Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

އިންޑިއާއިން އުފައްދާ ކޯފް ސިރަޕެއް ތަޣައްޔަރުވެފައިވާތީ ސަމާލުވުމަށް އެދިއްޖެ

މިބޭހަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭހެއް ނޫން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 މެއި 2023 | ބުދަ 06:19
ތަޣައްޔަރުވެފައިވާ ކޯފް ސިރަޕް

ތަޣައްޔަރުވެފައިވާ ކޯފް ސިރަޕް

އިންޑިއާއިން އުފައްދާ ކޯފް ސިރަޕެއް ކަމަށްވާ ގުއައިފެނެސިން ސިރަޕް ޓީޖީ (GUAIFENESIN SYRUP TG) ތަޣައްޔަރުވެފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ.

އެ އިދާރާއިން ބުދަ ދުވަހު ބުނީ ކުޑަކުދިންނަށް ދޭ ސިރަޕްތަކުގައި، ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ކަމަށްވާ، ޑަޔަތްލިން ގްލައިކޯން އާއި އެތިލިން ގްލައިކޯން "diethylene glycol and ethylene glycol” ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެލާޓް ކޮށްފައިވާތީ، މީގެ ކުރިންވެސް ތިން އެލާޓެއް ނެރެފައިވާ ކަމަށެވެ. އަދި ޑަބްލިއުއެޗްއޯއިން ކުރި އިތުރު އެލާޓެއްގައި އިންޑިއާގެ ކިޔުޕީ ފާމަކެމް ލިމިޓެޑުން އުފައްދާ ގުއައިފެނެސިން ސިރަޕުގައި ވެސް އެ މާއްދާ ހުރިކަން ފާހަގަކޮށްފައިވާ ކަމަށް އެމްއެފްޑިއޭއިން ބުނެއެވެ.

Advertisement - newsAdvertisement

އެމްއެފްޑީއޭއިން ބުނީ މިބޭހަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭހެއް ނޫން ކަމަށެވެ. ނަމަވެސް، ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯޓްވުމުގެ ފުރުސަތު އޮތްކަމަށާއި އެހެންކަމުން އެކަމަށް ސަމާލުވުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއެއް ރާއްޖެއަށް އިމްޕޯޓް ކުރާ ބޭހަށް ޚާއްސަ ސަމާލު ކަމެއްދީގެން ޕޯޓުތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އިންޑިއާގައި އުފައްދާ ކޯފް ސިރަޕްތަކެއްގައި ނުރައްކާތެރި މާއްދާތަކެއް އެކުލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން އެލާޓް ނެރެމުން އަންނައިރު އެ ޤައުމުން އުފެއްދި ކޯފް ސިރަޕްތަކެއް ބޭނުންކޮށްގެން ގާމްބިއާއި އުޒްބެކިސްތާނުގައި ކުޑަކުދިންތަކެއް މަރުވެފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ޑަބްލިއުއެޗްއޯއިން މި ބޭހަށް ސަމާލުވުމަށް އަންގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ބޭސް އުފައްދާ ކުންފުނި ކިޔުޕީ ފާމަކެމް އިން އެ ބޭހުގެ ކޮލިޓީއާއި ރައްކާތެރިކަމުގެ ޔަގީންކަން އެ ޖަމިއްޔާއަށް ދީފައި ނުވާ ކަމަށެވެ.

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2017

އަޅުގަނޑުމެންގެ ފެކްޓްރީ އިން އުފައްދާ ފެން ފުޅީގައި އެއްވެސް މައްސަލައެއް ނޫޅޭނެ: އައިބީސީ

04 ޑިސެމްބަރު 2017
އަޅުގަނޑުމެންގެ ފެކްޓްރީ އިން އުފައްދާ ފެން ފުޅީގައި އެއްވެސް މައްސަލައެއް ނޫޅޭނެ: އައިބީސީ
05 ނޮވެމްބަރު 2017

ރާއްޖެއާއި ގުޅޭ ގޮތުން އެމެރިކާ އަދި އިންޑިއާއިން މަޝްވަރާކޮށްފި

05 ނޮވެމްބަރު 2017
ރާއްޖެއާއި ގުޅޭ ގޮތުން އެމެރިކާ އަދި އިންޑިއާއިން މަޝްވަރާކޮށްފި
06 ސެޕްޓެމްބަރު 2017

ލައިފް ފެން އުފައްދާ ފެކްޓްރީގައި ބިދޭސީއަކު މަރުވި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

06 ސެޕްޓެމްބަރު 2017
ލައިފް ފެން އުފައްދާ ފެކްޓްރީގައި ބިދޭސީއަކު މަރުވި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
23 އޯގަސްޓު 2017

ލައިފް ފެން އުފައްދާ ފެކްޓްރީގައި އުޅުނު ބިދޭސީއަކު މަރުވި މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށްފި

23 އޯގަސްޓު 2017
ލައިފް ފެން އުފައްދާ ފެކްޓްރީގައި އުޅުނު ބިދޭސީއަކު މަރުވި މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށްފި
21 އޯގަސްޓު 2017

ލައިފް ފެން އުފައްދާ ފެކްޓްރީގެ މުވައްޒަފަކު މަރުވި މައްސަލައެއް ތަހުގީގު ކުރަނީ!

21 އޯގަސްޓު 2017
ލައިފް ފެން އުފައްދާ ފެކްޓްރީގެ މުވައްޒަފަކު މަރުވި މައްސަލައެއް ތަހުގީގު ކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު