރި ހިއްޕުވާލައްވަނީ ކަމަށް ބެލެވެއެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާއިރު، އެކަމަށް ޕީޕީއެމްގެ އަތެއް ހޯއްދެވުމަކީވެސް ދުރުކަމެއް ނޫނެވެ.

ދީނީ ޖަމްއިއްޔާއެއްގެ ގޮތުގައި ޓެގް އަޅުވާފައި އޮތަސް ކުޑަވަރެއްގެ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާ ސަލަފް ޖަމްއިއްޔާވެސް މިކަމުގެ ތެރޭގައި މުގޯލި އަޅަން ފަށައިފިއެވެ. ގާސިމާއެކު މަޝްވަރާތައް ކުރެވުނަސް، އަންނަ ސަރުކާރެއްގެ ތެރޭގައި ހިމެނުމަށް ކުރާ މަސައްކަތުގެ ތެރެއިން ޕީޕީއެމްތެރެއަށް ދެމިގަތުމަކީ އެމީހުންގެވެސް މަގުސަދެއްކަމުގައި ވެދާނެއެވެ.

ކޮންމެއަކަސް ފެށިގެން މިއުޅެނީ މުޅިއަކުން ޗާގޯސް މައްސަލައެއް ނޫނެވެ. އަދި ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިގެންނެއްވެސް ނޫނެވެ. ސިޔާސީ ބޭނުންތަކެއް ހާސިލްކުރުމުގެ މަސައްކަތެކެވެ. ޕީޕީ ތެރެއަށް ވަންނަ ބާޒުތަކެއްގެގޮތުގައި، ރައީސް ޔާމީނަށް ކުރިމަތިނުލެއްވިއްޖެނަމަ، ފައިދާގަނޑެއް ނެގުމުގެ ދުރުރާސްތާ ތަސައްވުރެކެވެ. ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއެކެވެ. އޭގެ ތަޅުދަނޑިއަކީ ޗާގޯސް ކަމަށް ދައްކައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމް އޮފީހާއި އިސްލާމިކް މިނިސްޓްރީގެ ޕްރިންޓަރުތަކުން ދެލި ހުސްވީތޯ؟ އެއޮތް ދައްކަނީ ލާދީނީ ވާހަކަ!

ޕީޕީއެމް އޮފީހާއި އިސްލާމިކް މިނިސްޓްރީގެ ޕްރިންޓަރުތަކުން ދެލި ހުސްވީތޯ؟ އެއޮތް ދައްކަނީ ލާދީނީ ވާހަކަ!

04 ޖެނުއަރީ 2018
ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

19 އޮކްޓޯބަރު 2017
ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

15 އޮކްޓޯބަރު 2017
ޕީޕީއެމްގެ "އާ ކުކުޅުތަކަކަށް" ގާބިހެއް އެޅުން

ޕީޕީއެމްގެ "އާ ކުކުޅުތަކަކަށް" ގާބިހެއް އެޅުން

05 އޮކްޓޯބަރު 2017
ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު