Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތް

އެމްއެންޑީއެފުން ދެ ވަނަ މޮޅު ހޯދިއިރު އެމްޕީއެލަށް ފުރަތަމަ މޮޅު

ވެމްކޯ ބަލިކޮށް އެމްއެންޑީއެފް އެއް ވަނަ އަށް، އެމްއޭސީއެލް ބަލިކޮށް އެމްޕީއެލަަށް ފުރަތަމަ މޮޅު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 މެއި 2023 | ހުކުރު 19:26
އިންޓަރ އޮފީސް ވޮލީ ބޯޅަ މުބާރާތުގައި އެމްއެންޑީއެފް އަދި ވެމްކޯ ކުޅުނު މެޗުގެ ތެރެއިން

އިންޓަރ އޮފީސް ވޮލީ ބޯޅަ މުބާރާތުގައި އެމްއެންޑީއެފް އަދި ވެމްކޯ ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވިއިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފުރަތަަމަ މޮޅު ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ހަވީރު ހުޅުމާލޭ ވޮލީ ކޯޓުގައި އެމްއެންޑީއެފް އިން ނުކުތީ ވެމްކޯއާ ދެކޮޅަށެވެ. މި ދެ ޓީމު ވަނީ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުން ވެސް މޮޅުވެފަ އެވެ. އެމްއެންޑީއެފް އިން ވެމްކޯގެ މައްޗަށް ކުރި ހޯދީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ކާމިޔާބު ކުރީ 25-20، 25-20 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަަކަށް ހޮވުނީ އެމްއެންޑީއެފްގެ ބިދޭސީ ކުޅުންތެރިޔާ ކަވިޝްކާ މަދުޝަންކާ އެވެ. މޮޅާއެކު ގްރޫޕް ބީގެ އެއް ވަނައިގައި ހަ ޕޮއިންޓާއެކު އޮތީ އެމްއެންޑީއެފް އެވެ. ދެ ވަނައިގައި ތިން ޕޮއިންޓާއެކު ވެމްކޯ އޮތްއިރު، ތިން ވަނައިގައި އޮތް ކަރެކްޝަން އަދި ހަތަރު ވަަނައިގައި އޮތް އެފްއެސްއެމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ހުކުރު ދުވަހުގެ ރޭ ގްރޫޕް އޭގައި އެމްޕީއެލް ނުކުތީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެކޮޅަށެވެ. މި ދެ ޓީމު ވަނީ މެޗަށް ނުކުތްއިރު މީގެ ކުރިން ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. އެ މެޗުގައި އެމްޕީއެލް އިން އެމްއޭސީއެލްގެ މައްޗަށް ކުރި ހޯދީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު އެމްޕީއެލް އިން ކާމިޔާބު ކުރީ ފަސޭހަކަމާއެކު އެވެ. އެއީ ފުރަތަމަ ސެޓު 25-20 އަދި ދެ ވަނަ ސެޓު 25-14 އިންނެވެ. ނަމަވެސް ތިން ވަނަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު، 27-29 އިން ސެޓު ކާމިޔާބު ކުރީ އެމްއޭސީއެލް އެވެ. ހަތަރު ވަނަ ސެޓު އެމްޕީއެލް އިން ފަސޭހަކަމާއެކު ކާމިޔާބު ކުރީ 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްޕީއެލްގެ އަލީ އާމިރު އެވެ.

މި ގްރޫޕްގެ އެއް ވަނައިގައި ހަ ޕޮއިންޓާއެކު އާބަންކޯ އޮތްއިރު، ދެ ވަނައިގައި އޮތް ސްޓެކްލޯ އަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ޕޮލިސް އަދި ހަތަރު ވަނައިގައި އޮތް އެމްޕީއެލަށް ލިބެނީ ތިން ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ އެމްއޭސީއެލް އެވެ.

މުބާރާތުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅޭނީ އާބަންކޯ އާއި ސްޓެލްކޯ އެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅޭނީ އެފްއެސްއެމް އާއި ކަރެކްޝަން އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު