Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީ ބެލެހެއްޓުމަށް މަގުފާރަވެރިން

މިމަހުގެ 15ން ފެށިގެން މާލެ ސިޓީ ބެލެހެއްޓުމަށް މަގުފާރަވެރިން ހަރަކާތްތެރިވަނީ

ރޭގަނޑު 12ން 8ށް ފިޔަވައި ހުރިހާ ވަގުތެއްގައި މަގުތަކުގައި ޑިއުޓީ ކުރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 މެއި 2023 | ހުކުރު 02:30
މާލޭގެ މަގުމަތި

މާލޭގެ މަގުމަތި

މި މަހުގެ 15 އިން ފެށިގެން މާލެއާއި ވިލިމާލޭގެ މަގުތައް ބަލަަހައްޓަން މާލެސިޓީ ކައުންސިލްގެ 80 މުވައްޒަފުން މަގުފާރަވެރިން ނުވަތަ ކޮމިޔުނިޓީ އެންގޭޖްމެންޓް އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވާން ފަށާނެކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސީޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުޢިއްޒު ވިދާޅުވީ މަގުފާރަވެރިންނަކީ ކައުންސިލްގެ މިދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެއް ކަމަށާއި، މި މަޝްރޫޢުގެ މަޤްޞަދަކީ މާލެ ސިޓީގެ މަގުތަކާ ގުޅޭ ހުރިހާ މައްސަލަތަކެއް ހައްލުކުރުން ކަމަށެވެ.

Advertisement - newsAdvertisement

މޭޔަރު ވިދާޅުވީ ގިނަފަހަރު މަގުމަތީގެ ކަންކަން ބަލާނެ މީހެއް ނެތުމުން، މައްސަލަތައް ދިމާވެގެން ރިޕޯޓު ކުރަން ޖެހެނީ އާންމު ފަރާތްތަކުން ކަމަށާއި ސީދާ ކައުންސިލްގެ މުވައްޒަފުން ނުކުމެ މަގުތައް މޮނިޓާ ކުރާނަމަ މައްސަލަތައް މަދުކުރުމަށް އެހީއަކަށް ވެގެންދާނެ ކަމަށެވެ.

މި ސަބަބަށްޓަކައި އެކަން ކުރަން ކައުންސިލުން ނިންމާ ކައުންސިލްގެ 80 މުވައްޒަފުންގެ ޓީމެއް މި މަހުގެ 15 އިން ފެށިގެން މާލެއާއި ވިލިމާލޭގެ މަގުތަކުގައި ހަރަކާތްތެރިވާން ފަށާނެ ކަމަށް މޭޔަރ މުޢިއްޒު ވިދާޅުވިއެވެ. އެމީހުން މަގުތަކުގައި ހަރަކާތްތެރިވާނީ އެކަމަށް ޚާއްސަ ޔުނީފޯމެއް އަޅައިގެންނެވެ.

މަގުފާރަވެރިން މަގުތަކުގައި ހަރަކާތްތެރިވާނީ ދެ ޝިފްޓަކަށް ބަހާލައިގެންނެވެ. ރޭގަނޑު 12ން 8ށް ފިޔަވަަައި ހުރިހާ ވަގުތެއްގައި މަގުފާރަވެރިން މަގުތަކުގައި ޑިއުޓީ ކުރާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން މިހާރު ކުރިއަށްދަނީ މުވައްޒަފުން ތަމްރީނު ކުރުމާއި، ހުރިހާ މުވައްޒަފުންގެ ޔުނީފޯމު ހަމަކުރުމުގެ މަސައްކަތްތައް ކަމާއި އެކަންކަން އަންނަ ހަފްތާގެ ތެރޭގައި ނިމި ޚިދުމަތްފެށޭވަރު ވާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

ކައުންސިލްގެ މުވައްޒަފުން އެންމެ ފުރަތަމަ މަސައްކަތް ކުރާނީ އެމީހެއްގެ އެއްބާރުލުމާއެކު މައްސަލަ ހައްލު ކުރަން ކަމަށް މޭޔަރު ވިދާޅުވިއެވެ. ނަމަވެސް މަރުހަލާތަކަށްފަހު ވެސް މައްސަލަ ހައްލު ނުކޮށްފިނަމަ، ފިޔަވަޅު އަޅައި ޖޫރިމަނާވެސް ކުރާނެއެވެ.

މި މުވައްޒަފުންނަށް މަގުފާރަވެރިން ކިޔަން ކުރިން ނިންމާފައި އޮތް ނަމަވެސް އެ ނަން "ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސާސް" އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. ނަން ބަދަލުކުރަން ނިންމި ސަބަބެއް ކަމަށް މޭޔަރު ވިދާޅުވީ އެއީ ކޮމިއުނިޓީއާ ވަރަށް އެންގޭޖުވާ މަސައްކަތަކަށް ވެފައި، މީހުން ކުށްވެރިކުރަން ކުރާ ކަމަކަށް ނުވާތީއެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު