Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫދާނުގެ ހަމަނުޖެހުން

ސޫދާނުން 800،000 އަށްވުރެ ގިނަ މީހުން ފިލުމަކީ އެކަށީގެންވާ ކަމެއް: އ.ދ.

ސޫދާނުގައި ފެށި ހަނގުރާމައަށް ދެ ހަފުތާވެއްޖެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 2 މެއި 2023 | އަންގާރަ 03:01
ސޫދާންގައި ތިބި ބޭރު ގައުމުތަކުގެ މީހުން އެގައުމުން ބޭލުން

ސޫދާންގައި ތިބި ބޭރު ގައުމުތަކުގެ މީހުން އެގައުމުން ބޭލުން

ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 800،000 އަށްވުރެ ގިނަ މީހުން ރައްކާތެރިކަން ހޯދަން އެ ޤައުމު ދޫކޮށް ފިލަން ޖެހިދާނެ ކަމަށް އ.ދ އިން ބުނެފިއެވެ.

އ.ދ ގައި ހޯމަ ދުވަހު ކުރިއަށްދިޔަ ބައްދަލުވުމެއްގަައި މެންބަރުން ފާހަކޮށްފައިވާ ގޮތުގައި އެ ޤައުމުގައި ރެފިއުޖީންގެ ގޮތުގައި މިހާރު ދިރިއުޅެމުން އަންނަ ފަރާތްތަކަށް ވެސް އެ ޤައުމު ދޫކޮށް ދާން ޖެހިދާނެއެވެ. އެގޮތުން ސޫދާނާ ކައިރީގައި އޮތް ހަތް ޤައުމަށް 815،000 މީހުން ފިލައިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ. މީގެ ތެރޭގައި 580،000 ސޫދާނުގެ ރައްޔިތުން ހިމެނޭއިރު ބާކީ 235،000 މީހުންނަކީ މިހާރު ރެފިއުޖީންގެ ގޮތުގައި އެ ޤައުމުގައި އުޅޭ މީހުން ކަމަށް ވަނީ ބުނެފައެވެ.

ސޫދާނާ އެންމެ ކައިރީގައި އޮންނަ ހަތް ޤައުމު ކަމަށްވާ ދެކުނު ސޫދާނާއި ޗޭޑް އާއި މިސްރާއި އެރިޓްރިއާ އާއި އިތިއޯޕިއާ އާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި ލީބިޔާ އިން އާއްމުކޮށްފައިވާ ގޮތުގައި މިހާތަނަށް އެ ޤައުމުތަކަށް ސޫދާނުން އެތެރެވި މީހުންގެ އަދަދު 73،000 އަށް އަރައެވެ.

އދ. އިން ބުނެފައިވާ ގޮތުގައި މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އަދި މިހާރު ސޫދާނުގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާނުލައިފިނަމަ އިންސާނީ ބޮޑު ކާރިސާއަކާ ދިމާވެދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ސޫދާނުގައި މިލިޓަރީ ދެ ފެކްޝަނެއްގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގައި ހަމަލާ ބަދަލުކުރަމުންދާތާ މިހާރު ދެ ހަފުތާ ވަނީ ވެފައެވެ. މި ހަމަލާތަކުގައި އާއްމުންގެ ތެރެއިން އެތައް ބަޔަކު ވަނީ މިހާތަނަަށް މަރުވެފައެވެ. އެހެންކަމުން ރައްކާތެރިކަން ހޯދުމަށް އެ ޤައުމުން ފިލައިގެން ކައިރި ޤައުމުތަކަށް ގިނަ ބަޔަކު ދަނީ އެތެރެވަމުންނެވެ. އަދި އެ ފަރާތްތަކަށް އެ ޤައުމުތަކުން ވަނީ ބޯޑަރު ވެސް ހުޅުވާލައިފައެވެ.

މި ހަމަލާތަކުގެ ސަބަބުން ސޫދާނުގައި ތިބި އެހެން ޤައުމުތަކުގެ ރައްޔިތުން ބޭލުމުގެ މަސައްކަތް ވެސް އެ ޤައުމުތަކުން އަންނަނީ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
19 ފެބުރުއަރީ 2017

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު