Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއަރ ލީގު

މެންޗެސްޓަރ ސިޓީ އެއްވަނައަށް، ހާލަންޑް ސީޒަންގެ 50 ވަނަ ގޯލް!

ސިޓީ އެއްވަނާގައި އޮތީ ޕޮއިންޓެއްގެ ލީޑަކާއެކު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 30 އެޕްރީލު 2023 | އާދީއްތަ 15:34
ސިޓީގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ހާލަންޑް

ސިޓީގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ހާލަންޑް

އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ޗެމްޕިއަން މެންޗެސްޓަރ ސިޓީން އެންމެފަހުން ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

މެންޗެސްޓަރ ސިޓީން އެއްވަނައަށް ޖެހިލީ އަމިއްލަ ދަނޑުގައި ފުލަމް ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކުއެވެ. ސިޓީ އެއްވަނާގައި އޮތީ ކުރިން އެމަގާމުގައި އޮތް އާސެނަލްއަށްވުރެ މެޗެއް މަދުން ކުޅެ, ޕޮއިންޓެއްގެ ލީޑަކާއެކުއެވެ. އެހެންކަމުން މެޗު ހަމަކޮށް, ހަތަރު ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު، ފޯމްގައި އޮތް ސިޓީއަށް އެބައޮތެވެ. ސިޓީ އެއްވަނާގައި އޮތީ 32 މެޗުން 76 ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތް އާސެނަލްއަށް 33 މެޗުން ލިބިފައިވަނީ 75 ޕޮއިންޓެވެ.

ފުލަމްގެ މައްޗަށް ސިޓީން ކުރިހޯދީ 2-1ންނެވެ. މެޗު ފަށައިގެން ތިންވަނަ މިނިޓްގައި ސިޓީން ލީޑް ނެގީ އަލްވާރޭޒްއަށް ކުރި ފައުލަށް ދިން ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކުރީ ލީގުގެ ޓޮޕް ސްކޯރަރ ހާލަންޑެވެ. މިއީ މިސީޒަންގައި ސިޓީއަށް ބަދަލުވެ އޭނާ ޖަހައިދިން 50 ވަނަ ލަނޑެވެ. މިލަނޑާއެކު ހާލަންޑް ވަނީ ޕްރިމިއަރ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. އެއީ ލީގުގައި 34 ލަނޑު ޖަހައިގެންނެވެ. މިރެކޯޑް ހިއްސާ ކުރާ އަނެއް ދެ ކުޅުންތެރިންނަކީ ނިއުކާސަލްގެ އެންޑީ ކޯލްއާއި, އެލަން ޝިއަރާއެވެ. އެލަން ޝިއަރާ 34 ލަނޑު ޖެހީ ބްލެކްބާން ގައެވެ. ލީގުގައި ސިޓީއަށް ބާކީ ފަސް މެޗު އޮތުމުން އެރެކޯޑް އަމިއްލަ ކުރުމުގެ ބޮޑު ފުރުސަތެއް ހާލަންޑަށް އެބައޮތެވެ.

ފުރަތަމަ ހާފްގައި ފުލަމްއިން ނަތީޖާ ހަމަހަމަކުރިއެވެ. އެއީ ގުޅިގެން ތަނަވަސްކުރި ރަނގަޅު ފުރުސަތެއްގައި އަލްވެސް މޮރިއަސް ޖެހި ލަނޑުންނެވެ. ހާފް ނިމުމުގެ ކުރިން ސިޓީއަށް މުހިއްމު މޮޅު ހޯދައިދިނީ، ޑީ އޭރިޔާ ބޭރުން އަލްވަރޭޒް ފޮނުވާލި ބޯޅައިންނެވެ. އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ސިޓީ، ލީގު ތާވަލްގެ އެއްވަނަށް މި ޖެހިލީ ފެބްރުއަރީ މަހަށްފަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ޕްރިމިއާ ލީގު: ބޯންމައުތް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

14 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު