Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުރީދޫ ފަން ރަން

އުރީދޫ ފަން ރަން ކުޅުދުއްފުށި: 3000 އަށް ވުރެ ގިނަ ބައިވެރިންނާއެކު އަތޮޅުތެރޭގައި ބޭއްވުނު އެންމެ ބޮޑު ދުވުން

6 މެއި 2023 | ހޮނިހިރު 05:05

މި ދުވުމުގައި ހދ. އަތޮޅުގެ އެކި ކަންކޮޅުތަކުން އެކި އުމުރު ފުރައިގެ ބޭފުޅުން ބައިވެރިވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 މެއި 2023 | ހޮނިހިރު 05:05
މިއީ މިހާތަނަށް އަތޮޅުތެރޭގައި ބޭއްވުނު އެންމެ ބޮޑު ދުވުން

މިއީ މިހާތަނަށް އަތޮޅުތެރޭގައި ބޭއްވުނު އެންމެ ބޮޑު ދުވުން

އުރީދޫ މޯލްޑިވްސްއިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން، އުރީދޫ ފަން ރަން މިއަދު ކުޅުދުއްފުށީ ސިޓީގައި ބާއްވައިފިއެވެ.

3000 އަށް ވުރެ ގިނަ ބައިވެރިންނާއެކު މިއަދު ކުޅުދުއްފުށީގައި ބޭއްވި ދުވުމަކީ މިހާތަނަށް އަތޮޅުތެރޭގައި ބާއްވުނު އެންމެ ބޮޑު ދުވުމެވެ. ކުޅުދުއްފުށީ ސިޓީގައި މިއަދު ބޭއްވުނު މި ދުވުމުގައި ހދ. އަތޮޅުގެ އެކި ކަންކޮޅުތަކުން އެކި އުމުރު ފުރައިގެ ބޭފުޅުންވެސް ބައިވެރިވެ އުފާވެރި އަދި ހަނދާން ނައްތާނުލެވޭ ފަދަ ހަރަކާތަކަށް ވެގެންދިޔައެވެ.

Advertisement - newsAdvertisement

ދުވުން ފެށިގެން ދިޔައީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އާއި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދް އާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރް އާއި ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް އާއި މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް އާއި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އާއި ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމް ހިމެނޭހެން ދުވުންތެރިންނާއެކު ނެގުނު ކުލަ ގަދަ ސެލްފީ އަކުންނެވެ.

އުރީދޫ ފަން ރަން އަކީ ހަމައެކަނި ދުވުމުގެ އިތުރުން އުފާވެރި އަދި މަޖާ ހަރަކާތްތަކެއް ހިމެނޭ ދުވުމެކެވެ. މިއީ ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއެއް އާލާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. ދުވުންތެރިން ދުވެ ނިންމާ ކޮންމެ ކިލޯމީޓަރަކީ ކުލަތަކާއި، އިންފްލޭޓަބަލް އޮބްސްޓެކަލްސް، ފޯމް ޕާޓީއެއް ފަދަ މަޖާ ހަރަކާތްތަކާއެކު ބައިވެރިންނަށް މި ދުވުމަކީ ކަސްރަތުގެ އިތުރުން އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިވެގެން ދިޔަ ދުވުމެކެވެ. އެހެންކަމުން މި ދުވުމުގައި ހުރިހާ އުމުރު ފުރައެއްގެ ފަރާތްތަކަށް އަދި ދުވުމުގެ ތަޖުރިބާއެއް ނެތް ފަރާތްތަކަށް ވެސް ބައިވެރިވެވުނު ދުވުމަކަށް ވެގެންދިޔައެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ އިވެންޓް ޕާޓްނަރުން - ހޯސްޓް ޕާޓްނަރ، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން މި ހަރަކާތް ރާވައި ހިންގުމުގައި ވެދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން އުރީދޫ ފަން ރަން ބެވަރޭޖް ޕާޓްނަރު: ކޮކާކޯލާ، މީޑިއާ ޕާޓްނަރު: ކުޅުދުއްފުށީ އޮންލައިން، އިވެންޓް ޕާޓްނަރު: ޑަބްލިއު ކްރާފްޓް ސެންޓަރު، ފޮޓޯގްރަފީ ޕާޓްނަރު: އައިވެލް ޕޯޓްރެއިޓް، ބްރޯޑްކާސްޓިން ޕާޓްނަރު: އެސްއެސްޓީވީ، މެޑިކަލް ޕާޓްނަރު: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ފަސްޓް އެއިޑް ޕާޓްނަރު: މޯލްޑިވިއަން ރެޑް ކްރެސެންޓް ކުޅުދުއްފުށި ސިޓީ، ސޭފްޓީ ޕާޓްނަރު: މޯލްޑިވްސް ޕޮލިސް އިން އުރީދޫ ފަން ރަން - ކުޅުދުއްފުށި އެޑިޝަން އަކީ ބޮޑު ކާމިޔާބީއަކަށް ހެދުމުގައި ދެއްވި އަގުހުރި އެއްބާރުލުމަށް ވެސް އެ ކުންފުނިން ވަނީ އަލިއަޅުވާލާ ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ ޒުވާނުން ބާރުވެރިކުރުވުމުގެ ޖަމިއްޔާތައް ކަމަށްވާ ހިރާފުސް އާއި ޒިގްޒެގް ފޯ ޔޫތު ލިންކޭޖް އަދި ކްލަބް ކޮރަލްސް އިން ދުވުންތެރިންނަށް އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމުގައި ވެދެއްވި ފުރިހަމަ އެއްބާރުލުމަށް އުރީދޫން ވަނީ ވަރަށް ހޫނު ޝުކުރެއް އަދާކޮށްފައެވެ.

އުރީދޫ މޯލްޑިވްސް އިން މިހާރު ވެސް އަންނަނީ މި އަހަރުގެ ފަހުކޮޅު ހުޅުމާލޭގައި ބާއްވާ އުރީދޫ ފަން ރަންގެ ކުރިއަށް އޮތް އެޑިޝަނަށް ތައްޔާރުވަމުންނެވެ. ކުރިއަށް އޮތް އަހަރުތަކުގައި މި ދުވުން ރައްޖޭގެ އިތުރު ސަރަޙައްދުތަކަށް ފުޅާކޮށް، ވީހާވެސް ގިނަ ބޭފުޅުންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް