Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިކުރުން

ވަޒީފާ ދޭ ފަރާތްތަކުން ޓްރިބިއުނަލާއި ކޯޓު މަރުހަލާގެ ނާޖާއިޒް ފައިދާ ނަގާ - ޕީއައިއެލްސީ

2 މެއި 2023 | އަންގާރަ 14:08

ވަޒީފާއާ ގުޅުންހުރި 1،600 މައްސަލަ ހުށަހަޅާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 މެއި 2023 | އަންގާރަ 14:08
ޕީއައިއެލްސީގެ ރައީސާ، ޝުނާނާ

ޕީއައިއެލްސީގެ ރައީސާ، ޝުނާނާ

ވަޒީފާ ދޭ ފަރާތްތަކުން, ޓްރިބިއުނަލާއި ކޯޓު މަރުހަލާގެ ނާޖާއިޒް ފައިދާ ނަގާކަމަށް، އައިއެލްސީގެ ރައީސާ އަދި ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ، އަދިވެސް ވަރަށް ގިނަ މަސައްކަތްތެރިންނަށް އެ މަސައްކަތްތެރިންނަށް ލިބިދޭ ހައްގުތައް ސާފުކޮށް ނޭނގޭކަމަށެވެ. އަދި ހައްގުތައް ހޯދުމަށް ދާ މުވައްޒަފުންނަށްވެސް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ޝުނާނާ ވިދާޅުވިއެވެ. އަދި މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމަކީ މަސައްކަތްތެރިން ވަރަށް ބޮޑަށް މާޔޫސްވާ ކަމެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ކަނޑައެޅިގެން މުވައްޒަފުގެ ހައްގު ގެއްލިފައިވާކަން، ޓްރަބިއުނަލުން މައްސަލަ ނިމޭއިރު ކުންފުނިން އަމަލު ކުރީ ރަނގަޅަށް ނޫންކަން، ސާފުވާ ހާލަތުގައިވެސް ކޯޓުތަކަށް މައްސަލަ ހުށަހަޅައިގެން މައްސަލަ ދިގު ދަންމާލާކަމަށް ޝުނާނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ވަޒީފާ ދޭން އެންގި ކަމުގައި ވީނަމަވެސް އެ ނިންމުން އިސްތިއުނާފް ކުރާކަމަށާއި، އެކަން ކުރަނީ އިސްތިއުނާފް ކާމިޔާބުކުރުމަށްވުރެ ބޮޑަށް މަސައްކަތްތެެރިޔާއަށް އުނދަނގޫކުރުމުގެ ނިޔަތުގައިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަސައްކަތްތެރިން ތިބީ މާޔޫސްވެފައިކަމަށާއި، ކޯޓަށް މައްސަލަ ހުށަހެޅުމުގެ ވިސްނުން ގިނަ މީހުން ނުގެންގުޅެނީވެސް އެހެންވެގެން ކަމަށް ޕީއައިއެލްސީން ބުނެއެވެ. އަދި މަދަނީ އިޖުރާއަތަށް ގެނައި ބަދަލާއެކު، އިދާރާތަކަށް ފަހިވިނަމަވެސް އާއްމު ފަރާތްތަކަށް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އުނދަގޫވާކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ. ޝުނާނާ ވިދާޅުވީ ޕީއައިއެލްސީއަށް އެންމެ ގިނަ މައްސަލަ ހުށަހެޅެނީ ވަޒީފާއާ ގުޅިގެންކަމަށެވެ. ފާއިތުވި 4 އަހަރު އަހަރު ދުވަހުގެތެރޭގައި ވަޒީފާއާ ގުޅުންހުރި 1،600 މައްސަލަ ހުށަހަޅާފައިވާކަމަށާއި، އޭގެތެރެއިން 832 މީހުންގެ މައްސަލަ ޓްރައިބިއުނަލުން އެކަށީގެންވާ މިންވަރަށް ކާމިޔާބުކުރެވިފައިވާކަމަށް ޝުނާނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
22 ޖެނުއަރީ 2017

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް