Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑްގެ އިމަރޖެންސީ ހާލަތު އުވާލުން

ކޮވިޑް19 އަކީ ގްލޯބަލް ހެލްތު އިމަރޖެންސީއެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައިކަން ޑަބްލިއުއެޗްއޯ އިން އިއުލާނުކޮށްފި

5 މެއި 2023 | ހުކުރު 18:21

ކޮވިޑް 19 ބަލީގައި މުޅި ދުނިޔޭން މަދުވެގެން 20 މިލިއަން މީހުން މަރުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 5 މެއި 2023 | ހުކުރު 18:21
ޗައިނާގައި ކޮވިޑް-19 އަށް ސާމްޕަލް ނަގަނީ

ޗައިނާގައި ކޮވިޑް-19 އަށް ސާމްޕަލް ނަގަނީ

ކޮވިޑް19 އަކީ ގްލޯބަލް ހެލްތު އިމަރޖެންސީއެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައިކަން ޑަބްލިއުއެޗްއޯ އިން އިއުލާނުކޮށްފިއެވެ.

މިކަން ހުކުރު ދުވަހު އިއުލާނުކުރައްވަމުން ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޮސް އަދޮނަމް ވިދާޅުވީ ބަލީގެ "ކްރައިސިސް ފޭސް" ނުވަތަ މުސީބާތެއް ފަދަ ގޮތަށް އޮތް އޮތުން ނިމުމަކަށް އައިސްފައިވާ ކަމުގައެވެ. ޓެޑްރޮސް އިތުރަށް ވިދާޅުވީ ކޮވިޑް 19 ބަލީގައި މުޅި ދުނިޔޭން މަދުވެގެން 20 މިލިއަން މީހުން މަރުވެފައިވާއިރު އާލަމީ މުސީބާތެއް ފަދައިން ފެތުރިގެން ދިޔަ ބަލީގެ ސަބަބުން ދުނިޔެއަށް އިގްތިސާދީ ބޮޑެތި މައްސަލަތަކެއް ވެސް ކުރިމަތިކުރި ކަމުގައެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޑަބްލިއުއެޗްއޯގެ އިމަޖެންސީ ކޮމިޓީ 15 ވަނަ ބައްދަލުވުމަށްފަހު، މުޅި ދުނިޔެއަށް އިއުލާނުކޮށްފައިވާ ޕަބްލިކް ހެލްތު އިމަރޖެންސީ އުވާލުމަށް ލަފާދީފައިވާ ކަމަށާއި އެހެން ކަމުން އެކަން ބަލައިގަނެ ވަރަށް އުންމީދާއެކު އިމަރޖެންސީ ހާލަތު އުވާލައްވާކަމަށް ޓެޑްރޮސް ވިދާޅުވެފައިވެއެވެ. އިންޑިޕެންޑަންޓް އިމަރޖެންސީ ކޮމިޓީ އިން ނިންމާފައިވާ ގޮތުގައި ކޮވިޑް19ގެ ކަންތައްތައް މިވަގުތުވަނީ ޑަބްލިއުއެޗްއޯއިން މިންކުރާ އެންމެ މަތީ އެލަރޓް ލެވެލް އަކު ނޫނެވެ.

އިމަރޖެންސީ ހާލަތު އުވާލެއްވުމާއެކު ވެސް ޓެޑްރޮސްވަނީ މީގެ މާނައަކީ ކޮވިޑްގެ ބިރުވެރިކަން ނިމުމަކަށް އައީކީ ނޫންކަމަށާއި ހާލަތު އަނެއްކާ ވެސް ބަދަލުވެއްޖެނަމަ އިމަރޖެންސީ ސްޓޭޓަސް އަނެއްކާ ވެސް އިއާދަކުރަން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ. މިވަގުތު ގައުމަކަށް ކުރެވޭނެ އެންމެ ނުރަނގަޅު ކަމަކީ މި މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ ގައުމަކުން ހިފަހައްޓަމުން އައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލައި އަދި ކޮވިޑްގެ ބިރުވެރިކަން ފިލައިފިކަމުގެ މެސެޖު ރައްޔިތުންނަށް ދިނުންކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ކޮވިޑާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ގްލޯބަލް ހެލްތު އިމަރޖެންސީ އިއުލާނުކުރީ 30 ޖެނުއަރީ 2020 ގައެވެ. ޗައިނާގެ ވޫހާނުން ފުރަތަމަ ފެނުނު ކޮވިޑް ބަލީގެ އޭރު ރިކޯޑްކުރެވިފައި އޮތީ 100 އަށް ވުރެ މަދު ކޭސް އެވެ. އަދި ވޫހާން ފިޔަވައި އެހެން ތާކުން އޭރު މީހަކު މަރުވެފައެއް ވެސް ނުވެއެވެ.     

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ޖޫން 2017

ރިޝްވަތު ހިފިކަމުގެ ދައުވާއަކީ އަސާސެއް ނެތް "ހިޔާލީ ވާހަކަތަކެއް": ބްރެޒިލް ރައީސް

28 ޖޫން 2017
ރިޝްވަތު ހިފިކަމުގެ ދައުވާއަކީ އަސާސެއް ނެތް "ހިޔާލީ ވާހަކަތަކެއް": ބްރެޒިލް ރައީސް
24 ޖޫން 2017

ހަރަމްފުޅަށް ދޭންއުޅުނު ހަމަލާއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއް: ޔޫއޭއީ

24 ޖޫން 2017
ހަރަމްފުޅަށް ދޭންއުޅުނު ހަމަލާއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއް: ޔޫއޭއީ
24 ޖޫން 2017

ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު

24 ޖޫން 2017
ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު
02 ޖޫން 2017

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން

02 ޖޫން 2017
ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން
11 މެއި 2017

އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި

11 މެއި 2017
އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި
30 އެޕްރީލު 2017

ތިމަންނައަކީ އެވަރެސްޓް ފަރުބަދަ ކަމަށް ބުނި ކްލިޗްކޯ ޖެހިޖެހީނުން ދަންމާލައިފި!

30 އެޕްރީލު 2017
ތިމަންނައަކީ އެވަރެސްޓް ފަރުބަދަ ކަމަށް ބުނި ކްލިޗްކޯ ޖެހިޖެހީނުން ދަންމާލައިފި!
14 އެޕްރީލު 2017

ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު

14 އެޕްރީލު 2017
ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު
10 އެޕްރީލު 2017

ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން

10 އެޕްރީލު 2017
ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން
06 އެޕްރީލު 2017

ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް

06 އެޕްރީލު 2017
ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް
27 ފެބުރުއަރީ 2017

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް