Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިއްސާރައިގެ ގެއްލުން

އައްޑޫ ސިޓީގައި ފެންބޮޑުވެ 24 ގެއަކަށް ގެއްލުންވެއްޖެ

7 ގެއެއްގެ ދަނޑު ބިންތަކަށް ގެއްލުން ލިބުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 މެއި 2023 | ހުކުރު 07:20
އައްޑޫ ސިޓީގެ ބައެއް ގެތަކަށް ފެން ވަދެފައި

އައްޑޫ ސިޓީގެ ބައެއް ގެތަކަށް ފެން ވަދެފައި

ހުޅަނގު މޫސުމުގެ ވިއްސާރައިގައި އައްޑޫ ސިޓީގެ 24 ގެއަކަށް ގެއްލުންވެފައިވާ ކަމަށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ މިހާރު ކުރަމުންދާާ ވިއްސާރައިގައި އައްޑޫ ސިޓީގައި ފެންބޮޑުުވެ ހިތަދޫއިން 16 ގެއަކަށާއި 7 ގެއެއްގެ ދަނޑު ބިންތަކާއި، ފޭދޫގެ 8 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތަކަށް ގޮސްފައިނުވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

ހަފްތާ ބަންދުގައި މެދުރާއްޖެތެރެއާއި ދެކުނަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ. މެޓް އޮފީހުން ބުނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށެވެ. މީގެއިތުރުން މެދު ރާއްޖެތެރެއާއި ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ މޫސުން ގޯސްވާތީ, ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލައި މަސައްކަތްކުރުމަށް، އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެންޑީއެމްއޭއިން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ހުކުރު އަދި ހޮނިހިރު ދުވަހު، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ވައި ބާރުވެ، ކަނޑުތައް ގަދަވުމާއެކު ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި, އަދި ބައެއް ރަށްރަށަށް އުދަ އެރުންވެސް އެކަށީގެންވާކަމަށް، މޫސުމާބެހޭ ގައުމީ އިދާރާއިން މައުލޫމާތުދޭކަމަށެވެ.

އާއްމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލައި މަސައްކަތްކުރުމަށް އިލްތިމާސްކޮށް އެންޑީއެމްއޭއިން ބުނީ، ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުމާއި، ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އަޅަންޖެހޭކަމަށެވެ.

އެގޮތުން ގޭގެ ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެހުމާއި، ގޭތެރޭގައި ފެން ބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ މުދާ، ފެން ނުޖެހޭފަދަ އުސްތަންތަނަށް ބަދަލުކުރުމާއި، އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމާއި، ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލައިލާފާނެ ކަމަށް ލަފާކުރެވޭނަމަ، ވައުފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލައިނުލާފަދަ ގޮތަކަށް ހަރުކޮށް، އަދި ގަދަވައިގެ ސަބަބުން އެއްލައިލާފާނެ ތަކެތި ބަނދެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

މީގެ އިތުރުން އާއްމުކޮށް ބޭނުންނުކުރާ ކަރަންޓު އާލާތްތައް ނިއްވާލާފައި ބަހައްޓަންޖެހޭކަމަށާއި، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަމާލުވުމާއި، އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީންކުރުމަށް އެންޑީއެމްއޭއިން އެދިފައިވެއެވެ.

އެންޑީއެމްއޭއިން ބުނީ މި ކަންކަމަށް ރަށު ފެންވަރުގައި ރައްޔިތުން ހޭލުންތެރިވެ ޚާއްސަ ސަމާލުކަމެއްދޭން ޖެހޭކަމަށެވެ.

މިއަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މެއި މަހުގެ 3 ވަނަ ދުވަހުއެވެ. އަދި މެދުރާއްޖެތެރެއަށް ފެށިފައިވަނީ މެއި މަހުގެ 4 ވަނަ ދުވަހުއެވެ.

ހުޅަނގު މޫސުން ގޯސްވެ ދިމާވެދާނެ ކަންތައްތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު