Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

"މުނައްވަރާއެކު އިދިކޮޅުގެ ކެންސަލް"

އެއްވެސް އިރަކު ޗާގޯސް ހޯދާކަށް ދިވެހި ރާއްޖެއިން އުޅެފައެއް ނެތް: މުނައްވަރު

ރާއްޖެ އެމްވީ | 5 މެއި 2023 | ހުކުރު 03:22
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު

އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު

ބުދަ ދުވަހުގެރޭ ނިދަން އޮށޯތް އިރުވެސް ހަމަ ހެވެނީއެވެ. ކަކަ ކަކަ އަޅާފައި ގަދައަށް ހެވެނީއެވެ. ބަނޑުގާ ގޮށްލާ ވަރަށެވެ. ބިރުން ހުރެ އަންހެނުންވެސް އަހައިފިއެވެ. އަނެއްކާ ކިހިނެއްވީ ހެއްޔެވެ. ފުށުވެރިކަމެއް ލައިގަތީއޭ ހީކޮށް ކިއުނުހާ ހެޔޮ އެއްޗެއްވެސް ކިޔާން ފަށައިފިއެވެ. އެކަމަކު ބުނެވެނީ ހަމަ މިހެންނެވެ. ގޮވެނީ މިފަތިވަރެވެ.

"އެވާހަކަ ދެއްކީ ހަމަ އެމީހުންނެވެ. ވިއްކާލިއްޔޭވެސް ބުނީ ހަމަ އެމީހުންނެވެ. 200 މޭލެކޭވެސް ކިޔެވެ. ވިއްކާ ނުލިނަމަ 200 މޭލު ލިބޭނޭވެސް ގޮވިއެވެ. މިހާރު އެކިޔަނީ ހަމަ އެވާހަކަ މުޅިން އެހެން ގޮތަކަށެވެ. އެއީ ރާއްޖޭގެ ތަނެއް ނޫނޯލައެވެ. އެމީހުންނަށްވެސް ބައެއް ލިބެން ޖެހޭނެޔޯލައެވެ. އެކަމަކު ނިންމާލަމުން އަނެއްކާވެސް ބުނެއެވެ. ނޫނެކެވެ. ޤާނޫނުގައި އޮންނަ ގޮތުން ރާއްޖެއަށް 200 މޭލު ލިބެން ޖެހޭނެޔޯލައެވެ. ހިންޏެއް ނާންނާނެ ހެއްޔެވެ."

އަންހެނުން އަނެއްކާވެސް ރުޅިއައިސްފައި ކޮންބައެއްހޭ އަހައިފިއެވެ. ރޭކާލީ ދެނެވެ. ބުނެފީމެވެ. އިދިކޮޅުން މާބޮޑު ޕްރެސް އެއް ބޭއްވި މީހުންނެވެ.

ކުޑައިކޮށް ހަމަ ޖެހިލާފައި އަންހެނުންގާތު އަނެއްކާވެސް ބުނެފީމެވެ. އެމީހުންނަށް އެމީހުން އެކީ އެއްޗެއް އެނގޭ ބާއެވެ. ޚާއްޞަކޮށް މުނައްވަރަށް ވިދާޅުވެވުނު އެއްޗެއް މުނައްވަރަށް އެނގިވަޑައިގަންނަވާބާއެވެ. މުނައްވަރު އެވިދާޅުވާ އެއްޗަކުން މުނައްވަރާއި އިދިކޮޅު މީހުން އެދެއްކެވި ވާހަކަތައް އިއްޔެ އެ ކެންސަލް ވީއެވެ.

ތެދެކެވެ. މީގެ ކުރީގައި މުޅިންވެސް އިދިކޮޅުން ދައްކަމުން ދިޔައީ ޗާގޯސް އަކީ ރާއްޖޭގެ ބައެއް ކަމަށެވެ. އެތަން މިސަރުކާރުން ވިއްކާލީ ކަމަށެވެ. އެހެން ނޫންނަމަ ރާއްޖޭގެ މަސްކަނޑުން ބައެއް ރާއްޖެއަށް ނުގެއްލުނީސް ކަމަށެވެ.

ޕްރެސް ލީޑް ކުރެއްވި މުނައްވަރު ވަރަށް ސާފުކޮށްވިދާޅުވީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށެވެ.

"ޤާނޫން ޑްރާފްޓް ކުރިއިރުގައިވެސް އަދި މިއަދުވެސް ޗާގޯސްއަކީ ދިވެހިރާއްޖޭގެ ބައެއް ކަމަކަށް، މިދެންނެވީ ޤާނޫން އަސާސީގައި ރާއްޖޭގެ ސަރަހައްދު ކަނޑައެޅިއިރުގައި ހިމެނިފައެއް ނެތް. ދެން އަޅުގަނޑަށް އެނގިގެން ދުނިޔޭގެ އެއްވެސް ތަނެއްގައި މިއަދާހަމައަށް މިދިވެހި ދައުލަތުގެ ފަރާތުން ނެތް ތި ޗާގޯސްގެ އެއްވެސް ކަމަކާ އަޅުގަނޑުމެން ދައުވާ ކޮށްފައެއް. އެއީ ސުވާލެއް ނޫން" މުނައްވަރު ވިދާޅުވިއެވެ.

އިދިކޮޅުން ކުރިންކީ ހުރިހާ އެއްޗެއް އެހާހިސާބުން ކެންސަލް ވީއެވެ. ރާއްޖެއަށް އެބުނާ 200 މޭލު ލިބެނީ ޗާގޯސް އަކީ ދިވެހިރާއްޖޭގެ ތަނަކަށް ވެގެންނެވެ. އެކަމަކުވެސް އެއީ ރާއްޖޭގެ ތަނެއް ނޫނޯލައެވެ. އެހެންނަމަވެސް ރާއްޖެއަށް 200 މޭލު ލިބެން ޖެހެއެވެ. ނުލިބުނީ ސަރުކާރުން ދޫކޮށްލީމައެވެ.

އަޅެ ފަހެ ހިންޏެއް ނާންނާނެ ހެއްޔެވެ. ސަރުކާރުން ބުނަނީ ފުރާނީ ކައިގެންނެވެ. މިވެރިންވެސް މިބުނަނީ ނުކައެއް ނުފުރާނަމޭއެވެ. ހަމަ އެއްވެސް ވަރަކަށް މި ކިޔޭ އެއްޗެއް އަދި ކިއުނު އެއްޗެއް ފަހުމެއް އެވެރިންނަށްވެސް ވީ ހެނެއް ހީއެއް ނުވެއެވެ.

ނިކަން ވިސްނާލަމާ ބަހީއެވެ. ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް)ގައި ސޮއިކުރީ މި ސަރުކާރަކުން ނޫނެވެ. ރައީސް މައުމޫނުގެ ވެރިކަމުގައެވެ. އޭގައި ކޮންމެ ގައުމަކަށް ވެސް 200 ނޯޓިކަލް މޭލު ލިބޭނެ ކަމަށް އޮންނައިރު  ޗާގޯސް އަކީ ދިވެހިންގެ ތަނަކަށްނުވެ އެއީ އެހެން ބައެއްގެ ތަނެއް ނަމަ، ރާއްޖެއާއި އެތަނާ ދެމެދުގެ ކަނޑުގެ ސަރަހައްދު ފުށު ނާރާނެ ހެއްޔެވެ. ޗާގޯސްއަކަށްވެސް އަދި ރާއްޖެއަކަށްވެސް ކޮންމެ ޤައުމަކަށް 200 މޭލު ދެވޭނެ ޖާގަ އެތާ ނެތިއްޔާ އެ 200 މޭލު ނުދެވި އެތަން ފުށުނާރާނެ ހެއްޔެވެ.

މުނައްވަރު އެވިދާޅުވާ ގޮތައް ޗާގޯސް އަކީ ރާއްޖޭގެ ތަނަކަށް ނުވާނަމަ އަދި މޯރިޝަސްގެ ތަނަކަށްވެސް ނުވާނަމަ ދެން އޮތީ އިނގިރޭސިންނެވެ. އެތަނަށް އަތްގަދަކޮށްގެން އޮތް މީހުންނެވެ. ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީ.އައި.އޯ.ޓީ) ގައި ރާއްޖެއިން އެއްބަސްވެ ސޮއި ކުރެއްވީ މުނައްވަރުގެ ބަންޑާރަ ނައިބު ކަމުގައެވެ. އަދި އިތުރު ގޮތެއް ހޯދުމަށް އިސްތިރާޖީއެއް ގެނައުމަށް ރައީސް މައުމޫން ދަންނަވާފައި ވަނިކޮށް 6 އަހަރު ފާއިތުވެ ބަންޑާރަ ނައިބުކަން ގެއްލުނުއިރުވެސް އެކަން އޮތީ މުނައްވަރަށް ނުކުރެއްވިއެވެ. އަދި އެހެން އޮތީމާ މީޑިއަން ލައިން ދަމާފައި އިނގިރޭސިވިލާތުން ޔޫއެންއަށް ފޮނުވުމުން އެކަމަކަށް ހަމަގައިމުވެސް ރާއްޖެއިން އޭރު ދެކޮޅެއް ނުހަދައެވެ.

ދެން އޮތީ މިހާރު ނިމިފައި އޮތް ގޮތައް ރާއްޖެއިން ކުރިން އަޅާނުލީމާ މޮރިޝަސްގެ ތަނަކަށް އެތަން ވުމެވެ. މޯރިޝަސްގެ ތަނަކަށް ވެއްޖެއްޔާ ވެސް ރޮނގުދަމަން ޖެހޭނެތާއެވެ. އެހެންކަމަށްވާނަމަ މާ ގާނޫނީ އުރައްޕަތެއްނެތް ޕައްޅަންބެއާއި ގޯނިބެ ކުޑައަލީ ވިއަސް އަދި ފުންނާބު އުސް މުނައްވަރަކަސް އެތަނުން 200 މޭލު ލިބޭނެ ހަމައެއް މި އުޑުބަޅުކުރި ހިސާބުން ދެއްކިދާނެ ހެއްޔެވެ.

ކޮންމެއަކަސް މުނައްވަރަށްވެސް މުނައްވަރަށް ވިދާޅުވެވުނު އެއްޗެއް ފަހުމްވެސް ވިހެނެއް ހީއެއް ނުވެއެވެ. އަދި މަލާމާތުގެ ރާގަކަށް ހީނ ހީނފައި ކިތައްމެ ބާރަކަށް އަތް ޖެހިއަސް އެދެއްކުނު ވާހަކަތަކުން، އިދިކޮޅުން ކުރިން ދެއްކި ވާހަކަތައް ކެންސަލް ނުވާ ކަމަކަށްވެސް ނުވާނެއެވެ. ހީނ ހީނ ހަލާކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީނާއި ޔާމީނުގެ "ކުރިން ބުނި އެތި ކެންސަލް........!!!!"

ޔާމީނާއި ޔާމީނުގެ "ކުރިން ބުނި އެތި ކެންސަލް........!!!!"

18 އޮކްޓޯބަރު 2022
އިދިކޮޅުގެ އިންޑިއާ އައުޓް ކެމްޕެއިނަކީ ގައުމަށް އޮތް ނުރައްކަލެއް

އިދިކޮޅުގެ އިންޑިއާ އައުޓް ކެމްޕެއިނަކީ ގައުމަށް އޮތް ނުރައްކަލެއް

19 ފެބުރުއަރީ 2022
އިދިކޮޅުގެ ބޭނުމަކީ އިންޑިއާ އައުޓޭ ކިޔައިގެން ފިތުނަވެރިކޮށް ވެރިކަމަށް އައުން!

އިދިކޮޅުގެ ބޭނުމަކީ އިންޑިއާ އައުޓޭ ކިޔައިގެން ފިތުނަވެރިކޮށް ވެރިކަމަށް އައުން!

19 ޑިސެމްބަރު 2021
އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

02 ފެބުރުއަރީ 2021
95000 ވޯޓާއިއެކު ގޮޅިއަށް ވަޑައިގެންނެވި ރައީސް ޔާމިނަށްވެސް އިދިކޮޅުގެ ހަރަކާތްތައް ލަދުވެތި!

95000 ވޯޓާއިއެކު ގޮޅިއަށް ވަޑައިގެންނެވި ރައީސް ޔާމިނަށްވެސް އިދިކޮޅުގެ ހަރަކާތްތައް ލަދުވެތި!

29 ޖެނުއަރީ 2021

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު